Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19 އިންޑިޔާގެ ހާލަތު

އިންޑިޔާ ވޭރިއަންޓާ ދެކޮޅަށް ފައިޒަރ ވެކްސިން ކާމިޔާބުކަމާއެކު މަސައްކަތްކުރޭ

އިންޑިޔާ ވޭރިއަންޓާ ދެކޮޅަށް ފައިޒަރ ވެކްސިން މަސައްކަތްކުރާ މިންވަރު ހުރީ %87.9ގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 26 މެއި 2021 | ބުދަ 22:46
ފައިޒަރ ވެކްސިންގެ ސާމްޕަލެއް ދައްކާލަނީ

ފައިޒަރ ވެކްސިންގެ ސާމްޕަލެއް ދައްކާލަނީ

އެމެރިކާގެ ފައިޒަރ އަދި ޖަރުމަނުވިލާތުގެ ބަޔޯއެންޓެކު ގުޅިގެން އުފައްދާފައިވާ ފައިޒަރ ވެކްސިން، އިންޑިޔާގައި މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ވޭރިއަންޓާ ދެކޮޅަށް މަސައްކަތްކުރާ މިންވަރު ބޮޑުކަމަށް އެކުންފުނިން ބުނެފިއެވެ.

އުމުރުން 12 އަހަރުން މަތީގެ އެންމެންގެ ގަޔަށްވެސް މިވެކްސިން ޖެހޭނެކަމަށާއި، 2 ޑިގްރީ އާއި 8 ޑިގްރީ ސެލްސިއަސްއާ ދެމެދު އެއް މަސް ދުވަސްވަންދެން ފައިޒަރ ވެކްސިން ރައްކާކޮށްފައި ބެހެއްޓޭނެކަމަށް ވެސް އެކުންފުނިން ބުނެފައިވާކަމަށް އިންޑިއަން އެކްސްޕްރެސްގައި ބުނެފައި ވެއެވެ. ފައިޒަރ ވެކްސިންގެ 5 ލައްކަ ޑޯޒް މިއަހަރުގެ ޖުލައި މަހާއި އޮކްޓޯބަރ މަހާ ދެމެދު އިންޑިޔާއަށް ދިނުމަށް އެކުންފުނިން ވަނީ އިންޑިޔާ ސަރުކާރަށް ހުށަހަޅާފައެވެ.

މިކަމާއި ގުޅޭ އެކި މަޝްވަރާތައް އަންނަނީ ދެ ފަރާތުގެ ދެމެދުގައި ކުރެވެމުންނެވެ. މިމަޝްވަރާތަކުގައި ފައިޒަރ އިން ވަނީ ވެކްސިންގެ އެންމެ ފަހުގެ ޑާޓާތައް އިންޑިޔާ ސަރުކާރާ ހިއްސާކޮށްފައެވެ.

ފައިޒަރ ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ އިތުރުން އެހެން ގައުމުތަކުންވެސް އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަދީފައިވާ ވެކްސިނެކެވެ. އަދި އެވެކްސިން އަންނަނީ ގިނަ ގައުމުތަކެއްގައި ބޭނުން ކުރަމުންނެވެ.

ފައިޒަރ ވެކްސިން އިންޑިޔާއަށް ފޯރުކޮށްދިނުމުގެ މަޝްވަރާތައް ކުރިޔަށްދާއިރު ފައިޒަރއިން ވަނީ އެވެކްސިން ފާއިތުވި ހަމަސް ދުވަސްތެރޭގައި ހޯދާފައިވާ ކުރިއެރުންތައްވެސް އިންޑިޔާ ސަރުކާރާ ހިއްސާކޮށްފައެވެ. އަދި މިވެކްސިން އިންޑިޔާ ވޭރިއަންޓާ ދެކޮޅަށް މަސައްކަތްކުރާ މިންވަރު ބެލުމަށް އިނގިރޭސިވިލާތުގައި ކޮށްފައިވާ ދިރާސާއެއްވެސް ވަނީ ހިއްސާކޮށްފައެވެ.

އިންޑިޔާގައި ފެތުރެމުން އަންނަ ކޮވިޑްގެ ވޭރިއަންޓް ފެނިފައިވާ އެއް ގައުމަކީ އިނގިރޭސިވިލާތެވެ. އިނގިރޭސިވިލާތުގެ ޕަބްލިކް ހެލްތުން ކުރިޔަށް ގެންދިޔަ މިދިރާސާގައި ހާމަވެފައިވާ ގޮތުގައި އިންޑިޔާ ވޭރިއަންޓާ ދެކޮޅަށް ފައިޒަރ ވެކްސިން މަސައްކަތްކުރާ މިންވަރު ހުރީ 87.9 އިންސައްތައިގައެވެ. މި ދިރާސާ ނިންމާފައިވަނީ މެއި މަހުގެ 22 ވަނަ ދުވަހުއެވެ.

ދިރާސާގައި ބޭނުންކޮށްފައިވާ މީހުންގެ ތެރެއިން 26 އިންސައްތަ މީހުންނަކީ އިންޑިޔާއަށް ނިސްބަތްވާ މީހުންނާއި ބްރިޓިޝް އިންޑިއަނުންނެވެ. މީގެ އިތުރަށް މިދިރާސާގައި ބަންގްލަދޭޝް އަށް ނިސްބަތްވާ 1.4 އިންސައްތަ މީހުންނާއި، ޕާކިސްތާނަށް ނިސްބަތްވާ 5.9 އިންސައްތަ މީހުންނާއި، އަދި އޭޝިޔާގެ އެހެން ގައުމުތަކަށް ނިސްބަތްވާ 5.7 އިންސައްތަ މީހުން ވަނީ ބައިވެރިކޮށްފައެވެ.

މި ދިރާސާގެ އިތުރުން، ގަތަރުގެ އިމިޔުނިޒޭޝަން ޕްރޮގްރާމްގެ ޑާޓާތަކުން ހާމަވެފައިވާ ގޮތުގައި އިނގިރޭސިވިލާތުގެ ވޭރިއަންޓާ ދެކޮޅަށް ފައިޒަރ ވެކްސިން މަސައްކަތްކުރާ މިންވަރު ހުރީ 89 އިންސައްތައިގައެވެ. އަދި ދެކުނު އެފްރިކާއިން ފެނުނު ވޭރިއަންޓާ ދެކޮޅަށް ފައިޒަރ ވެކްސިން މަސައްކަތްކުރާ މިންވަރު ހުރީ 75 އިންސައްތައިގައެވެ.

މިދިރާސާގައި ބޭނުންކޮށްފައިވާ މީހުންގެ ތެރެއިން 24 އިންސައްތަ މީހުންނަކީ އިންޑިޔާގެ މީހުންނެވެ. އެއީ 6000އަށް ވުރެ ގިނަ މީހުންނެވެ. ދެން ހިމެނެނީ ނޭޕާލަށް ނިސްބަތްވާ 12 އިންސައްތަ މީހުންނާއި، ބަންގްލަދޭޝްގެ 11، އިންސައްތަ މީހުންނާއި، ސްރީލަންކާގެ 4 އިންސައްތަ މީހުންނާއި، އަދި ޕާކިސްތާނުގެ 6 އިންސައްތަ މީހުންނެވެ. މިއެންމެންގެ މެދުގައިވެސް ވެކްސިން އެ ވޭރިއަންްތަކާ ދެކޮޅަށް މަސައްކަތްކޮށްފައިވަނީ ހަމަ އެ މިންވަރަށެވެ.

މީގެއިތުރުން ފައިޒަރ އިން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ދިނުމަށްފަހު ހަމަސް ދުވަސް ވަންދެން ކުރިޔަށް ގެންގޮސްފައިވާ ފޭސް ތިނެއްގެ ކްލިނިކަލް ޓްރަޔަލްތަކުގެ އެންމެ ފަހުގެ ޑާޓާތައްވެސް ހާމަކޮށްފައެވެ. މީގެތެރޭގައި ހިމެެނެނީ ވެކްސިންގެ ކާމިޔާބުކަން ބެލުމަށް އެންމެ ފުރަތަމަ ކުރިޔަށް ގެންދެވުނު ޓްރަޔަލްތަކުގެ ޑާޓާތަކާއި، ވޭރިއަންޓްތަކާއި ދެކޮޅަށް ވެކްސިން މަސައްކަތްކުރާ މިންވަރު ދެނެގަތުމަށް ނެގިފައިވާ ޑާޓާތަކާއި، ކްލިނިކަލީ ގެންދެވުނު ދިރާސާތަކުގެ ޑާޓާތަކާއި، ދުނިޔެއިން ފެންނަމުންދާ ވޭރިއަންޓްތަކާއި ދެކޮޅަށް މީހުންނަށް ވެކްސިން ދީގެން ނެގިފައިވާ ޑާޓާތަކެވެ. އިންޑިޔާ ސަރުކާރާ ހިއްސާކޮށްފައިވާ ޑާޓާތަކަކީ އެކި ގައުމުތަކުގައި ވެކްސިންގެ ކާމިޔާބުކަން ދެނެގަތުމަށް ކޮށްފައިވާ ދިރާސާތަކުގައި ބޭނުންކޮށްފައިވާ ޑާޓާތަކެވެ.

މީގެތެރޭގައި ހިމެނޭ ބައެއް ޑާޓާތަކަކީ ކޮވިޑް-19 އާ ދެކޮޅަށް ވެކްސިން މަސައްކަތްކުރާ މިންވަރު 95 އިންސައްތަ ކާމިޔާބުކަން އެނގިފައިވާ ޑާޓާތަކާއި، 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން މަސައްކަތްކުރާ މިންވަރު 100 އިންސައްތަ ކާމިޔާބުކަން އެނގިފައިވާ ޑާޓާތަކެވެ.

ކޮވިޑް-19އިންޑިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު