Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޓަރނެޓްގެ އަގު ހެޔޮކުރުން

އިންޓަރނެޓުގެ އަގު ހެޔޮކުރުމާއެކު ޓީޗަރުންނަށާއި ދަރިވަރުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެން ދާނެ: އެޑިޔުކޭޝަން މިނިސްޓަރު

ކްލާސްތައް ކުރިއަށް ގެންދިއުމަށް ފަސޭހަވާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 27 މެއި 2021 | ބުރާސްފަތި 09:02
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ،

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ،

އިންޓަރނެޓުގެ އަގަށް ގެނައި ހެޔޮ ބަދަލުތަކާއެކު ޓީޗަރުންނަށާއި ދަރިވަރުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އައިޝަތު ވިދާޅުވީ އިންޓަރނެޓު އަގު ހެޔޮކުރުމާއެކު އޮންލައިން ކްލާސްތައް ކުރިއަށް ގެންދިއުމަށް ފަސޭހަވެގެންދާނެ ކަމަށާއި، ދަތިކަމެއް ކުރިމަތިނުވާނެ ކަމަށެވެ. އަދި ކްލާސްތައް ކުރިއަށް ގެންދިއުމަށް ޓީޗަރުންނަށް ވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އައިޝަތު ވިދާޅުވީ އިންޓަރނެޓްގެ އަގަށް މިގެނެވުނު ހެޔޮ ބަދަލާއެކު ކުރިއަށް އޮތް ތަނުގައި މިކަމުގެ ސަބަބުން ކުރާ ހެޔޮ އަސަރުތައް ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އިންޓަރނެޓްގެ އަގަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން ފިކްސްޑް ބްރޯޑްބޭންޑަށް ގެނައި ބަދަލުތަކާއެކު ޚިދުމަތްދޭން ފަށާނީ ޖުލައި މަހުގެ 1 ވަނަ ދުވަހުއެވެ. މޮބައިލް ބްރޯޑްބޭންޑަށް ގެނެވުނު ބަދަލުތަކާއެކު ޚިދުމަށް ދޭން ފަށާނީ އޮކްޓޯބަރ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ބަދަލާއެކު ރެސިޑެންޝަލް އިންޓަރނެޓް ޚިދުމަތްތައް ބޭނުންކުރާ ފަރާތްތަކަށް (%60 - %75) މީހުންނަށް ސީދާކޮށް މަހުފީ އަގުހެޔޮ ވެގެންދާނެއެވެ.

އިންޓަރނެޓް ޕެކޭޖްތަކުގެ ތްރޮޓްލް ސްޕީޑް ދެގުނަ އަދި ފަސްގުނަ މަތިވެގެންދާނެކަން ވަނީ އިއުލާން ކޮށްފައެވެ. މިހާރު ޖުމްލަ ގޮތެއްގައި ތްރޮޓްލް ސްޕީޑަކީ 1Mbps އާއި 2Mbps އާ ދެމެދުކަމަށްވަނީ އިއުލާންކޮށްފައެވެ. ތްރޮޓްލް ސްޕީޑް މަތިވުމުން، އިންޓަރނެޓުގެ ޒަރީޢާއިން ބޭނުންކުރާ ގިނަ ޚިދުމަތްތަކަށް ސްޕީޑް ދަށްވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ނިސްބަތުން ދަށްވެ، ޑޭޓާ އެޑް-އޮންސް އަށް ކުރާ ޚަރަދު އުނިވެގެންދާނެއެވެ.

މިގޮތުން، އާދައިގެ މިންވަރަކަށް އިންޓަރނެޓް ބޭނުންކުރާ ފަރާތްތަކަށާއި، ސްކޫލް ކުދިންގެ ވީޑިއޯ ކޮންފަރެންސިންގ ފަދަ ބޭނުންތަކަށާއި، އައި. ސީ. ޓީ. ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް، މިގެނެވޭ ބަދަލުތަކުގެ މަންފާލިބިގެންދާނެއެވެ. އަދި ޕެކޭޖްގެ ތްރޮޓްލް ސްޕީޑުގައި ވެސް އާއްމު ބޭނުންތަކަށް އެކަށޭނަ ސްޕީޑެއްގައި އިންޓަރނެޓުގެ ޚިދުމަތް ލިބިގެންދާނެއެވެ.

ބްރޯޑްބޭންޑް އިންޓަނެޓުގެ 30 ޖީބީ ލިބޭނީ 250 ރުފިޔާއަށެވެ. އެއީ 25 އެމްބީޕީއެސްގައެވެ. މިޕެކޭޖްގެ ތްރޮޓްލް ސްޕީޑަކީ ދެ އެމްބީޕީއެސްއެވެ. 100 ޖީބީ ލިބޭނީ 500 ރުފިޔާއަށެވެ. އެއީ 15 އެމްބީޕީއެސްގައެވެ. މި ޕެކޭޖްގެ ތްރޮޓްލް ސްޕީޑަކީ ފަސް އެމްބީޕީއެސްއެވެ. އަދި 200 ޖީބީގެ އަގަކީ 700 ރުފިޔާއެވެ. އެއީ 25 އެމްބީޕީއެސްގައެވެ. މި ޕެކޭޖްގެ ތްރޮޓްލް ސްޕީޑަކީ ވެސް ފަސް އެމްބީޕީއެސްއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން އައިޝަތު އަލީ

އިތުރަށް ކިޔާލަން

10 އޮކްޓޯބަރު 2025

އޭސީސީއަށް ކުރީގެ ވަޒީރުން ހާޒިރުކުރަނީ ރައްޔިތުންގެ އަޑު ކަނޑުވާލަައި އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް ރޭވިގެން: ރައީސް ޞާލިހު

10 އޮކްޓޯބަރު 2025
އޭސީސީއަށް ކުރީގެ ވަޒީރުން ހާޒިރުކުރަނީ ރައްޔިތުންގެ އަޑު ކަނޑުވާލަައި އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް ރޭވިގެން: ރައީސް ޞާލިހު
29 ސެޕްޓެމްބަރު 2025

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް
10 ޖުލައި 2025

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ
30 ޖޫން 2025

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި
30 ޖޫން 2025

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު