Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުރީގެ ކަރުދާސް ނޫޓުތައް

ކުރީގެ ނޫޓުތައް ބަދަލުކުރެވޭނީ މި މަހުގެ 27ގެ ކުރިން

ކުރީގެ ކަރުދާސް ނޫޓުތައް ބޭނުންކުރުން ހުއްޓާލާފައިވަނީ "ރަންދިހަ ފަހެއް" ނޫޓް ސީރީޒް ބޭނުންކުރަން ފެށުމާ ގުޅިގެން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 15 ޖުލައި 2021 | ބުރާސްފަތި 17:47
މި ތާރީޚުގެ ފަހުން، ކުރިން ބޭނުންކުރަމުން އައި ކަރުދާސް ނޫޓުތައް ބަދަލެއް ނުކުރެވޭނެ

މި ތާރީޚުގެ ފަހުން، ކުރިން ބޭނުންކުރަމުން އައި ކަރުދާސް ނޫޓުތައް ބަދަލެއް ނުކުރެވޭނެ

ކުރީގެ ކަރުދާސް ނޫޓުތައް އައު ނޫޓަށް ބަދަލުކުރެވޭނީ މި މަހުގެ 27ގެ ނިޔަލަށް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފިއެވެ.

އެމްއެމްއޭއިން މީގެ ކުރިން ބުނެފައިވަނީ ކުރީގެ ކަރުދާސް ނޫޓުތައް އައު ނޫޓަށް ބަދަލުކުރެވޭނީ މި މަހުގެ 31ގެ ނިޔަލަށް ކަމަށެވެ. އެމްއޭމްއޭއިން މި ތާރީޚު ބަދަލުކުރީ އަޟްޙާ ޢީދާއި މިނިވަން ދުވަހާ ގުޅިގެން ބަންދު ދުވަސްތަކެއް އަންނާތީއެވެ.

Advertisement - newsAdvertisement

އެ އޮތޯރިޓީން ބުނީ ބަންދު ދުވަސްތަކުގައި އެމްއެމްއޭ ހުޅުވާފައި ހުންނާނީ 21 ޖުލައި އަދި 27 ގައި ކަމަށެވެ. އެހެންކަމުން ކަރުދާސް ނޫޓުތައް ބަލައިގަންނާނެ އެންމެ ފަހު ދުވަހަކީ 27 ޖުލައި ކަމަށާއި މި ދުވަސްތަކުގައި އެޕޮއިންޓްމަންޓް ހެއްދުމަކާނުލައި އެމްއެމްއޭއަށް ގޮސް ކުރީގެ ކަރުދާސް ނޫޓުތައް ބަދަލުކުރެވޭނެ ކަމަށެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، 2016 ވަނަ އަހަރު ނެރުނު "ރަން ދިހަ ފަހެއް"ގެ ނޫޓު ސީރީޒްގައި 5، 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓު ވަނީ ނެރެފައެވެ. ކުރިން ބޭނުންކުރި ކަރުދާސް ނޫޓްތައް ބަދަލުކުރުމަށް އެމްއެމްއޭއިން ވަނީ ދިގު މުއްދަތެއް ދީފައެވެ.

އެމްއެމްއޭއިން ބުނީ މި ތާރީޚުގެ ފަހުން، ކުރިން ބޭނުންކުރަމުން އައި ކަރުދާސް ނޫޓުތައް ބަދަލު ނުކުރެވޭނެ ކަމަށެވެ. އެމްއެމްއޭއިން ބުނީ މިހާރުވެސް ގިނަ އަދަދެއްގެ ކުރީގެ ކަރުދާސް ނޫޓުތައް އެ އިދާރާއަށް ލިބިފައިވާކަމަށެވެ.

ކުރީގެ ކަރުދާސް ނޫޓުތައް ބޭނުންކުރުން ހުއްޓާލާފައިވަނީ "ރަންދިހަ ފަހެއް" ނޫޓް ސީރީޒް ބޭނުންކުރަން ފެށުމާ ގުޅިގެންނެވެ. ސަލާމަތީގޮތުން ރައްކާތެރި، އަދި ކޮލިޓީ ރަނގަޅު ރަންދިހަ ފަހެއް ނޫޓް ސީރީޒް ބޭނުންކުރަން ފަށާފައިވަނީ 26 ޖަނަވަރީ 2016 ގައެވެ. ދިވެހި ރުފިޔާގެ އާ ނޫޓް ސީރީޒްތަކަކީ ކުރިން ބޭނުންކުރި ނޫޓް ސީރީޒްތަކުގެ ނޫޓްތަކާ ޚިލާފަށް ރައްކާތެރި، ގެންގުޅެން ފަސޭހަ އަދި ޒަމާނީ ނޫޓްތަކެކެވެ. މި ނޫޓްތަކުގައި އެކުލެވޭ ބައެއް ސެކިއުރިޓީ ފީޗާސްތަކަށް ބަލައިލާއިރު، ރަންދިހަ ފަހެއްގެ ނޫޓްތަކަށް އަލްޓްރާ ވައިލެޓް އަލި އެޅުވުމުން ސީރިއަލް ނަމްބަރު ދިއްލޭނެއެވެ. އަދި އަލްޓްރާ ވައިލެޓް އަލީގައި ނޫޓްގެ މޫނުމަތީ އަގު، ގޮޅިއެއްގައި ދިއްލިފައި ހުންނައިރު، މިއީ އާދައިގެ އަލީގައި ފެންނާނެ އެއްޗެއް ނޫނެވެ. ރަންދިހަ ފަހެއްގެ ނޫޓް ސީރީޒްގެ ނޫޓްތަކަކީ، ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް ވެސް ނޫޓްތައް ދެނެގަތުމަށް ފަސޭހަ ފީޗަރސްތަކެއް އެކުލެވިގެންވާ ނޫޓްތަކެކެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ބަޖެޓުން މުސާރަދޭ މީހުންގެ އަދަދު 54،000ށް އަރަނީ، އަންނަ އަހަރު 7،000 ވަޒީފާ އިތުރުވާނެ، ބަޖެޓުގެ 30 އިންސައްތަ ހޭދަ ވާނީ މުސާރަ ދޭން

ބަޖެޓުން މުސާރަދޭ މީހުންގެ އަދަދު 54،000ށް އަރަނީ، އަންނަ އަހަރު 7،000 ވަޒީފާ އިތުރުވާނެ، ބަޖެޓުގެ 30 އިންސައްތަ ހޭދަ ވާނީ މުސާރަ ދޭން

16 ނޮވެމްބަރު 2025
ފައިސާ ޗާޕުކޮށް، ބިލިއަނުން ސަރުކާރަށް ފައިސާ ހޯދުމަށް އަލަށް މި ފަށަނީ ޣައިރު ޤާނޫނީ، ނުރައްކާތެރި ކަމެއް: އެމްޑީޕީ

ފައިސާ ޗާޕުކޮށް، ބިލިއަނުން ސަރުކާރަށް ފައިސާ ހޯދުމަށް އަލަށް މި ފަށަނީ ޣައިރު ޤާނޫނީ، ނުރައްކާތެރި ކަމެއް: އެމްޑީޕީ

20 އޮކްޓޯބަރު 2025
ޑީބީއެމްގެ މަސައްކަތް ފަށަން ޖެހޭ ތާރީހު ފަހަނައަޅައިފި، މަސައްކަތް ފެށޭނެ ދުވަހެއް ވަޒީރު ސާފުކޮށެއް ނުދެއްވާ!

ޑީބީއެމްގެ މަސައްކަތް ފަށަން ޖެހޭ ތާރީހު ފަހަނައަޅައިފި، މަސައްކަތް ފެށޭނެ ދުވަހެއް ވަޒީރު ސާފުކޮށެއް ނުދެއްވާ!

14 އޮކްޓޯބަރު 2025
ގައުމު މިދަނީ ފާލުން ނެއްޓެން: ޝެއިޚް ޒައިދު

ގައުމު މިދަނީ ފާލުން ނެއްޓެން: ޝެއިޚް ޒައިދު

05 ސެޕްޓެމްބަރު 2025
މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަދަލުވެއްޖެ

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަދަލުވެއްޖެ

21 އޯގަސްޓު 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު