Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާ ފްލެޓް

މިނިސްޓަރ އަސްލަމް ވިދާޅުވީ ހިސާބުތައް ދޮގެއް ނަހަދާނެ ކަމަށް

16 ޖޫން 2021 | ބުދަ 12:05

2018 ވަނަ އަހަރު ޖަހާފައި ހުރި ހިސާބުތަކަކީ އެއްވެސް ވަރަކަށް ލޯން ދައްކާނެ ގޮތަށް ބަލައިގެން ޖަހާފައި ހުރި ހިސާބުތަކެއް ނޫން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 16 ޖޫން 2021 | ބުދަ 12:05
ހިޔާ ފްލެޓް މަޝްރޫޢާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ހިޔާ ފްލެޓް މަޝްރޫޢާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރަނގަޅު ހިސާބު ޖެހީމަ އަންނާނީ ރަނގަޅު އަދަދު ކަމަށާއި، ހިސާބު ދޮގެއް ނަހަދާނެ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓްގެ އަގުތަކާ ގުޅޭ ގޮތުން ހައުސިންގ މިނިސްޓްރީއާ މާލެ ސިޓީ ކައުންސިލާއެކު ކުރިއަށްގެންދިޔަ ފުރަތަމަ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި މިނިސްޓަރ ވިދާޅުވީ، ސަރުކާރުން މިހާރު ކަނޑައަޅާފައިވާ އަގަކީ ހިޔާ ފްލެޓްތަކުގެ އަގު އެންމެ ކުޑަކުރެވޭނެ ވަރަކީ ކޮބައިތޯ ބަލައި ކުރެވުނު މަސައްކަތުން ކުޑަކުރެވެން އޮތް އެންމެ ކުޑަ އަދަދު ކަމަށެވެ. ކުރީގެ ސަރުކާރުން ހިޔާ ފްލެޓް ތަކުގެ އަގު ހެދިއިރު އެކަން ކުރި ގޮތް ރަނގަޅު ނޫން ކަމަށް މިނިސްޓަރ ތަކުރާރުކޮށް ވިދާޅުވެ އެކަން ތަފްސީލް ކޮށްދެއްވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ، 2018 ވަނަ އަހަރު ޖަހާފައި ހުރި ހިސާބުތަކަކީ އެއްވެސް ވަރަކަށް ލޯން ދައްކާނެ ގޮތަށް ބަލައިގެން ޖަހާފައި ހުރި ހިސާބުތަކެއް ނޫން ކަމަށެވެ. އޭރު އަގު ހަދާފައި ހުރީ ވަރަށް ސިމްޕަލްކޮށް، ކޮންސްޓްރަކްޝަން ކޮސްޓަށް އަންނަ އަދަދަށް 8 އިންސައްތަ އެއްކުރައްވައިގެން ހަދާފައި އޮތް ހިސާބެެއް ކަމަށެވެ.

އެހެން ނަމަވެސް އީއެމްއައި ހިސާބު ޖައްސަވާ ފޯމިއުލާ ބޭނުން ކުރެއްވުމުން، ކުރީ ސަރުކާރުން ވިދާޅުވާ އަދަދު ނާންނަ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، ޔުނިޓް ތަކުގެ ކުއްޔާއި ވިޔަފާރިތަކަށް ދޫކޮށްފައި ހުރި ތަންތަނުން ލިބޭ އެއްޗަކުން، ދައުލަތުން މިކަމަށް ނަގާފައި އޮތް ލޯން ކޮންމެ ހަމަހަކުން އެއް މަހު އަނބުރާ ދައްކަން ބޭނުންވާ ލާރި އެބަ ލިބެން ޖެހޭ ކަމަށެވެ.

އެހެން ކަމުން ކޮންސްޓްރަކްޝަން ޕީރިއަޑްގައި ދިޔަ އިންޓަރެސްޓް ރޭޓާއި، ކޮންސްޓްރަކްޝަނަށް ދިޔަ އަގާ އެއްކޮށް، އެ ދެއަގު އެއްކޮށްގެން އީއެމްއައިއަށް ދައްކަންޖެހޭ ވަރު ބެލުމަށްފަހު، ޔުނިޓް ތަކުގެ އަގު ކަނޑައަޅަން ސަރުކާރުން ފަހުން ނިންމެވީ ކަމަަށެވެ.

އަދި މިހާރު ހަދާފައި އެއޮތް އަގުގައި ބިމުގެ އަގާއި އެހެން ސަރވިސްތަކަށް ލާންޖެހޭ އަގެއްވެސް ނުހިމަނާ، ލޯން ދައްކަންޖެހޭ މުއްދަތުގައި އެއަރާ އިންޓަރެސްޓްވެސް މިހާރު ހަދާފައި އޮތް އަގުގެ ތެރޭގައި ނުހިމެނޭ ކަމަށެވެ.

ފްލެޓް ދޫކޮށްލެވޭނެ އެއްމެ ކުޑަ އަގަކީ 7،500 ރުފިޔާ ކަމަށް މި ސަރުކާރުންވަނީ ކަނޑައަޅާފައެވެ. ކުރީގެ ސަރުކާރުން ފްލެޓްގެ އަގުގެ ގޮތުގައި ކަނޑައަޅާފައި އޮތީ، 5600 ރުފިޔާއެވެ.

މިނިސްޓަރގެ ވާހަތައް މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ މުހައްމަދު މުޢިއްޒު ދޮގުކުރެއްވިއެވެ. މުޢިއްޒު ވިދާޅުވީ، އޭރުވެސް ހިސާބު ޖެއްސެވީ، ކަމާ ގުޅުންހުރި ބޭފުޅުންނާ އެކު މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.

ބުދަ ދުވަހުގެ ބައްދަލުވުމުގައި، އެޗްޑީސީން މިހާރު އަގު ހަދާފައި އޮތްގޮތް މޭޔަރ ޑރ މުޙައްމަދު މުޢިއްޒު ބޭނުންވާތީ، އެ ހިސާބުތައް ކައުންސިލާ ހިއްސާ ކުރަން ހައުސިން މިނިސްޓްރީންވަނީ ނިންމާފައެވެ. މޭޔަރ ވިދާޅުވީ ހިސާބުތައް ބައްލަވާފައި ވެރިފިކޭޝަން ހެދުމަށްފަހުވެސް އުންމީދަކީ ކުރިން ހިޔާ ފްލެޓްތަކުގެ އަގުއޮތް އަދަދާ ދާދި އެއްވަރުގެ އަދަދަކަށް ބަދަލުވުން ކަމަށެވެ.

ހިޔާ މަޝްރޫއުގެ ތެރެއިން ފްލެޓް ލިބުނު މީހުންނާއެކު އަންނަ މަހުގެ 14 ވަނަ ދުވަހު އެއްބަސްވުންތަކުގައި ސޮއި ކުރަން މިހާރު ދަނީ ތައްޔާރުވަމުންނެވެ. އަދި މިއަހަރުގެ ތެރޭގައި ފްލެޓްތަކަށް މީހުންނަށް ވަދެވޭ ވަރަށް ތަން ނިންމުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މާލޭ ސިޓީ ކައުންސިލްޑރ. މުހައްމަދު މުއިއްޒުމިނިސްޓްރީ އޮފް ހައުސިން މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމްހިޔާ ފްލެޓް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
11 ޑިސެމްބަރު 2025

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025
ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް
11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް