Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރަޕިއަން ސުޕަ ލީގު

ބާސާ، ރެއާލް އަދި ޔުވެންޓަސްއިން ސުޕަ ލީގުގެ މަސައްކަތް ކުރިއަށްގެންދަނީ

ބާސާ، ރެއާލް އަދި ޔުވެންޓަސްގެ މައްސަލަ ޔުއެފާއިން އަންނަނީ ބަލަމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 31 ޖުލައި 2021 | ހޮނިހިރު 05:32
ޔޫރަޕިއަން ސުޕަ ލީގުން ވަކިނުވެ އޮތް ބާސާ، ރެއާލް އަދި ޔުވެންޓަސް

ޔޫރަޕިއަން ސުޕަ ލީގުން ވަކިނުވެ އޮތް ބާސާ، ރެއާލް އަދި ޔުވެންޓަސް

ޔޫރަޕިއަން ސުޕަ ލީގުގެ ޕްލޭނުގެ މަސައްކަތްތައް ކުރިއަށްގެންދަން އެ ލީގުން ވަކިނުވެ އޮތް ތިން ކުލަބު ކަމަށްވާ ބާސެލޯނާ އާއި، ރެއާލް މެޑްރިޑް އަދި ޔުވެންޓަސްއިން ނިންމައިފިއެވެ.

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ސުޕަ ލީގު އިއުލާންކުރީ ފައުންޑާ 12 ކުލަބަކާއެކުއެވެ. އޭގެ ތެރޭގައި ހިމެނުނީ އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާއި، ލިވަޕޫލާއި، ޗެލްސީ އާއި، މެންޗެސްޓާ ސިޓީ އާއި، އާސެނަލް އަދި ޓޮޓެންހަމް ހޮޓްސްފާ އާއި، ސްޕެނިޝް ލީގުގެ ރެއާލާއި، ބާސާ އަދި އެތުލެޓިކޯ މެޑްރިޑުގެ އިތުރުން އިޓާލިއަން ލީގުގެ އިންޓަ މިލާނާއި، އޭސީ މިލާން އަދި ޔުވެންޓަސްއެވެ.

ސުޕަ ލީގު އިއުލާންކުރީ ޔުއެފާ އާއި ފީފާއިން އެކަމާ ދެކޮޅަށް ތަކުރާރުކޮށް އިންޒާރު ދެމުން އަންނަނިކޮށެވެ. އަދި ސުޕަ ލީގާއެކު ފުޓްބޯޅަ ސަޕޯޓަރުން ނުރުހުން ފާޅުކުރަން ފެށުމާ ގުޅިގެން، އެ ލީގުގައި ހިމެނުނު އިނގިރޭސި ހަ ކުލަބުންވެސް ވަނީ އެ މުބާރާތުން ވަކިވިކަން ރަސްމީކޮށް އިއުލާންކޮށްފައެވެ. ދެން އެ މުބާރާތުން ވަކިވެފައިވަނީ އިންޓަ އާއި މިލާނުގެ އިތުރުން ސްޕެއިނުގެ އެތުލެޓިކޯއެވެ. އެހެންކަމުން މި ވަގުތު ސުޕަ ލީގުން ވަކިނުވެ އޮތް ތިން ކުލަބަކީ ރެއާލާއި، ބާސާ އަދި ޔުވެންޓަސްއެވެ.

ސުޕަ ލީގުގެ މައްސަލަ މެޑްރިޑުގެ ކޯޓެއްގައި ކުރިއަށްދިޔައިރު، އެ މައްސަލައިގައި ހުކުރު ދުވަހު އެ ކޯޓުން ވަނީ ސުޕަ ލީގުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ގާނޫނީ ހުރަހެއް ނެތް ކަމަށް ނިންމާފައެވެ. އެއާއެކު ބާސާ، ރެއާލް އަދި ޔުވެންޓަސްއިން ނެރުނު ބަޔާނުތަކުގައި ވަނީ ރަސްމީ އިދާރާތަކާ ގުޅިގެން ސުޕަ ލީގު ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ސުޕަ ލީގުގެ މަސައްކަތް ކުރިއަށްގެންދަން ބާސާ، ރެއާލް އަދި ޔުވެންޓަސްއިން ނިންމިއިރު، މިދިޔަ މެއި މަހުގެ ތެރޭގައި ޔުއެފާއިން ވަނީ އެ ކުލަބުތަކުން އެ އިދާރާގެ ގަވާއިދުތަކާ ޚިލާފުވެފައިވާ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ސުޕަ ލީގުގައި މި ވަގުތު އޮތް ތިން ކުލަބަށް އެ ލީގުން ވަކިވާން ރަސްމީކޮށް ވަކި މުހުލަތެއް ޔުއެފާއިން ދޭނެއެވެ. އަދި އެ ތިން ކުލަބުން އެ ގޮތަށް އަމަލުނުކޮށްފިނަމަ، ޔޫރަޕުގެ މުބާރާތްތަކުން އެ ކުލަބުތައް ދެ އަހަރަށް ސަސްޕެންޑްކުރަން ނިންމާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޔުއެފާއިން ސުޕަ ލީގުގައި ހިމެނޭ ތިން ކުލަބުގެ މައްސަލަ ބަލަން ފެށިއިރު، ސުޕަ ލީގުން ވަކިވި ނުވަ ކުލަބު ސަސްޕެންޑްކުރުމުގެ ބަދަލުގައި، ޖޫރިމަނާކުރަން އެ އިދާރާއިން މީގެ ކުރިން ވަނީ ނިންމާފައެވެ. އެގޮތުން ސުޕަ ލީގުން ވަކިވި ކުލަބުތަކުން 15 މިލިޔަން ޕައުންޑް އެއްކޮށް ޔުއެފާގެ ގްރާސްރޫޓް ޕްރޮގްރާމަށް ފަންޑުކުރަން އެންގުމާއި، އެއް ސީޒަން ވަންދެން އެ ކުލަބުތަކަށް ލިބޭ ފައިސާގެ ފަސް އިންސައްތަ ޔުއެފާއަށް ނެގުމުގެ އިތުރުން، ކުރިއަށް އޮތްތަނުގައި ސުޕަ ލީގު ފަދަ ޔުއެފާގެ އުސޫލާ ޚިލާފު މުބާރާތެއްގައި ބައިވެރިވެއްޖެނަމަ 100 މިލިޔަން ޕައުންޑުގެ ޖޫރިމަނާއެއް ދައްކަން އެއްބަސްވުމާއި، ޔުއެފާގެ އެ ނޫން ވެސް އެހެން ކޮންމެ އުސޫލަކާ ޚިލާފުވެއްޖެނަމަ އެ ކުލަބެއް 50 މިލިޔަން ޕައުންޑްގެ ޖޫރިމަނާކުރަން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ސުޕަ ލީގުގައި ބައިވެރިވި އިނގިރޭސި ހަ ކުލަބު ޖޫރިމަނާކުރަން އިނގިރޭސި ޕްރިމިއާ ލީގުންވެސް ވަނީ ނިންމާފައެވެ. އެގޮތުން އެ ހަ ކުލަބު އެކުވެގެން 21 މިލިޔަން ޕައުންޑް ދެއްކުމަށް ވަނީ އަންގާފައެވެ. އެއީ ކޮންމެ ކުލަބަކުން 3.5 މިލިޔަން ޕައުންޑެވެ. އަދި ޕްރިމިއާ ލީގުގެ ގަވާއިދު ހުއްދަ ނުދޭ މަޝްރޫއެއްގައި ދެން ބައިވެރިވެއްޖެނަމަ، އެ ކުލަބެއް ޖޫރިމަނާކުރުމުގެ އިތުރުން ޕޮއިންޓް އުނިކުރާނެ ކަމަށްވެސް ވަނީ އަންގާފައެވެ.

ސުޕަ ލީގުގައި ދެމި އޮތް ތިން ޓީމަށް ޔުއެފާ އާއި އެ ގައުމުތަކުގެ ފުޓްބޯޅަ ލީގުތަކުގެ ބޯޑުން ތަކުރާރުކޮށް އިންޒާރުތައް ދިން ނަމަވެސް، އެ މަސައްކަތް ހުއްޓާނުލާނެކަން އެ ކުލަބުތަކުން ވަނީ އަންގާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު