Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

ވޭތުވެދިޔަ 24 ގަޑިއިރު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 11 މީހުން!

3 ޖުލައި 2021 | ހޮނިހިރު 18:25

ރަށްރަށުން ޕޮޒިޓިވްވީ 95 މީހުން

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 3 ޖުލައި 2021 | ހޮނިހިރު 18:25
ހުޅުމާލޭ މެޑިކަލް ފެސިލިޓީ

ހުޅުމާލޭ މެޑިކަލް ފެސިލިޓީ

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވީ 11 މީހުންކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން، ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00ން ހުކުރު ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ނަގާފައިވާ 5266 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 150 ސާމްޕަލްއެވެ. މީގެ ތެރޭގައި ގިނައީ އަތޮޅު ތެރެއިން ރިޕޯޓް ކުރި ކޭސްތަކެވެ. އަތޮޅު ތެރެއިން 95 މީހަކު ޕޮޒިޓިވްވެފައިވާއިރު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 11 މީހުންނެވެ. ރިސޯޓްތަކުން 17 މީހަކު ޕޮޒިޓިވްވެފައިވާއިރު، ތަރައްގީ ކުރަމުން އަންނަ ރަށްރަށުން 20 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހުގެ އަދަދުތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދަކީ 74،224އެވެ. އެކްޓިވް ކޭސްތައް ވަނީ 3276ށް ވެއްޓިފައެވެ. މީގެ ތެރެއިން 20 މީހަކަށް ފަރުވާ ދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ. 213 މީހަކު ބަލީގައި ނިޔާވެފައިވާ އިރު، 70،723 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ޖޫން 21 ވަނަ ދުވަހުން 28 ވަނަ ދުވަހަށް ޕޮޒިޓިވިޓީ ރޭޓް ހުރީ ފަސް އިންސައްތަ އިން ދަށުގައެވެ. އެގޮތުން 21 ވަނަ ދުވަހު 4.8 އިންސައްތަ، 22 ވަނަ ދުވަހު 3.2 އިންސައްތަ، 23 ވަނަ ދުވަހު 3.8 އިންސައްތަ، 24 ވަނަ ދުވަހު 4.3 އިންސައްތަ އަދި 25 ވަނަ ދުވަހު 5.1 އިންސައްތަ އަށް އެރި އިރު، 26 ވަނަ ދުވަހު ޕޮޒިޓިވިޓީ ރޭޓްހުރީ 2.6 އިންސައްތައިގަ އެވެ. އޭގެ އިތުރުން ޖޫން 27 ވަނަ ދުވަހު ޕޮޒިޓިވިޓީ ރޭޓް 4.5 އިންސައްތައިގައި ހުރި އިރު، އޭގެ 30 ދުވަސް ކުރިން 17.9 އިންސައްތައިގައި ހުރި ޕޮޒިޓިވިޓީ ރޭޓް ވަނީ ޖޫން 28 ވަނަ ދުވަހު 3.1 އިންސައްތައަށް ދަށްވެފައެވެ. މިއީ 14.8 އިންސައްތައިގެ ދަށްވުމެކެވެ.

އޭގެ އިތުރުން މި މުއްދަތުގެ ތެރޭގައި ބަލިޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުން ދިޔަ މީހުންގެ އަދަދު ވަނީ 218ން 27ށް ދަށަށް ގޮސްފައެވެ. އަދި މެއި މަސް ނިމި ޖޫން މަހުގެ ކުރީ ކޮޅު ރާއްޖޭގައި ކޮވިޑަށް ފަރުވާހޯދަމުން ދިޔަ އެތައް ހާސް ބަޔަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެގޮތުން ޖޫން މަހުގެ ފުރަތަމަ 15 ދުވަހު އެކަނި 22،416 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ފާއިތުވި 30 ދުވަހުގެ ތެރޭގައި 31،000ށް ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

އެޗްޕީއޭ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
16 ޑިސެމްބަރު 2024

މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ

16 ޑިސެމްބަރު 2024
މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ
15 ޑިސެމްބަރު 2024

އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ

15 ޑިސެމްބަރު 2024
އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ
22 ނޮވެމްބަރު 2024

ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

22 ނޮވެމްބަރު 2024
ފާނަބަސަންދު ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
19 މެއި 2024

މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި

19 މެއި 2024
މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި
14 މެއި 2024

އަރިދަފުސް ރޯގާ، އިންފްލުއެންޒާ އަދި ބޭރަށް ހިންގުމުގެ ކޭސްތަކުގެ އަދަދު ދަށަށް

14 މެއި 2024
އަރިދަފުސް ރޯގާ، އިންފްލުއެންޒާ އަދި ބޭރަށް ހިންގުމުގެ ކޭސްތަކުގެ އަދަދު ދަށަށް
03 މެއި 2024

ރާއްޖެއިން އަބަދުވެސް ޑެންގީހުން ފެނޭ، ހުން މަޑުވާތާ ފުރަތަމަ 48 ގަޑިއިރުތެރޭގައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެ: ޑރ.ފައިސަލް

03 މެއި 2024
ރާއްޖެއިން އަބަދުވެސް ޑެންގީހުން ފެނޭ، ހުން މަޑުވާތާ ފުރަތަމަ 48 ގަޑިއިރުތެރޭގައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެ: ޑރ.ފައިސަލް
03 މެއި 2024

ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރު، މިދިޔަ މަހު 100ށް ވުރެ ގިނަ ކޭސް ފެނިފައިވޭ: އެޗްޕީއޭ

03 މެއި 2024
ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރު، މިދިޔަ މަހު 100ށް ވުރެ ގިނަ ކޭސް ފެނިފައިވޭ: އެޗްޕީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް