Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހުސްބުޅީގެ ވެރިކަން

ހުސްބުޅީގައި ވެރިކަން ބޭނުން!

އެކި ބާވަތުގެ ފިކުރަކީ އަބަދުވެސް ކޮންމެވެސް ބަޔަކު ރުހި އެމައްޗަށް މަރުދީ އުޅޭ ޒާތެއްގެ ބާވަތެއް

ރާއްޖެ އެމްވީ | 3 ޖުލައި 2021 | ހޮނިހިރު 04:27
ޕީޕީއެމް ޕީއެންސީން ސިލްސިލާކޮށް ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން

ޕީޕީއެމް ޕީއެންސީން ސިލްސިލާކޮށް ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން

މީސްތަކުގެ ތެރޭގައި އެކި ބާވަތުގެ ފިކުރަކީ އަބަދުވެސް ކޮންމެވެސް ބަޔަކު ރުހި އެމައްޗަށް މަރުދީ އުޅޭ ޒާތެއްގެ ބާވަތްތަކެވެ. ވީ ގޮތުން ނޫނީ މެދުވެރިވި ސަބަބަކުން، މީހާގެ ހިތުގެ އަޑީގައި ބިންވަޅުނެގޭ ގަބޫލު ކުރުމަކީ ޝަރުތަކާ ނުލައި އޭގެ މަތީގައި އެމީހަކު ދެމިހުންނަށް މުޅީން އެހެން ވައްތަރެއްގެ ކަމެކެވެ. އެކަމަކާ ޖެހުމުން އިތުރު އެހެން ކަމެއް ނުވަތަ އެއްޗެކެވެ. ނޫނީ އެހެން ގޮތަކީ ކޮބައިތޯވެސް ވިސްނާކަށް ބޭނުމެއް ނުވެއެވެ. ބޭނުން ވިޔަސް ނުވެސް ވިސްނޭމެވެ. އެކަމަކާ ޖެހުމުން ރަނގަޅާ ނުބަޔާ އަސްލާ ދޮގާ ތެދަކީ ކޮބައިތޯ ބަލާކަށް ބޭނުމެއް ނުވެއެވެ.

އިންސާނުންގައި މިބަލިކަށިކަން ހުންނަކަން ދަންނަ މީހުން ކުރާ ކަމަކީ އޭގެ އެޑްވާންޓޭޖް ނަގައިގެން އެމީހުންގެ އަމިއްލަ މަގުސަދު އެކަމުން ހާސިލު ކުރުމެވެ. 

އޭގެ އެއްކަމަކީ ހައްދު ފަހަނައެޅި ވަތަނީ ދެވި ހިފުމެވެ. ބަޔަކު މެދުވެރިކޮށޤ ތިމާމެންގެ މަގުސަދު ހާސިލު ކުރަންވެއްޖެ ނަމަ ކަމަކާ ލައިގެން ނުވަތަ ނުލައިވެސް ކުރިއަށް ނެރޭނީ އެފަދަ ޖަޒްބާތީ ބަސްތަކެވެ. އެބަސްތަކުގެ ތެރެއަށް އިތުރު ދޮގާއި މަކަރާއި ފިތުނަ އެއްކުރުމުން ކުރިން ބުނި ވަތަނީ ދެވީގައި މީހުން ވަޖިދުވާ މިންވަރު މަތިވެއެވެ. 

އެވެނި ކަމެއް މިހެން ވުމުން ފައްޅި އަޅާ މިސްކިތްތަކުން ބަންގިއެއް ނުގޮވާނޭ ބުނުމާއެކު އެހެން އެބުނި މީހާއަކީ ހޭނެތިގެން ވެސް ހުޅަނގު ފަރާތަށް ނުވެއްޓޭ މީހެއްތޯ އަދި ވިއްސާރަ ހިޔާވާން ވެސް މިސްކިތެއްގެ ހަރިންމައިން އެތެރެވި މީހެއްތޯ ނުވަތަ ނޫންތޯ ވެސް ބަލައެއް ނުލެވެއެވެ. 

ވަތަނީ ފިކުރާ މިނިވަންކަމާ ދީނާ އިސްތިގުލާލްގެ ބަހުރުވައިން ވެރިކަމެއް ވައްޓާލުމަށްފަހު އެމޮޅުގެ މަތީގައި ބަކައެޅި ދިވެހިން، ބާކީދެންތިބި ދިވެހިންނަށް ދާދި މިދާކަށް ދުވަހު ވަނީ ފެނިފައެވެ. އޭގެ ބޭނުން ހިފައިގެން ނުވާ ފައިދާއެއް ނުހޯދާ މަގާމެއް، ނުނަގާ ވަކި މިލިއަނެއް ނެތެވެ. އުޅެވުނު ގޮތާއި ކުރެވުނު ކަންތަކުގައި ހައްދު ފަހަނައަޅާ ގޮސް އެދުވަސް ނިމުނެވެ. " އުސްކުރި ޗާލު ބިނާއާ، އެ އެއްކުރިހާ ފައިސާއާ......" ޖަމާކުރި މާއްދިއްޔަތު ނޫން ހުރިހާ ކަމެއް ބަދަލުވި އެވެ.

އެހެން ވިޔަސް އަގީދާގެ ހިލައިން ސިޔާސީ ހަތިޔާރު ތޫނުކޮށްގެން ނުކުމެ ވެރިކަމެއް ވައްޓާލި ތަޖުރިބާއާއި ވާ ހަނދާނުން ދިޔާވާ ކުޅަކަށް އަދިވެސް ބަދަލެއް ނާންނަ ފަދައެވެ.  

7 ފެބްރުއަރީ 2012 ގައި ހަމައެކަނި މިބުނި ބަސްތައް ކިޔަމުން ކިޔަމުން، ހުސްބުޅީގައި ބޭނި ވެރިކަން ނަގާ ތައްޓުމައްޗަށް ލެވި، ހިނގިހާ ކަމެއް ހިނގާ ނިމެންދެން ވަދެތިބެން މާލޭގައި ހުރި އިންޑިއާ އެމްބަސީވަރުގެ ގައުމީ ހިޔާވައްސެއް އެމީހުންނަކަށް އެދުވަހު ނެތެވެ. އޭރުހުރި އިންޑިއާ ސަފީރަށްވުރެ ބޮޑަށް ދިވެހިރާއްޖެ ދެކެ ލޯބިވާ ދިވެހި ރައްޔިތަކުވެސް އެއުރެންނަށް ނެތް ފަދައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރު ދެބައިވެއްޖެވެ. ތަރައްގީގެ ވާހަކަ ދައްކަން ފަށަންވާނީ ވެސް ގައިން ތާހިރުވެ ތިބެ ކަމަށް ތަކުރާރުކޮށް ވިދާޅުވާ ބޭފުޅަކީ ރައީސް ސާލިހެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ފެނާ ނަރުދަމާއަކީ އެމަނިކުފާނުގެ އެންމެ ބޮޑު އެއް ވައުދެވެ.

ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭ އާމްދަނީ ދައްވެ ޖެހުނު އިގްތިސާދީ ގިލަންވެރިކަމާ އެކުގައިވެސް  ޕްރޮޖެކްޓްތައް ދަނީ ބާރު ދުވެލީގައި ކުރިއަށެވެ. ފެނާ ނަރުދަމާއާ ބަނދަރާ މަގާ އެއަރޕޯރޓްތަކާ ބޮޑުހިލައިން އެމުނެމުންދާ އެއްގަމާ ކަނޑު ތޮއްޓަށް ހުއްޓުމެއް ނައެވެ. ބިން ހިއްކުމާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ބްރިޖްވެސް އޮތީ ކުރިއަށެވެ. ނުވިތާކަށް އިންކަމް ސަޕޯރޓް އެލަވެންސާ ޔުޓިލިޓީ ބިލްތަކަށްދޭ ލުޔާއި ކުދިބޮޑު ބޮޑު މެދުފަންތީގެ ވިޔަފާރިތަކަށް ބިލިއަނުން މާލީ އެހީތައް ދަނީ ވަމުންނެވެ. ނުވިތާކަށް ގައުމީ ރިޒާވްވެސް ވީ ރަނގަޅެވެ. 

މިހުރިހާ ކަމެއް މިމަގުން ހިނގަމުން ގޮސް ފާޑެއް ކިޔާ، ދިމައެއް ކުރެވޭނެ އާކަމެއް ނުފެނުމުން ނަގައިގެން އުޅެނީ ހަމަ ކުރީގެ ބައުކަންތަކެވެ. ގައުމިއްޔަތާ ދީނާ ސިޔާދަތުގެ ނަމުން ވަޖިދުވެ ދަތް ބާރުވުން އެކަންޏެވެ.  

އެންމެ ކައިރިން އެންމެ ބޮޑު އެހީއާ މަދަދުދޭ އިންޑިއާއާ ވިއްދައިގެން، ގުޅުން ގޯސްކޮށްގެން ދިވެހިންނަށް ޖެއްސޭނެ އުނދަގުލެއް ތުރާލެއް އޮތްތޯ ބަހުރުވަ ތޫނު ކުރުމެވެ.

ސީދާ ރޭވުމާ އިރުޝާދު ލިބިގެން އިންތިޒާމް ވެފައިވާ ހަރަކާތެއްގެ ގޮތުގައި އިންޑިއާގެ ވެރިންނާ ސަފީރުންނާ ރައްޔިތުންނާ އެމީހުންގެ ސަގާފަތާ އާދަކާދައަށް ފުރައްސާރަ ކުރުމެވެ. ކޮންމެ ދުވަހަކު ސުރުޚީއެއް ހަދައި ފިތުނަ ހިންގޭނެ ކޮންމެވެސް ބަހެއް، ޓްވީޓެއް ނޫނީ ބަހަނާއެއް ހެދުން ނޫންކަމެއް ނެތެވެ.

ބައިނަލް އަގުވާމީ އަވަށްޓެރި ގުޅުންތައްތަކަށް ކުޑައިމީސް ކުރުމުގައި ހައްދުފަހަނައަޅާ ގޮސް އޭގެ އާޚިރު ގެއްލުން ހުރިހާ ދިވެހިންނަށާ މުޅި ގައުމަށް ދޭތަން ބަލަން ތިބުމަށް ވުރެ ވަކި ބޮޑު ނުކުޅެދުންތެރި ކަމެއް ނޯންނާނެވެ.  

ބައެއް ބޭބޭފުޅުންނަށްވާ ވަރަކީ ވެސް، ހުރިހާ މަސްއޫލިއްޔަތެއް ކޮނޑުގައި އޮވެމެ އެހެން ނުހަދާ މިހެން ނުހަދާ އޭ ވިދާޅުވެ އިބާރާތް އިސްތިރި ކުރައްވައިގެން ޒާތްޒާތުގެ އިލްތިމާސްތައް އޮފު ކުރުން އެކަންޏެވެ. 

ވަގުން ބޭންކެއް ފަޅާތަން ފެނުނީމަ ފުލުހުންނަށް އޮންނަނީ އިލްތިމާސްކޮށް އާދޭސް ކުރުން ކަމަށް ވާނަމަ ތިޖޫރީތައް ދޮވެލަން ނަގާނީ މަދު ވަގުތު ކޮޅެއް އެކަންޏެވެ.

ހުސްބުޅީގައި ވެރިކަން ބޭނުންވެރިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

"ވެރިކަމަކަށް ކިޔާނޭ ނަމަކާމެދު ބަހުސް ކުރާނީ މޮޔައިން" - ފުރަތަމަ ޖުމްހޫރިއްޔާ

"ވެރިކަމަކަށް ކިޔާނޭ ނަމަކާމެދު ބަހުސް ކުރާނީ މޮޔައިން" - ފުރަތަމަ ޖުމްހޫރިއްޔާ

11 ނޮވެމްބަރު 2021
ރައީސް ޞާލިޙް ވަރެއްނެތް

ރައީސް ޞާލިޙް ވަރެއްނެތް

10 ނޮވެމްބަރު 2021
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު