Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމްމީލަސްގެ ޑައިރީ

މިވަގުތަށް 32 އިންސައްތައެވެ! މާދަމާ ސިހިގެންދާނީ ކޮން ޚަބަރަކުން ހެއްޔެވެ؟

21 ޖުލައި 2021 | ބުދަ 10:34

ދިވެހިރާއްޖޭގެ ފަސްގަނޑުގައި ދިރިއުޅޭ މީހުންގެ ތެރެއިން 32 އިންސައްތައަކީ، މިވަގުތަށް ބިދޭސީން

މުހައްމަދު އާދަމް ސަލީމް
މުހައްމަދު އާދަމް ސަލީމް | 21 ޖުލައި 2021 | ބުދަ 10:34
ބިދޭސީން ފެންނަ ފޮޓޯއެއް

ބިދޭސީން ފެންނަ ފޮޓޯއެއް

ދާދި މިދާކަށްދުވަހު، ބައްދަލުވި ރައްޓެއްސަކު ކިޔައިދިން ގޮތުގައި އިމާރާތެއް ކުއްޔަށްދޭން އިޢުލާނު ކޮށްލުމާއެކު، އެތަން ހިފަން އެންމެ ގިނައިން ގުޅީ ބިދޭސީންނެވެ.

"ކޮންޓްރެކްޓުގައި ސޮއިކުރަން ދިވެއްސަކު ހުންނަނީ" އޭގެ ތެރެއިން، އެކަކު، މިހެންވެސް ބުނިކަމަށް ވެއެވެ. ކޮންމެއަކަސް، މިބުނާ އިމާރާތެއް، ބިދޭސީންނަށް ކުއްޔަކަށް ނުދެއެވެ. އެކަމަކު އެންމެ ބޮޑު ކުލި ހުށަހަޅަން ވެސް ތައްޔާރަށް ތިބީ ބިދޭސީން ކަމަށްވެއެވެ.

އަދިވެސް އެހެން ވާހަކައެކެވެ. މިފަހަރު  ގެސްޓުހައުސްއެއްގެ ވެރިފަރާތަށް ގުޅަނީ ބިދޭސީއެކެވެ.

"އަހަރެން ގެސްޓުހައުސް ހިފަން ބޭނުން" މިހެން ބުނުމާއެކު، އޭނާއާއެކު ކޮންޓްރެކްޓު ނެހެދޭނެ ކަމަށް ބުނުމުން، އެކަން ހަމަޖެހޭނެ ކަމަށް ބުނިކަމަށް ވެއެވެ.

މިދެންނެވި ދެ ވާހަކައިން، މައްސަލައިގެ ސީރިއަސްކަން ދެނެގަންނާކަށް ދައްޗެއް ނޫނެވެ.

ދެން، އެހެން ޚަބަރަކަށް ބަލައިލަމާ ހެއްޔެވެ؟ 24 ޑިސެމްބަރު 2018 ގައި "މިހާރު" ނޫހުގައި ލޭބަ ރިލޭޝަންސް އޮތޯރިޓީއާ ހަވާލާދީ، ލިޔެފައި ފައިވާ ޚަބަރު ތަކެއް ކިޔައިލީމެވެ. އޭގެ އެއް ޚަބަރަކީ، އަރިއަތޮޅު ރިސޯޓެއްގައި 150 ބިދޭސީން ވަޒީފާގައި ތިބިއިރު، އެތާގެ ވަޒީފާގައި ތިބީ، އެންމެ ފަސް ދިވެހިން ކަމަށް އޮތް ޚަބަރެވެ! މިދެންނެވި ދުވަހު އެ ނޫހުގައި އޮތް އަނެއް ޚަބަރަކީ، 30 ރިސޯޓެއް ލޭބާއިން ބަލައި ފާސް ކުރިއިރު، އެ ތަންތާގައި ވަޒީފާ އަދާކުރާ މީހުންގެ 90 އިންސައްތައަކީ، ބިދޭސީންކަމަށް، ބުނެފައި އޮތް ޚަބަރެވެ.

އިސްވެ ދެންނެވި ކަންކަމުންނާއި، މިދެންނެވި ޚަބަރުތަކުން، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ރާއްޖޭގައި އޮތް މިނިވަން މާޙައުލު ކިތަންމެހައި ވެސް ސާފެވެ. މިކަންކަން ފަހިކޮށްދޭ ބަޔަކަށް، ރިސޯޓުތަކުގައިވިޔަސް، ބިދޭސީން ގެންގުޅެވޭނީ، ކޮން މިންގަނޑަކުން، ކިހާ މިންވަރަކަށް ކަންވެސް އެނގޭނެއެވެ. ގަވާއިދު ކިތަންމެ ރަނގަޅަކަށް ހަދާފައި އޮތްނަމަވެސް، މިކަންކަން ބަރާބަރަށް ނުބެލޭނަމަ، އަދި ގަވާއިދަށް ޢަމަލުކުރަން ޖެހޭ ފަރާތްތަކުން، އެގޮތަށް ކަންކަން ނުކުރާނަމަ، ފެންނާނީ މި މަންޒަރެވެ. މިހާރު މަންޒަރު އެ އޮތީ ތިލަފަށުގައި ފެންނާށެވެ.

ދުނިޔޭގެ އާބާދީ ދުވަހާއި މުނާސަބު ޚަބަރެއްގެ ގޮތުގައި، އެންމެފަހުން، ރާއްޖޭގެ ނޫސްތަކުގެ ފަލަ ސުރުޚީއަށް އައީ، ރާއްޖޭގައި އުޅޭ މީހުންގެ ޖުމްލައަކީ، 568 ހާހަށްވުރެ މަތީ ޢަދަދެއްކަމާއި އޭގެ 32 އިންސައްތައަކީ، ބިދޭސީންނޭ ބުނެ އޮތް ޚަބަރެވެ. އެއީ 182 ހާހަށްވުރެން މަތީ ޢަދަދެކެވެ. މީގެ ތެރެއިން 63 އިންސައްތައަކީ ބަންގްލަދޭޝް ރައްޔިތުންނެވެ. ދެން އޮތީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މިންވަރު ޙަގީގަތުގައިވެސް އެނގޭ ބާވައޭ ހިތަށް ވަންނަ ސުވާލެވެ. މި ސުވާލު ދޫކޮށްލާނީ ކިއުންތެރިޔާ އަށެވެ.  

ކޮންމެއަކަސް، މަންޒަރު ކިތަންމެހާވެސް ސާފެވެ. ދިވެހިރާއްޖޭގެ ފަސްގަނޑުގައި ދިރިއުޅޭ މީހުންގެ ތެރެއިން 32 އިންސައްތައަކީ، މިވަގުތަށް ބިދޭސީންނެވެ. އޭގެ ތެރޭގައި ގިނައީ ގަވާއިދުން އެތެރެވެފައި ތިބި މީހުންނެވެ. އެހެން ނަމަވެސް، އެ އެންމެންނަކީ، ހަގީގަތުގައިވެސް، ބޭނުންވެފައިވާ މިންވަރަށް ގެނެސްފައިތިބި ބައެއްކަން އެނގޭނީ އެފަދަ ދިރާސާއެއް ކޮށްގެންނެވެ. އެނގޭކަމަކީ ގްރޯތު އަދިވެސް ހިފާފައި އޮތީ މައްޗަށް ކަމެވެ.

ދިވެހިރާއްޖެފަދަ، އަވަހަށް ކުރިއަރަމުންދާ ގައުމެއްގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީއާއި ސަރވިސް އިންޑަސްޓްރީގައި މަސައްކަތްކުރާނެ ބިދޭސީންނަކީ، ބޭނުންވާނެ ބައެކެވެ. އެކަމާ ދެކޮޅު ހަދާކަށް ނެތީމެވެ. މި މީހުންނަކީ، މި ގައުމުގައި ވަޒީފާ އަދާކުރަން އަންނަ މީހުންނެވެ. ވިޔަފާރިކޮށް، ނަފާހޯދަން އަންނަ ބައެއް ނޫނެވެ. މިއީ، ކޮންޓްރެކްޓު ނިމުމުން އެނބުރި ދާންޖެހޭ ބައެކެވެ. އޭގެ ބަދަލުގައި، ދިވެހީންނެކޭ އެއްގޮތަށް ރާއްޖޭގައި ވިޔަފާރިކުރާ ބަޔަކަށްވުމަށް، މިމީހުންނަށް ޖާގަ ލިބޭކަމަށް ވާނަމަ،އެއީ ގޯހެކެވެ. ބޭރުމީހުން ރާއްޖޭގައި އިންވެސްޓު ކޮށްގެން ވިޔަފާރި ކުރެވޭނެ ގާނޫނުތަކާއި އުސޫލުތައް އޮއްވައި، ވަލުދޮރާށިން، ވަދެގެން، މިނިވަންކަމާއެކު، މިހެން ވިޔަފާރި ކުރެވޭނަމަ، އެއީ މާބޮޑު ގޯހެކެވެ. މިކަންކަން ހުއްޓުވޭނީ، އެކަންކަމަށް މަގުފަހިކުރުވާ މީހުންވެސް، ފަރުދީ ޒިންމާ އަދާކޮށްގެންނެވެ. ބެލުންތެރިކަން ވަރުގަދަކޮށްގެންނެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް ތަކެއް، މިސަރުކާރުންވެސް ކުރާތީ އެބަ ފެނެއެވެ. މައްސަލައާއިމެދު، ސީރިއަސްވަމުން އަންނަކަން އެބަ އިޙުސާސު ކުރެވެއެވެ. މި މަގުން މި މަސައްކަތް ކުރަމުން ގެންދާއިރު، 2023  ގައި އޮންނަ، ރިޔާސީ އިންތިޚާބަށް ޕާޓީތަކުން ވާދަކުރާއިރު، އެ މެނިފެސްޓޯ ތަކުގައި، ރާއްޖޭގައި ބިދޭސީން ގެންގުޅެވޭނެ ހަރުދަނާ އުސޫލުތަކެއް، ޕާޓީތަކުން އެކަށައަޅައިދޭނެ ކަމަށް އުންމީދު ކުރެވެއެވެ. އަދި އެކަން ރައްޔިތުންނަށް ހާމަކޮށްދޭނެ ކަމަށް ބެލެވެއެވެ.

ހަމަ އެހެންމެ ވަލު ދޮރާށިންވަދެ، މިގައުމުގައި ވިޔަފާރިކުރާ މީހުންނާމެދު، ގާނޫނު ހިންގައި، ގައުމުގެ ޙައްޤުގައި މި މައްސަލަ ޙައްލުކޮށްދޭނެ ކަމަށްވެސް، އުންމީދު ކުރެވެއެވެ. މިއީ، މި ގައުމާއި ވިޔަފާރިއާއި އިގްތިސާދުގެ ހައްގުގައި، މިއަދު ސީރިއަސްވާން ޖެހިފައި އޮތް މައްސަލަ އެކެވެ. އުފުލަން ޖެހިފައިވާ އަޑެކެވެ. އެންމެން ސަމާލުވާން ޖެހިފައިވާ ގައުމީ މައްސަލަ އެކެވެ. މިއަދުގެ ޙަގީގަތަކީ، ރާއްޖޭގައި އުޅޭ މީހުންގެ 32 އިންސައްތައަކީ، ބިދޭސީންނޭ ބުނި އަޑެވެ! އެ ސިހުމެވެ! މާދަމާ ސިހިގެންދާނީ ރާއްޖޭގައި އުޅޭ މީހުންގެ 50 އިންސައްތައަކީ، ބިދޭސީންނޭ ބުނާއަޑުން ހެއްޔެވެ؟

ބިދޭސީން

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

12 ޖުލައި 2025

ބިދޭސީންގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ވިޔަފާރިތަކެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި

12 ޖުލައި 2025
ބިދޭސީންގެ ނުފޫޒު އޮތް ކަމަށް ބެލެވޭ ވިޔަފާރިތަކެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި
03 ޖުލައި 2025

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

03 ޖުލައި 2025
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި
03 ޖުލައި 2025

ކެފޭއެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން ހައްޔަރުކޮށްފި

03 ޖުލައި 2025
ކެފޭއެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން ހައްޔަރުކޮށްފި
30 ޖޫން 2025

"އޮޕަރޭޝަން ހަމަމަގު" ގެ ދަށުން ހައްޔަރުކުރީ 83 ބިދޭސީން

30 ޖޫން 2025
"އޮޕަރޭޝަން ހަމަމަގު" ގެ ދަށުން ހައްޔަރުކުރީ 83 ބިދޭސީން
25 ޖޫން 2025

މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑު، "އޮޕަރޭޝަން ހަމަމަގު" އައްޑޫ ސިޓީގައި ފަށައިފި

25 ޖޫން 2025
މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑު، "އޮޕަރޭޝަން ހަމަމަގު" އައްޑޫ ސިޓީގައި ފަށައިފި
01 މެއި 2025

އުޖޫރަ އިތުރުވާނެ ގޮތްތައް ހޯދައި ދިނުމަށް ފަށާފައިވާ މަސައްކަތް ކާމިޔާބު ކުރާނަން: ރައީސް މުއިއްޒު

01 މެއި 2025
އުޖޫރަ އިތުރުވާނެ ގޮތްތައް ހޯދައި ދިނުމަށް ފަށާފައިވާ މަސައްކަތް ކާމިޔާބު ކުރާނަން: ރައީސް މުއިއްޒު
17 ޑިސެމްބަރު 2024

ކިއްލިއާއި ހަނާކުރި ފޯކާއި ތެލުލިފަތް ތައްޔާރުކޮށް ވިއްކަމުންދިޔަ ބިދޭސީއެއް ހައްޔަރުކޮށްފި

17 ޑިސެމްބަރު 2024
ކިއްލިއާއި ހަނާކުރި ފޯކާއި ތެލުލިފަތް ތައްޔާރުކޮށް ވިއްކަމުންދިޔަ ބިދޭސީއެއް ހައްޔަރުކޮށްފި
08 ޑިސެމްބަރު 2024

މުޒާހަރާ ކުރި ބިދޭސީންނަށް މުސާރަ ނުދޭ މައްސަލަ އިމިގްރޭޝަނުން ބަލަނީ

08 ޑިސެމްބަރު 2024
މުޒާހަރާ ކުރި ބިދޭސީންނަށް މުސާރަ ނުދޭ މައްސަލަ އިމިގްރޭޝަނުން ބަލަނީ
07 ޑިސެމްބަރު 2024

މުސާރަ ނުދޭ މައްސަލާގައި މުޒާހަރާ ކުރި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

07 ޑިސެމްބަރު 2024
މުސާރަ ނުދޭ މައްސަލާގައި މުޒާހަރާ ކުރި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
27 އޮކްޓޯބަރު 2024

ގުރައިދޫއިން ގަވާއިދާ ހިލާފަށް އުޅުނު 39 ބިދޭސީން ހައްޔަރުކޮށްފި

27 އޮކްޓޯބަރު 2024
ގުރައިދޫއިން ގަވާއިދާ ހިލާފަށް އުޅުނު 39 ބިދޭސީން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް