Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތުގެ ކޮވިޑް-19ގެ ހާލަތު

އުމުރުން 18 އަހަރުން މަތީގެ ހުރިހާ އެންމެންނަށް ވެކްސިން ޖެހުމުގެ ފުރުސަތު އިނގިރޭސިވިލާތުން ހުޅުވާލައިފި

18 ޖޫން 2021 | ހުކުރު 06:13

އިނގިރޭސިވިލާތުން ވެކްސިންގެ ފުރަތަމަ ޑޯޒް 42 މިލިއަނަށްވުރެން ގިނަ މީހުންނަށް ދީފައިވާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 18 ޖޫން 2021 | ހުކުރު 06:13
ޔޫކޭގައި ކޮވިޑުގެ ކޭސްތައް އިތުރުވުމާ ގުޅިގެން ލޮކްޑައުން 19 ޖުލައިއާ ހަމައަށް ވަނީ ދަމަހައްޓާފައި

ޔޫކޭގައި ކޮވިޑުގެ ކޭސްތައް އިތުރުވުމާ ގުޅިގެން ލޮކްޑައުން 19 ޖުލައިއާ ހަމައަށް ވަނީ ދަމަހައްޓާފައި

އުމުރުން 18 އަހަރުން މަތީގެ ހުރިހާ އެންމެންނަށް ވެކްސިން ޖެހުމުގެ ފުރުސަތު އިނގިރޭސިވިލާތުން ހުޅުވާލައިފިއެވެ.

އެ ޤައުމުގެ ހެލްތް ސަރވިސަސް އިން ބުނެފައިވަނީ މިއީ ބޮޑެތި މީހުންނަށް ވެކްސިން ދިނުމަށްޓަކައި ފަށާ މަސައްކަތުގައި ނެގޭ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ. އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ވަނީ އެ ޤައުމުގައި ކޮވިޑުގެ ކޭސްތައް އިތުރުވުމާ ގުޅިގެން ކޮށްފައިވާ ލޮކްޑައުން ޖުލައި 19 އާހަމައަށް ދަމަހައްޓާފައެވެ.

އިނގިރޭސިވިލާތުން ވެކްސިންގެ ފުރަތަމަ ޑޯޒް 42 މިލިއަނަށްވުރެން ގިނަ މީހުންނަށް ދީފައިވާފައިވެއެވެ.

އިނގިރޭސިވިލާތުގައި މެއި މަހުން ފެށިގެން ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާއިރު ކޭސްތައް އިތުރުވުމުގެ 50 އިންސައްތަ ހިއްސާކުރަނީ އިންޑިޔާއިން ފެނިފައިވާ ޑެލްޓާ ވޭރިއަންޓު ކަމަށް އެގައުމުގައި ކުރިޔަށް ގެންދިޔަ ދިރާސާއަކުން ހާމަވެއްޖެއެވެ.

ލަންޑަންގެ އިމްޕީރިއަލް ކޮލެޖުން ކުރިޔަށްގެންދިޔަ މި ދިރާސާއަކީ ގިނަ އަދަދެއްގެ ސާމްޕަލްތަކެއް ބޭނުންކޮށްގެން ކުރިޔަށްގެންގޮސްފައިވާ ދިރާސާއެކެވެ. ދިރާސާގެ ނަތީޖާ ބުރާސްފަތި ދުވަހު ވަނީ ހާމަކޮށްފައެވެ. އޭގެކުރިން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ، ކޮވިޑު-19ން ރައްކާތެރިވުމަށް އެގައުމުގައި އަޅާފައިވާ ފިޔަވަޅުތައް އަންނަ ޖުލައި މަހުގެ 19ވަނަ ދުވަހާ ހަމައަށް ދަމަހައްޓަވާނެކަމަށް ވިދާޅުވެފައެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެފައިވަނީ ފިޔަވަޅުތަކަށް ލުއިދިނުން ފަސްކުރެއްވުމަށް ބޮޑުވަޒީރު ނިންމެވި ނިންމެވުމަށް މި ދިރާސާގެ ނަތީޖާ ބާރުދޭކަމަށެވެ.

މެއި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 7 ވަނަ ދުވަހާ ހަމައަށް ކުރިޔަށްގެންދިޔަ ދިރާސާއިން ދައްކާގޮތުގައި އެ މުއްދަތުގައި ވައިރަސް ފެތުރޭ މިންވަރު ހުރީ 0.15 އިންސައްތައިގައެވެ. އޭގެކުރިން އޭޕްރީލް މަހުގެ ފަހުކޮޅުން ފެށިގެން މެއި މަހުގެ ކުރީކޮޅާ ހަމައަށް ކުރިޔަށްގެންދިޔަ ދިރާސާގައި އެއަދަދު ހުރީ 0.10 އިންސައްތައިގައެވެ.

ލަންޑަންގެ އިމްޕީރިއަލް ކޮލެޖްގެ އިންފެކްޝިއަސް ޑިޒީސް ޕްރޮފެސަރ އެއްކަމުގައިވާ ސްޓީވެން ރިލޭ ވިދާޅުވީ ވައިރަސް ފެތުރޭ މިންވަރު އަންނަނީ ހަލުވިކަމާއެކު އިތުރުވަމުން ކަމަށެވެ. ވަކިން ޚާއްސަކޮށް ޒުވާނުންގެ މެދުގައި ވައިރަސް ޖެހޭ މިންވަރު އަންނަނީ އިތުރުވަމުން ކަމަށާއި، އަދި ކޭސްތައް ދެ ގުނަ ވުމަށް ނަގަނީ 11 ދުވަހުގެ މުއްދަތެއްކަމަށެވެ.

މިދިރާސާއަކީ އިނގިރޭސިވިލާތުގައި އެންމެ ގިނަ މީހުން ބައިވެރިކޮށްގެން ކުރިޔަށްގެންދިޔަ ދިރާސާއެވެ. މިދިރާސާގެ ބޭނުމަށް 109،000 ވޮލަންޓިއަރުން ވަނީ ޓެސްޓްކޮށްފައެވެ.

ޕްރޮފެސަރ ވިދާޅުވީ ގިނަ އަދަދެއްގެ ބަޔަކަށް ވެކްސިން ދެމުންދާތީ ވައިރަސް މިހާރު ފެތުރެމުންދާ މިންވަރު އިތުރުވަމުންދާ ދިޔުން ދަށަށްދާނެ ދުވަހެއް ކަނޑައަޅަން އުނދަގޫކަމަށެވެ. އެހެންނަމަވެސް ގިނަ އަދަދެއްގެ ޒުވާނުންނަށް މިހާރު ވެކްސިން ދެމުންދާތީ ވައިރަސް ފެތުރެމުންދާ މިންވަރު ދަށަށްދާންވާނެ ކަމަށް ވިދާޅުވިއެވެ.

ވެކްސިންގެ އެއް ޑޯޒް ޖަހާފައިވާ މީހުންނަށް ޑެލްޓާ ވޭރިއަންޓުން ކުރާ އަސަރު ބޮޑުކަން ވަނީ ހާމަވެފައެވެ. ނަމަވެސް ދެ ޑޯޒް ޖަހާ މީހުންގެ ހާލަތު ދަށަށް ދިޔުމުން ރައްކާތެރިކޮށްދޭކަމަށް މިހާތަނަށް ހޯދުނު ހޯދުންތަކުން ވަނީ އެނގިފައެވެ.

އިނގިރޭސިވިލާތުގައި އިންޑިޔާގެ ޑެލްޓާ ވޭރިއަންޓް ފެތުރެމުން އަންނައިރު، ކުރިން އެގައުމުން ފެނުނު އަލްފާ ވޭރިއަންޓް ދިޔައީ އެގައުމުގައި ފެތުރެމުންނެވެ. މި ވޭރިއަންޓްތަކަކީ ވައިރަސް ފެތުރޭ މިންވަރު ވެސް ހަލުވި ވޭރިއަންޓްތަކެކެވެ.

އިތުރަށް ކިޔާލަން

21 މެއި 2018

އެބޯލާއަށް ބޭނުންކުރެވޭ ތަހުލީލީ ވެކްސިން ދިނުން ކޮންގޯގައި ފަށައިފި

21 މެއި 2018
އެބޯލާއަށް ބޭނުންކުރެވޭ ތަހުލީލީ ވެކްސިން ދިނުން ކޮންގޯގައި ފަށައިފި
16 އެޕްރީލު 2018

މެދުއިރުމަތީގެ ހާލަތާ ގުޅޭ ގޮތުން އިނގިރޭސި ބޮޑުވަޒީރާއި ސައުދީ ވަލީއަހުދު މަޝްވަރާ ކުރައްވައިފި

16 އެޕްރީލު 2018
މެދުއިރުމަތީގެ ހާލަތާ ގުޅޭ ގޮތުން އިނގިރޭސި ބޮޑުވަޒީރާއި ސައުދީ ވަލީއަހުދު މަޝްވަރާ ކުރައްވައިފި
28 މާރިޗު 2018

ސްކޫލްތަކުގެ ނަސްލީ ތަފާތުކުރުން ނައްތާލި ލިންޑާ އުމުރުން 75 އަހަރުގައި މަރުވެއްޖެ

28 މާރިޗު 2018
ސްކޫލްތަކުގެ ނަސްލީ ތަފާތުކުރުން ނައްތާލި ލިންޑާ އުމުރުން 75 އަހަރުގައި މަރުވެއްޖެ
07 މާރިޗު 2018

15 އަހަރުން ދަށުގެ ކުއްޖަކާ އެކު ޖިންސީ ގުޅުން ހިންގައިފި ނަމަ ރޭޕެއް ކަމަށް ބަލަނީ

07 މާރިޗު 2018
15 އަހަރުން ދަށުގެ ކުއްޖަކާ އެކު ޖިންސީ ގުޅުން ހިންގައިފި ނަމަ ރޭޕެއް ކަމަށް ބަލަނީ
07 ޑިސެމްބަރު 2017

މެދުއިރުމަތީގެ ސުލްހައިގެ ވާހަތަކަތަކުގެ މެދުވެރިއަކަށް އެމެރިކާއަކަށް ނުވެވޭނެ: މަހްމޫދު އައްބާސް

07 ޑިސެމްބަރު 2017
މެދުއިރުމަތީގެ ސުލްހައިގެ ވާހަތަކަތަކުގެ މެދުވެރިއަކަށް އެމެރިކާއަކަށް ނުވެވޭނެ: މަހްމޫދު އައްބާސް
10 ނޮވެމްބަރު 2017

މެދުއިރުމަތީގެ ނުތަނަވަސްކަމުގެ މެދުތެރެއިން ފަރަންސޭސީ ރައީސް ސަޢޫދީއަށް

10 ނޮވެމްބަރު 2017
މެދުއިރުމަތީގެ ނުތަނަވަސްކަމުގެ މެދުތެރެއިން ފަރަންސޭސީ ރައީސް ސަޢޫދީއަށް
05 އޮކްޓޯބަރު 2017

ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި

05 އޮކްޓޯބަރު 2017
ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި
21 ޖުލައި 2017

އުމުރުން 50 އަހަރުން ދަށުގެ މީހުން އަގްސާ މިސްކިތަށް ހުކުރު ނަމާދަށް ނުވަދެވޭނެ ކަމަށް އިޒްރޭލު ފުލުހުން ބުނެފި

21 ޖުލައި 2017
އުމުރުން 50 އަހަރުން ދަށުގެ މީހުން އަގްސާ މިސްކިތަށް ހުކުރު ނަމާދަށް ނުވަދެވޭނެ ކަމަށް އިޒްރޭލު ފުލުހުން ބުނެފި
13 މެއި 2017

އެންމެފަހުން ވެނުޒުއެލާގެ އުމުރުން ދުވަސްވީ މީހުންވެސް މަގުމައްޗަށް ނުކުމެއްޖެ!

13 މެއި 2017
އެންމެފަހުން ވެނުޒުއެލާގެ އުމުރުން ދުވަސްވީ މީހުންވެސް މަގުމައްޗަށް ނުކުމެއްޖެ!
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް