Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަންބަރާގައި ރިސޯޓު ތަރައްގީ ކުރާ މައްސަލަ

އަންބަރާގައި ރިސޯޓެއް ތަރައްގީ ކުރުމަށް ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ގޮވާލައިފި

7 އޯގަސްޓު 2021 | ހޮނިހިރު 08:52

އަންބަރާއަކީ ތިމާވެށީގެ ގޮތުން ނާޒުކު ރަށެއް

އަމްނާ އިމާދު
އަމްނާ އިމާދު | 7 އޯގަސްޓު 2021 | ހޮނިހިރު 08:52
ވ. އަތޮޅު އަންބަރާ،

ވ. އަތޮޅު އަންބަރާ،

ވ.އަތޮޅު އަންބަރާއަކީ ރިސޯޓެއް ނުވަތަ ސިނާއީ އެފަދަ އެހެން މަސައްކަތެއްކުރުމަށް ތަރައްގީ ކުރުމަށް ވުރެ ތިމާވެށީގެ ގޮތުން ނާޒުކު ރަށެއް ކަމަށާއި، އެރަށުގައި ރިސޯޓެއް ތަރައްގީ ކުރުމަށް ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ވ. އަތޮޅު ކައުންސިލުން ގޮވާލައިފިއެވެ.

ވ.އަތޮޅު ކައުންސިލުން ބުނީ ފަތުރުވެރިކަމުގެ ޚިދުމަތް ދިނުމަށް އަންބަރާ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރަށް ކުއްޔަށް ނަގާފައިވާ "ހަނދުވަރު އޯޝަން ޕްރައިވެޓް ލިމިޓެޑް" އަށް ޓޫރިޒަމް މިނިސްޓްރީން 17 ޖޫން 2021 ގައި ދީފައިވާ "ކޮންސެޕްޓް އެޕްރޫވަލް" އަށް ރަށް ތަރައްގީ ކުރާ ކުންފުނިން ތައްޔާރުކޮށްފައިވާ އީއާއިއޭ ރިޕޯރޓާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް އެދިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަންބަރާއަކީ ރިސޯޓެއް ނުވަތަ ސިނާއީ އެފަދަ އެހެން މަސައްކަތެއް ކުރުމަށް ތަރައްގީ ކުރުމަށް ވުރެ ތިމާވެށީގެ ގޮތުން ނާޒުކު ރަށެއްކަން ފާހަގަކޮށް ކައުންސިލުން ބުނީ އެރަށުގެ ވަށައިގެންވާ ފަރަކީ ތަފާތު ގިނަ ދިރުންތަކެއްގެ މައްޗަށް އުފެދިފައިވާ ރީތި ފަރަކަށްވުމާއި، ވ. އަތޮޅުގައި ލޯކަލް ފަތުރުވެރިކަން ކުރާ މީހުންނާއި، ވ.އަތޮޅުގެ ރައްޔިތުންގެ ބޭނުންތަކަށް ނުހަނު މުހިއްމު ވެފައިވާ ރަށެއްގެ ގޮތުގައި އަބަދު ވެސް މަޝްހޫރުވެފައިވާ ރަށެއް ކަމަށެވެ.

އެހެންކަމުން އަންބަރާގައި އެރަށުގެ ގުދުރަތީ ރީތިކަން ގެއްލޭގޮތަށް، އަދި ތިމާވެށީގެ ގޮތުން ހުރި ޚާއްސަ ސިފަތައް ގެއްލޭފަދަ ގޮތަކަށް އެރަށް ތަރައްގީ ކުރުމަށް ހުށަހަޅާ އެއްވެސް ހުށަހެޅުމަކަށް ވ.އަތޮޅު ރައްޔިތުން ތާއީދު ނުކުރާކަން ޓޫރިޒަމް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ކައުންސިލުން ބުނެއެވެ. އަދި އަންބަރާއަކީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުން އެންމެ ރަނގަޅުނޫން ރަށެއްގެ ގޮތުގައި ނިންމައި ދިނުމަށް ސަރުކާރުގެ ޕޮލިސީ ލެވެލްގައި މަޝްވަރާކުރުމަށް ކައުންސިލުން އެދިފައިވެއެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ ރިސޯޓު ތަރައްގީ ކުރުމަށް ހުށަހަޅާފައިވާ އީއައިއޭ ރިޕޯރޓާއި، ކޮންސެޕްޓް ޕްލޭން ފާސްވުމުގެ ކުރިން ވެސް އަންބަރާ ބަލަހައްޓަމުން އައި މީހުން އެރަށުގެ ތިމާވެށީގެ ޚާއްސަ ސިފަތަކުގެ ތެރެއިން ރަށުގައިވާ ކަނޑޫފާ ސަރަހައްދަށް ވެލިއަޅައި އެސަރަހައްދު ގެއްލުވާލުމަށް މަސައްކަތް ކޮށްފައިވާ ކަަމަށެވެ.

ފަތުރުވެރިކަމުގެ ޚިދުމަތް ދިނުމަށް އަންބަރާ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ނިންމަވާފައިވާ ނިންމުމާއެކު ދެވަނަ ވިސްނުމުކަށްދާން ޖެހޭ ކަމަށް ކައުންސިލުން ބުނެފައިވެއެވެ. އަދި ރައްޔިތުން އެދޭ ގޮތަށް ނިންމުން ނިންމައިދޭނެކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.

އަންބަރާ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

29 މާރިޗު 2017

ޕާޓީން ވަކިކުރި ނިންމުން ބާތިލްކުރުމަށް ގާނޫނޫ ތަންދިން އެންމެ ދުރަކަށް ދާނަން: އަމީތު

29 މާރިޗު 2017
ޕާޓީން ވަކިކުރި ނިންމުން ބާތިލްކުރުމަށް ގާނޫނޫ ތަންދިން އެންމެ ދުރަކަށް ދާނަން: އަމީތު
26 މާރިޗު 2017

ވޯޓާ ދިމާކޮށް ޕީޕީއެމް ޕީޖީ ގްރޫޕް ރިސޯޓެއްގައި "ކޭމްޕް" ކުރަނީ!

26 މާރިޗު 2017
ވޯޓާ ދިމާކޮށް ޕީޕީއެމް ޕީޖީ ގްރޫޕް ރިސޯޓެއްގައި "ކޭމްޕް" ކުރަނީ!
08 މާރިޗު 2017

ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!

08 މާރިޗު 2017
ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
31 ޖެނުއަރީ 2017

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް
30 ޖެނުއަރީ 2017

ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު

30 ޖެނުއަރީ 2017
ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު
27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް