Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެކްސިން ކެމްޕޭން

ދެވަނަ ޑޯޒް ނުޖަހާ ތިބީ 77،008 މީހުން

242،370 މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 ޖުލައި 2021 | ބުދަ 02:03
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ

ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ

ދެވަނަ ޑޯޒް ނުޖަހާ ތިބީ 77،008 މީހުން ކަމަަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ހޯމަ ދުވަހުގެ ވެކްސިންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 242،370 މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. އެއީ ހޯމަ ދުވަހު ވެކްސިން ފުރިހަމަ ކުރި 6755 މީހުންނާއެކުއެވެ. ހޯމަ ދުވަހު މާލެއިން 3556 މީހަކު ވެކްސިން ފުރިހަމަކޮށްފައިވާ އިރު، އަތޮޅުތެރެއިން ވެކްސިން ފުރިހަމަކޮށްފައިވަނީ 3199 މީހުންނެވެ.

Advertisement - newsAdvertisement

މިހާތަނަށް އައި އިރު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 319،378 މީހުންނެވެ. އެއީ ހޯމަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި 622 މީހުންނާއެކުގައެވެ. ހޯމަ ދުވަހު މާލެ ސަރަހައްދުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 225 މީހުންނެވެ. އަދި އަތޮޅު ތެރެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 397 މީހުންނެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް އަލުން ޖަހަން ފަށާފައިވާ އިރު ދުވާލެއްގެ މައްޗަށް 6000 ޑޯޒާއި 7000 ޑޯޒާ ދެމެދުގެ އަދަކަށް ވެކްސިން އަންނަނީ ޖަހަމުންނެވެ. މި ރޭޓަށް ބަލާއިރު، ކުރިއަށް އޮތް 10 ނުވަތަ 12 ވަރަކަށް ދުވަހުގެ ތެރޭގައި ރާއްޖޭގައި ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު 3 ލައްކައަށްވުރެ އިތުރުވާނެއެވެ.

ކޮވެކްސް ފެސިލިޓީއާއި ހެޔޮއެދޭ އެހެނިހެން ގައުމުތަކުން ރާއްޖެއަށް ކޮވިޑް ވެކްސިން ފޯރުކޮށްދޭނެކަން ވަނީ ހާމަކޮށްފައެވެ. މީގެ ތެރޭގައި އެމެރިކާ އަދި ޖަޕާން ހިމެނެއެވެ. ޖަޕާން ސަރުކާރުން ހާމަކޮށްފައިވާ ގޮތުން ކޮވެކްސް މެދުވެރިކޮށް އެގައުމުން ވެކްސިން ފޯރުކޮށްދޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ.

ކޮވިޑް-19 ވެކްސިން ޖެހުމުގެ ގައުމީ ޕްރޮގްރާމްކޮވިޑް-19 ވެކްސިން

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2025

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ
19 އޯގަސްޓު 2025

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި
21 ނޮވެމްބަރު 2022

ކޮވިޑް-19 ވެކްސިންގެ ދެވަނަ ބޫސްޓަރ ޑޯޒް 1391 މީހުން ޖަހައިފި

21 ނޮވެމްބަރު 2022
ކޮވިޑް-19 ވެކްސިންގެ ދެވަނަ ބޫސްޓަރ ޑޯޒް 1391 މީހުން ޖަހައިފި
07 ނޮވެމްބަރު 2022

1381 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި

07 ނޮވެމްބަރު 2022
1381 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި
24 އޮކްޓޯބަރު 2022

1366 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި

24 އޮކްޓޯބަރު 2022
1366 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު