Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކުޑަކުދިންނަށް ދަތުރުކުރެވުން

ކުޑަކުދިންނަށް ކަރަންޓީންވުމަކާ ނުލައި ދަތުރު ކުރެވޭނެ

ރިސޯޓް މުވައްޒަފުންނަށް މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށަށް ދަތުރު ކުރެވޭނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 8 ޖުލައި 2021 | ބުރާސްފަތި 02:24
ކުޑަކުދިންތަކެއް މޫދުގައި މަޖާކުރަނީ

ކުޑަކުދިންތަކެއް މޫދުގައި މަޖާކުރަނީ

ކުޑަކުދިންނަށް ކަރަންޓީންވުމަކާ ނުލައި ދަތުރު ކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ، 18 އަހަރުން ދަށުގެ ވެކްސިން ނުޖެހޭ ކުދިންނަށް ވެސް ނެގެޓިވް ޕީސީއާރް ޓެސްޓަކާއެކު ދަތުރުކުރެވޭނެކަމަށެވެ. އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސްވެފައިވާ ފަރާތްތަކަށް މޮނިޓަރިންގގެ ޙާލަތުގައި ނެތް ރަށަކަށް ނެގެޓިވް ޕީސީއާރް ޓެސްޓަކާއެކު ދަތުރުކުރެވޭނެ ކަަމަށެވެ.

Advertisement - newsAdvertisement

ކޮވިޑް ހާލަތު ރާއްޖޭގައި ރަނގަޅުވަމުން އަންނާތީވެ، މާލެ ސަރައްދުގެ ކާރފިއު އުވާލައި، ލުއިތަކެއް ވަނީ ދީފައެވެ. އެގޮތުން، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސްވެފައިވާ ފަރާތްތަކަށް، މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން މޮނިޓަރިންގެ ހާލަތުގައި ނެތް އެހެން ރަށަކަށް، ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު ދަތުރުކުރުމުގެ ފުރުސަތު ޖުލައި 8 ވަނަ ދުވަހުން ފެށިގެން ހުޅުވާލާނެއެވެ.

ސަރވައިލަންސްގެ ގޮތުގައި ރެންޑަމް ސާމްޕްލިންގއިން ހަދާ ޕީސީއާރް ޓެސްޓުގެ ނަތީޖާ، ދަތުރުކުރުމަށް ބޭނުން ކުރެވޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ރިސޯޓް މުވައްޒަފުންނަށް މޮނިޓަރިންގެ ހާލަތުގައި ނެތް ރަށެއްގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން، ،ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސްވެފައިވާ ފަރާތްތަކަށް، މީހުން ދިރިއުޅޭ، މޮނިޓަރިންގެ ހާލަތުގައި ނެތް އެހެން ރަށަކަށް، ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު ކަރަންޓީންވުމަކާ ނުލައި ޖުލައި 8 ވަނަ ދުވަހުން ފެށިގެން ދަތުރުކުރެވޭނެ ކަމަށް ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވަނީ ވިދާޅުވެފައެވެ.

މަބްރޫކް ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ބައިނަލްއަގުވާމީ ދަތުރުވެރިންނަށް ލުއިދިނުމަށް ނިންމާފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ރާއްޖެ އައުމުގެ 96 ގަޑިއިރުގެ ތެރޭގައި ހަދާފައިވާ ޕީސީއާރު ނެގެޓިވް ޓެސްޓަކާއެކު އައުމުން ކަރަންޓީން ވާ މުއްދަތު 7 ދުވަހަށް ކުޑަކޮށް ކަރަންޓީން ރިލީޒް ސާމްޕަލް ނެގުމަށް ވަނީ ނިންމާފައެވެ. މިގޮތަށް ޢަމަލުކުރެވޭނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބަލައިގަންނަ ވެކްސިނެއްގެ ދެ ޑޯޒް ފުރިހަމަކޮށް، 14 ދުވަސް ހަމަވެފައިވާ ފަރާތްތަކަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ދަތުރުކުރުމުގައި ލުއި ދޭން ނިންމާފައިވާއިރު، މި ލުއިތައް މިގޮތަށް ދެވިފައި މިވަނީ މާލެ ސަރަހައްދުގެ ކޮވިޑްގެ ޕޮޒިޓިވިޓީ ރޭޓް ފަސް އިންސައްތައިން ދަށަށް ދިއުމުން ކަމަށް ވެސް މަބްރޫކް ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލަންކާ ދަތުރުފުޅަށް ފަހު ރައީސް ނަޝީދު ހޯމަ ދުވަހު ލަންޑަނަށް ވަޑައިގަންނަވަނީ

ލަންކާ ދަތުރުފުޅަށް ފަހު ރައީސް ނަޝީދު ހޯމަ ދުވަހު ލަންޑަނަށް ވަޑައިގަންނަވަނީ

11 ފެބުރުއަރީ 2017
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރެވޭނެ، ކެރިވަޑައިގަންނަވާ ނަމަ ރައީސް ޔާމީން ވާދަކުރައްވާ: ރައީސް ނަޝީދު

އިންތިހާބުގައި ވާދަކުރެވޭނެ، ކެރިވަޑައިގަންނަވާ ނަމަ ރައީސް ޔާމީން ވާދަކުރައްވާ: ރައީސް ނަޝީދު

09 ފެބުރުއަރީ 2017
އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!

އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!

06 ފެބުރުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު