Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫގައި ކޮވިޑް-19 ފެތުރުން

އައްޑޫ ސިޓީގައި ކޮވިޑް-19ގެ ހާލަތު ރަނގަޅެއް ނުވޭ، މިހާތަނަށް 244 މީހުން ޕޮޒިޓިވް

27 މެއި 2021 | ބުރާސްފަތި 10:09

ބަލި ކޮންޓްރޯލް ކުރުމަށް އާންމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 27 މެއި 2021 | ބުރާސްފަތި 10:09
އައްޑޫ ސިޓީ، މޮނިޓަރިންއަށް ލާފައިވަނީ މިމަހުގެ އެއްވަނަ ދުވަހު

އައްޑޫ ސިޓީ، މޮނިޓަރިންއަށް ލާފައިވަނީ މިމަހުގެ އެއްވަނަ ދުވަހު

އައްޑޫ ސިޓީގައި ކޮވިޑް-19ގެ ހާލަތު ރަނގަޅުނުވާ ކަމަށާއި، ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އައްޑޫ އެމަރޖެންސީ އޮޕްރޭޝަންސް ސެންޓަރު (އޭއީއޯސީ)ން ބުނެފިއެވެ.

ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވިދާޅުވީ ކޮވިޑް-19ގެ ކޭސްތައް ކޮންމެ ދުވަހަކު ވެސް ފެންނަމުންދާ ކަމަށާއި، ހާލަތަށް މާބޮޑު ބަދަލެއް ނާންނަ ކަމަށެވެ. ބަލި ކޮންޓްރޯލް ކުރުމަށް އާންމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތައް އަޅާފައިވާއިރު، ބޮޑަށް މަސައްކަތްތައް ކުރަނީ ރައްޔިތުންނަށް ދަތިނުވާނެ ގޮތަށް ކަންކަން އިންތިޒާމް ކުރަން ކަމަށާއި، ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުންނަން ޖެހޭ މީހުންނާއި، ވިޔަފާރިތަކަށް ކޮންމެހެން ދޫކުރަން ޖެހޭ ހުއްދަތައް ދޫކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

އައްޑޫ ސިޓީގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. ބައެއް އަސާސީ ޚިދުމަތްތައް ދިނުމުގައި ބައެއް ދަތިތައް ކުރިމަތި ނަމަވެސް މިހާރު ގިނަ މައްސަލަތަކަށް ހައްލު ހޯދައިދީފައިވެއެވެ. އައްޑޫގައި ދެމުންދާ ވެމްކޯގެ ޚިދުމަތްތަކަށް އަލިއަޅުވާލައި ނޫސްވެރިންގެ ބައްދަލުވުމުގައި މޫސާ މުހައްމަދު ވިދާޅުވީ ކުނި ނެގުމުގެ ޚިދުމަތްތައް ކުރިއަށްވުރެ ބޮޑަށް ފުޅާކުރެވިފައިވާ ކަމަށެވެ. ވެމްކޯގެ މުވައްޒަފުންގެ ރައްކާތެރިކަމާއެކު ކަރަންޓީންގެ ތިބި ގެތަކުގެ މީހުންނަށް ވެސް ދަތިނުވާނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރާ ކަމަށެވެ.

އައްޑޫ ސިޓީގެ ކޮވިޑް-19ގެ ހާލަތަށް ބަލާއިރު އަންގާރަ ދުވަހުގެ އިރުއޮއްސި 6:00ން ބުދަ ދުވަހުގެ އިރުއޮއްސި 6:00ށް 134 ސާމްޕަލެއް ނަގާފައިވާއިރު 6 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން 244 މީހަކު ޕޮޮޒިޓިވްވެފައިވެއެވެ. އެއީ ހިތަދޫއިން 105، މީދޫއިން 7، މަރަދޫ-ފޭދޫއިން އެކެއް، ހުޅުދޫއިން 34، ފޭދޫއިން 10، މަރަދޫއިން 10، ރިސޯޓުތަކުން (އެހިނިހެން) 3 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިހާތަނަށް 3504 ސާމްޕަލެއް ނަގާފައިވާއިރު، 170 އެކްޓިވް ކޭސް ހިމެނެއެވެ. އަދި 72 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ހޮސްޕިޓަލުގައި ދެ މީހަކަށް ފަރުވާ ދެމުންދާއިރު، ދެމީހަކު މިބަލީގައި ވަނީ ނިޔާވެފައެވެ.

އައްޑޫ ސިޓީ ދެވަނަ ފަހަރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ 1 މެއި ވީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. މުޅި އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެންދިޔަ އިރު މިދިޔަ ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހު ވެސް އައްޑޫ ސިޓީ މޮނީޓަރިން ހާލަތަށް ގެންދިޔައެވެ. އެ ފަހަރުގެ މޮނިޓަރިންގެ ހާލަތު އުވާލީ މާޗު މަހުގެ 13 ވަނަ ދުވަހު އެވެ.

އައްޑޫއައްްޑޫ ސިޓީ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
30 ނޮވެމްބަރު 2025

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
24 ނޮވެމްބަރު 2025

އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ

24 ނޮވެމްބަރު 2025
އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ
21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
14 ނޮވެމްބަރު 2025

މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި

14 ނޮވެމްބަރު 2025
މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި
14 ނޮވެމްބަރު 2025

"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"

14 ނޮވެމްބަރު 2025
"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް