Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ސަރަހައްދުގެ ސިއްހީ ނިޒާމަށް ހެޔޮ ބަދަލެއް ގެންނާނެ

ބަލި މީހުންނަށް ފަރުވާ ދިނުމަށް ޚާއްސަކޮށްގެން ހޮސްޕިޓަލުގައި އޮކްސިޖަން ޕްލާންޓެއް ގާއިމް ކޮށްފައިވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 16 ޖުލައި 2021 | ހުކުރު 21:13
ރައީސުލްޖުމްހޫރިއްޔާ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން

މާލެއަށް ބަރޯސާވެފައި އޮންނަ ސިއްޙީ ނިޒާމަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރައްޔިތުންނާ ގާތުން ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތައް ދިނުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ބައެއް ހޮސްޕިޓަލްތައް ޓާޝަރީ ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މިގޮތުން ކަނޑައަޅާފައިވާ 5 ހޮސްޕިޓަލެއްގެ ތެރެއިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް މިހާތަނަށް ގެނެސްފައިވާ ކުރިއެެރުން ފާހަގަކުރެވެއެވެ. އެތަނުން ދެމުން އައި ޚިދުމަތްތައް އިތުރަށް ފުޅާކޮށް، އައު ޚިދުމަތްތަކެއް ދިނުމަށް މި ސަރުކާރުގެ މިދިޔަ 2 އަހަރުގެ ތެރޭގައި ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.

ހދ ކުޅުދއްފުށި ރީޖަނަލް ހޮސްޕިޓަލުގައި މިދިޔަ 2 އަހަރުގެ ތެރޭގައި އަލަށް ފަށާފައިވާ ޚިދުމަތްތަކުގެ ތެރޭގައި، ފިޒިއޯތެރަޕީގެ ޚިދުމަތާއި، އޮޕްޓިމައިޒޭޝަން ޕްރޮޖެކްޓުން ފިޒިއޮތެރަޕީގެ ހިދުމަތަށް ބޭނުންވާ ޒަމާނީ އިތުރު އިކުއިޕްމަންޓްތައް ބަހައްޓާ ޚިދުމަތް ދޭން ފެށުމާއި، އީއެންޓީ އަދި ލޮލުގެ ފަރުވާ ފަށާފައިވެއެވެ. އެމްއާރްއައި މެޝިން އިންސްޓޯލްކޮށް ޚިދުމަތް ފޭން ފަށާފައިވަނީ މިއަހަރު މާރިޗް މަހުގެ 15 ވަނަ ދުވައެވެ. ސީޓީ ސްކޭންގެ ޚިދުމަތާއި ދެ ތިއޭޓަރުން އޮޕަރޭޝަން ކުރެވޭނެ އިންތިޒާމްތައް މިހާރު އެ ހޮސްޕިޓަލުން ލިބެން ހުންނާނެ ކަމށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.

ކާރޑިއެކް ޚިދުމަތް ހދ. ކުޅުދުއްފުށީ ހޮސްޕިޓަލްގައި ތައާރަފް ކުރީ 11 އޮކްޓޯބަރ 2019ގައެވެ. ވޯޑްތައް އެއަރ ކޮންޑިޝަންކޮށް ހޮސްޕިޓަލުގައި ކުރަން ޖެހޭ މަރަމާތު މިހާރު އަންނަނީ ކުރަމުންނެވެ. ޕަލްމޮނޮލޮޖީ އާއި ސްޕީޗްތެރަޕީގެ ޚިދުމަތްވެސް މިހާރުވަނީ ފަށާފައެވެ. ސައިކޭޓްރިސްޓް ޚިދުމަތް ތައާރަފް ކުރެވި ޚިދުމަތް ދޭންވަނީ ފަށާފައެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ވައިރަހަށް ޓެސްޓް ކުރުމަށް ޕީސީއާރު ލެބްގެ ޚިދުމަތާއި ރީޖަނަލް އައިސީޔޫ ފެސިލިޓީއެއް ގާއިމުކޮށްފައިވެއެވެ.

އަލަށް ފެށި ޚިދުމަތްތައް ރައްޔިތުން ބަލައިގަނެފައިވާކަން ތަފާސްހިސާބުތަކަށް ބަލާލުމުން އެނގެއެވެ. ސީޓީ ސްކޭންގެ ޚިދުމަތް ފަށާފައިވަނީ 2019ވަނަ އަހަރުގެ އޮކްޓޯބަރ މަހުގައެވެ. މި ޚިދުމަތް މިހާތަނަށް 1،497 މީހަކުވަނީ ހޯދާފައެވެ. 2012ވަނަ އަހރުގެ މާޗް މަހު ފެށި އެމްއާރްއައިގެ ޚިދުމަތް 507 މީހަކު މިހާތަނަށް ހޯދާފައިވެއެވެ. 2021ވަނަ އަހަރުގެ ފެބްރުއަރީ މަހު ފެށި މެމޮގްރަފީގެ ޚިދުމަތް 48 މީހަކު ވަނީ ހޯދާފައެވެ. 2020ވަނަ އަހރުގެ މާޗް މަހު ސްޕީޗް ތެރަޕީގެ ޚިދުމަތްވެސް ވަނީ ފަށާފައެވެ. މިހާތަނަށް 170 މީހަކަށް ސްޕީޗް ތެރަޕީ ދީފައިވާއިރު، 95 މީހަކަށް މިހާރުވެސް ގެންދަނީ ސްޕީޗް ތެރަޕީ ދެމުންނެވެ. ހަތަރު އެނދުގެ ލޭބަރ ރޫމެއްވެސް ވަނީ ސެޕްޓެމްބަރ، 2020ގައި ގާއިމް ކޮށްފައެވެ.

އެ ހޮސްޕިޓަލުގައި މަހެއްގެ މައްޗަށް އެވްރެޖްކޮށް 47 މާބަނޑު މީހުން ވިއްސައެވެ. ނާރުގެ ބަލިތަކަށް ފަރުވާ ދިނުން 2020 ވަނަ އަހަރުގެ ޖުލައި މަހު ވަނީ ފަށާފައެވެ.

ބަލި މީހުންނަށް ފަރުވާ ދިނުމަށް ޚާއްސަކޮށްގެން ހޮސްޕިޓަލުގައި އޮކްސިޖަން ޕްލާންޓެއް ގާއިމްކުރީ، 2020ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 19ވަނަ ދުވަހުއެވެ.

ހޮސްޕިޓަލުގެ ޚިދުމަތްތައް ޓާޝަރީ ފެންވަރަށް މަތިކުރުމަށް ކުރިޔަށްގެންދާ މަސައްކަތްތަކުގެ ދަށުން އެ ހޮސްޕިޓަލުގައި މިހާރު އަންނަނީ 30 އެނދުގެ ވޯޑެއް ހެދުމާއި 6 އެނދުގެ އައިސީޔޫއެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މި މަޝްރޫއާއެކު ރީޖަނަލް ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމަށް ހައްލު ލިބިގެންދާނެއެވެ. މި މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނެފައިވަނީ ސެޕްޓެމްބަރުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

ހޮސްޕިޓަލުގައި ބެކަޕް ޖަނެރޭޓަރު ސިސްޓަމެއް ގާއިމް ކުރުމަށް ވަނީ ފެނަކައާ ހަވާލުކޮށްފައެވެ.

ކޮވިޑް19ގެ ބަލިމަޑުކަން ފެތުރިގެން ދިޔުމާއެކު އެ ހޮސްިޓަލުގައި ގާއިމްކުރި ޕިސީއާރް ލެބުން މިހާތަނަށް 33،145 ކޮވިޑް ޓެސްޓްވަނީ ހަދާފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ، ކުޅުދުއްފުށީގެ އިތުރުން އެ ސަރަހައްދުގެ އެހެން ރަށްރަށުންވެސް ޚިދުމަތް ހޯދާ ހޮސްޕިޓަލެކެވެ. އަލަށް ތައާރަފް ކުރެވުނު ގިނަ ޚިދުމަތްތަކާއެކު އެ ސަރަހައްދުގެ ސިއްޙީ ނިޒާމަށް މިވަނީ ހެޔޮ ބަދަލުތަކެއް އައިސްފައެވެ. ސަރުކާރުގެ އަމާޒަކީ، ވީހާވެސް އަވަހަކަށް މަސައްކަތްތައް ނިންމައި ޓާޝަރީ ފެންވަރަށް ހޮސްޕިޓަލުގެ ޚިދުމަތްތައް ބަދަލުކުރުމެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްކުޅުދުއްފުށި ސިޓީރައީސް ސޯލިހުރައީސުލްޖުމްހޫރިއްޔާގެ އޮފީސް އެމްޓީސީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު