Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
241 ކޮމިޓީން ކުރިޔަށްގެންދާ އިންކުއަރީ

ރައީސް ނަޝީދުގެ ބޮޑީގާޑުން އިންކުއަރީއަށް ހާޒިރުކޮށްފި

ޖޫން މަހުގެ 5ވަނަ ދުވަހުން ފެށިގެން އަންނަނީ އެކި ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 12 ޖޫން 2021 | ހޮނިހިރު 19:31
241 ކޮމިޓީން ކުރިޔަށް ގެންދާ އިންކުއަރީގައި ސިފައިންނާ ސުވާލުކުރަނީ

241 ކޮމިޓީން ކުރިޔަށް ގެންދާ އިންކުއަރީގައި ސިފައިންނާ ސުވާލުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ ނުވަތަ 241 ކޮމިޓީން ކުރިޔަށްގެންދާ އިންކުއަރީއަށް ރައީސް ނަޝީދުގެ ބޮޑީގާޑުން ހާޒިރުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނުގެ ސެކިޔުރިޓީ ފެއިލްވެފައިވާ ގޮތުގެ އިންކުއަރީ 241 ކޮމިޓީން ފަށާފައިވަނީ، މެއި މަހުގެ 24ވަނަ ދުވަހުއެވެ. އަދި ޖޫން މަހުގެ 5ވަނަ ދުވަހުން ފެށިގެން އަންނަނީ އެކި ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރަމުންނެވެ. އޭގެތެރޭގައި ފުލުހުންނާއި ސިފައިންގެ އިސްވެރިންގެ އިތުރުން އެކިއެކި އޮފިސަރުންވެސް ހިމެނެއެވެ.

އިންކުއަރީއަށް ރައީސް ނަޝީދުގެ 'ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް'ގެ މެމްބަރުން ވެސް ވަނީ ހާޒިރުކޮށްފައެވެ. އެމްއެންޑީއެފުން އެމަނިކުފާނުގެ ސެކިޔުރިޓީއަށް ކަނޑައަޅާފައިވާ "ކްލޯސް ޕްރޮޓެކްޝަން ޓީމް" ގެ ބައެއް ބޭފުޅުންނާއި ހަށިފާރަވެރިންވެސް ވަނީ އިންކުއަރީ އަށް ހާޒިރުކޮށްފައެވެ.

ރައީސް ނަޝީދުގެ ހަށިފާރަވެރިން އިންކުއަރީއަށް ހާޒިރުކުރަމުން ދާއިރު އެމަނިކުފާނަށް އަމާޒުކޮށް، ދިން ހަމަލާގައި ހަށިފާރަވެރިންނަށްވެސް އެކިވަރުގެ އަނިޔާތައް ލިބުނެވެ.

އެމްއެންޑީއެފްގެ ވަކިވަކި އޮފިސަރުން އިންކުއަރީއަށް ހާޒިރުކުރުމަށް މަޖިލީހުން ހުށަހެޅުމުން އެމްއެންޑީއެފުން ވަނީ އެންމެ ފުރަތަމަ އެކަމަށް ދެކޮޅު ހަދާފައެވެ. އެގޮތުން ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުނުކުރެވޭނެކަމަށާއި ޖަވާބުދާރީ ވާނީ މުއައްްސަސާއިން ކަމަށް ވަނީ ބުނެފައެވެ. އެހެންނަމަވެސް ފަހުން ސިފައިންގެ ތެރެއިން ވަކިވަކި އޮފިސަރުން ވަނީ އިންކުއަރީއަށް ހާޒިރުވާން ފަށާފައެވެ.

އެކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން 241 ކޮމިޓީގެ މުޤައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވީ އިންކުއަރީއަށް ހުރިހާ މުއައްސަސާއެއްގެ ފަރާތުންވެސް އެއްބާރުލުން ލިބެމުންދާ ކަމަށެވެ. އިންކުއަރީއަށް ހާޒިރުވާން އަންގަމުން އަންނަ ހުރިހާ ފަރާތްތަކުންވެސް ހާޒިރުވަމުން އަންނަކަމަށް އަސްލަމް ވިދާޅުވިއެވެ.

ސިފައިންގެ ވެރިންނާއި ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ)ގެ ވެރިންނާއި، ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް (އެސްޕީޔޫ)ގެ ކޮމާންޑަރުން ވެސް ވަނީ އިންކުއަރީއަށް ހާޒިރުވެފައެވެ. އަދި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި، ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގުގެ އިސް އޮފިސަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒާއި، ފުލުހުންގެ އިންޓެލިޖެންސްގެ އޮފިސަރުން ވެސް ވަނީ އިންކުއަރީއަށް ހާޒިރުވެފައެވެ.

މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުޙައްމަދާއި، ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމްވެސް ވަނީ އިންކުއަރީއަށް ހާޒިރުކޮށްފައެވެ. ކޮމިޓީގެ މުޤައްރިރު އަސްލަމް ވިދާޅުވެފައިވަނީ ކުރިޔަށް އޮތްތަނުގައި އެހެން ވަޒީރުންވެސް ހާޒިރުކުރަމުން ގެންދާނެކަމަށެވެ.

ކޮމިޓީން މަސައްކަތްކުރަމުން އަންނަނީ މިމަސް ނިމެންވާއިރަށް އިންކުއަރީ ނިންމާލައި، އިންކުއަރީ ރިޕޯޓް ތަޅުމަށް ފޮނުވުމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާ ހޯއްދެވުމުގެ ގޮތުން އޭޑީކޭއިން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ކުރެއްވުމަށްފަހު މިހާރު ގެންދަވަނީ ޖަރުމަނުވިލާތުގައި އިތުރު ފަރުވާ ހޯއްދަވަމުންނެވެ. އެމަނިކުފާނުގެ އާއިލާއިން ހާމަކޮށްފައިވާ ގޮތުގައި ދާދިފަހުންވެސް ވަނީ ފައިގެ އޮޕަރޭޝަނެއް ކުރައްވާފައެވެ.

މިމައްސަލައާ ގުޅިގެން މިހާތަނަށް ހަމަލާގައި އަމަލީ ގޮތުން ބައިވެރިވިކަމަށް ބެލެވޭ 5 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި ހަމަލާ އާ ގުޅިގެން ފުލުހުން އަންނަނީ ޚާއްސަ އޮޕަރޭޝަނެއް ކުރިޔަށް ގެންދަމުންނެވެ.

އެމްއެންޑީއެފްރައީސް ނަޝީދުރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު