Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު އޮގަސްޓް މަހު

އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ އޮގަސްޓު މަހުގެ 7ވަނަ ދުވަހު

އަމްނާ އިމާދު
އަމްނާ އިމާދު | 17 ޖޫން 2021 | ބުރާސްފަތި 14:29
ލޯކަލް ކައުންސިލް އިންތިޚާބުގެ ތެރެއިން

ލޯކަލް ކައުންސިލް އިންތިޚާބުގެ ތެރެއިން

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު އޮގަސްޓް މަހު ބާއްވަން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނާއިބުރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، މެންބަރުން އިންތިޚާބު ނުކުރާ 8 ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު، 2021 އޯގަސްޓް 7 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ހދ.ނޮޅިވަރަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އެކަކު، ހދ.ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ދެ މީހުން، ބ.ފުޅަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އެކަކު، ކ.ދިއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އެކަކު، އއ.ފެރިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ހަތަރު މީހުން، ވ.ރަކީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ފަސް މީހުން، މ.ރަތްމަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ފަސް މީހުން އިންތިޚާބު ކުރަން ޖެހޭ ކަމަށް އީސީން ބުނެއެވެ.

އީސީން ބުނީ މެއި މަހުގެ އެއްވަނަ ދުވަހު ބޭއްވި 2 ވަނަ ބުރުގައި އެއްވަރުވެގެން 3 ވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ އެންމެ ދާއިރާއެއް ކަމަށެވެ. އެއީ ނ.މަގޫދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށެވެ. އެކޮމިޓީއަށް އަދި އެކަކު އިންތިޚާބު ކުރަންޖެހޭ ކަމަށް އީސީން ބުނެއެވެ.

ކޮވިޑް-19އާ ގުޅިގެން ދެ ފަހަރެއްގެ މަތީން ފަސްކުރަންޖެހުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ކުރިއަށް ގެންގޮސްގައިވަނީ އޭޕްރީލް 10 ވަނަ ދުވަހުއެވެ.

އަލަށް އިންތިޚާބުވި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން ހުވާކޮށް، މަގާމާ ހަވާލުވެފައިވަނީ 17 މެއި 2021 ގައެވެ. މި އިންތިޚާބު ކާމިޔާބުކުރި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު މާލެ ސިޓީ އާއި ގިނަ ރަށްރަށުގައި ކުރިޔަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. ނަމަވެސް ބައެއް ރަށްރަށުގައި ވަނީ އާންމުންނަށް ނުވަދެވޭނެހެން ހުރިހާ ކައުންސިލަރުން އެއް ތަނަކަށް ހާޒިރުވެ ހުވާ ކުރުމުގެ ރަސްމިއްޔާތު ވެސް ބާއްވާފައެވެ. ކައުންސިލަރުންނަށް ހުވާލައިދެއްވީ ރަށްރަށުގެ މެޖިސްޓްރޭޓުންނެވެ.

5 އަހަރުގެ ދުވަހުގެ މުއްދަތަށް ކައުންސިލަރުން ހުވާކޮށްފައިވާއިރު، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނަށް ގެނައި ބަދަލުތަކާއެކު މިކައުންސިލްތައް ވެގެންދާނީ މާލީ ގޮތުން ބޮޑެތި ބާރުތަކެއް ލިބިގެން ކުރިޔަށްދާ ފުރަތަމަ ކައުންސިލްތަކަށެވެ. ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ކުންފުނި އުފައްދައިގެން ވިޔަފާރިކޮށް އާމްދަނީ ހޯދޭނެ ފުރުސަތު ވަނީ ދީފައެވެ. އަދި ކައުންސިލްތަކުގެ އިޚްތިޞާޞް ވަނީ ކުރިޔަށްވުރެ ފުޅާވެފައެވެ.

ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 3،814 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ. މީގެ ތެރެއިން ކައުންސިލްތަކަށް 982 މީހުން، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް 930 މީހުންނާއެކު ޖުމްލަ 1912 މީހުން އިންތިޚާބު ކުރަން ޖެހުނެވެ.

އިލެކްޝަންސް ކޮމިޝަންއިންތިޚާބު

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު