Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުވިޔަފާރިތަކުން އަމަލުކުރަންވީ އުސޫލު

ފިޔަވަޅުތަކާއެކު ވިޔަފާރިތަކުން އަމަލުކުރަންވީ އުސޫލު އާންމުކޮށްފި

26 މެއި 2021 | ބުދަ 07:16

ވިޔަފާރިތަކުން ހުއްދައަށް އެދެންޖެހޭނީ، ހަމައެކަނި އެ ވިޔަފާރިއެއްގެ މުވައްޒަފުން

އަމްނާ އިމާދު
އަމްނާ އިމާދު | 26 މެއި 2021 | ބުދަ 07:16
ބާޒާރުމަތީގެ ފިހާރަތަކުން ބޯޓުތަކަށް މުދާ ބަރުކުރުމުގެ މަސައްކަތް ކުރަނީ،

ބާޒާރުމަތީގެ ފިހާރަތަކުން ބޯޓުތަކަށް މުދާ ބަރުކުރުމުގެ މަސައްކަތް ކުރަނީ،

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކާ ގުޅިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ވިޔަފާރިތަކުން ހުއްދަ ހޯދައިގެން ވިޔަފާރިކުރާ ތަންތަނުން ޚިދުމަތް ދިނުމުގައި އަމަލުކުރަންވީ ގޮތް އާއްމުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކާ ގުޅިގެން، 26 މެއި 2021ން ފެށިގެން 9 ޖޫން 2021 ގެ ނިޔަލަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ވިޔަފާރިތަކުން ހުއްދަ ހޯދައިގެން ވިޔަފާރިކުރާ ތަނުން ޚިދުމަތް ދިނުމުގައި ޚާއްސަ އުސޫލެއް ކަނޑައަޅާފައިވާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި މުއްދަތުގެ ތެރޭގައި ވިޔަފާރިތަކުން ހުއްދައަށް އެދެންޖެހޭނީ، ހަމައެކަނި އެ ވިޔަފާރިއެއްގެ މުވައްޒަފުން ކަމަށެވެ.

މުދާ ވިއްކާ ތަންތަނަށް އަލިއަޅުވާލައި އިކޮނޮމިކް މިނިސްޓްރީން ބުނީ މުދާ ވިއްކާ ތަންތަނުން ޑެލިވަރީ ޚިދުމަތް ދެވޭނީ، އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ހޯދުމަށްފަހު ހެނދުނު 6:00ން މެންދަމު 12:00ށް ކަމަށާއި، މުދާ ވިއްކާ ތަންތަން އާންމުންނަށް ހުޅުވާލައިގެން ޚިދުމަތް ދެވޭނީ، އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ހޯދުމަށްފަހު، ހެނދުނު 8:00ން ހަވީރު 4.00 އަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މުދާ ވިއްކުމުގެ ވިޔަފާރިކުރާ ކޮންމެ ތަނަކަށް، 2 ސަޕޯޓް ސްޓާފް އަދި 2 ޑެލިވަރީ ސްޓާފުންނަށް ހުއްދަ ދޫކުރެވޭނެ ކަމަށާއި، އިތުރު މުވައްޒަފުންނަށް ހުއްދަ ބޭނުންވާނަމަ، permit@trade.gov.mvށް މެދުވެރިކޮށް މައުލޫމާތު ފޮނުވުމުން، އިތުރަށް ދިރާސާކުރުމަށްފަހު، ހުއްދަ ދޫކުރެވޭނެ ކަމަށެވެ. އަދި އިތުރު ހުއްދައަށް އެދޭ ކޮންމެ ފަރާތަކުން ވެސް، ޖުމްލަ މުވައްޒަފުންގެ އަދަދު 10ށްވުރެ އިތުރުވާނަމަ، 2 ދަންފަޅިއަކަށް ބަހާލައިގެން ޑިއުޓީ ގަޑި ކަނޑައަޅަން ޖެހޭ ކަމަށެވެ.

ކެއުން ބުއިމުގެ ޚިދުމަތް ދޭ ތަންތަނާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން ބުނީ ކެއުން ބުއިމުގެ ޚިދުމަތް ދޭ ތަންތަނުން ޑެލިވަރީ ޚިދުމަތް ދެވޭނީ، އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ހޯދުމަށްފަހު، ހެނދުނު 6:00ން މެންދަމު 12:00 ކަމަށެވެ. އަދި ކެއިން ބުއިމުގެ ޚިދުމަތް ދޭ ތަންތަނުން ޓޭކްއަވޭގެ ޚިދުމަތް ދެވޭނީ، އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ހޯދުމަށްފަހު، ހެނދުނު 8:00ން ހަވީރު 4:00ށް ކަމަށް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ 13 ފެބްރުއަރީ 2021ން ފެށިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިޔަފާރިތަކަށް ދޫކޮށްފައިވާ ހުއްދަތައް ބޭނުން ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ބުނީ ގުދަން، ބޯޓުޔާޑު ފަދަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، މާލެ-ތިލަފުށީގައި ދާއިމީކޮށް ދިރިއުޅޭ ފަރާތްތައް މަސައްކަތަށް ދިޔުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިތުރު ހުއްދައެއް ނަގަން ނުޖެހޭނެ ކަމަށާއި، މިފަދަ ފަރާތްތަކުގެ ވިޔަފާރިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޫކޮށްފައިވާ ހުއްދަ ބޭނުންކޮށްގެން، މަސައްކަތްކުރުމަށް މާލެ އާއި ތިލަފުއްޓާ ދެމެދު ދަތުރުކުރެވޭނެ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި، ކޮންސްޓްރަކްޝަން ސައިޓްތަކުގައި މަސައްކަތްކުރުމަށް ހުއްދަ ދޫކުރެވޭނީ، އެ ސައިޓަކަށް ގެއްލުމެއް ލިބޭނެފަދަ ހާލަތުތަކުގައި، އެ ކަމެއްގެ ތަފްސީލު ފޮނުވުމުން އިތުރަށް ދިރާސާކުރުމަށްފަހު ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

އިކޮނޮމިކް މިނިސްޓްރީވިޔަފާރި

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި
29 އޮކްޓޯބަރު 2025

ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

29 އޮކްޓޯބަރު 2025
ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު
18 ސެޕްޓެމްބަރު 2025

ވިޔަފާރިވެރިންނަށް ޑޮލަރު ލިބޭ، އެޑޮލަރުން ކުރަނީ އެހެން ކަމެއް: ރައީސް މުއިއްޒު

18 ސެޕްޓެމްބަރު 2025
ވިޔަފާރިވެރިންނަށް ޑޮލަރު ލިބޭ، އެޑޮލަރުން ކުރަނީ އެހެން ކަމެއް: ރައީސް މުއިއްޒު
30 އޯގަސްޓު 2025

ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!

30 އޯގަސްޓު 2025
ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!
18 ފެބުރުއަރީ 2025

ބަންކަރިން އާއި މެދު ދެއްކި ވާހަކަތަކުގައި ސައީދުގެ ރާގު މުޅިން ބަދަލުވެއްޖެ

18 ފެބުރުއަރީ 2025
ބަންކަރިން އާއި މެދު ދެއްކި ވާހަކަތަކުގައި ސައީދުގެ ރާގު މުޅިން ބަދަލުވެއްޖެ
17 ސެޕްޓެމްބަރު 2024

ވަޅޯމަހުގެ އަގު އުފުލިއްޖެ

17 ސެޕްޓެމްބަރު 2024
ވަޅޯމަހުގެ އަގު އުފުލިއްޖެ
28 އޯގަސްޓު 2024

އިންސްޓިޓިއުޓް އޮފް ޑިރެކްޓަރސް މޯލްޑިވްސް އިފްތިތާޙް ކުރުމުގެ ގޮތުން ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސް މާދަމާ

28 އޯގަސްޓު 2024
އިންސްޓިޓިއުޓް އޮފް ޑިރެކްޓަރސް މޯލްޑިވްސް އިފްތިތާޙް ކުރުމުގެ ގޮތުން ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސް މާދަމާ
24 ޖުލައި 2024

ވިޔަފާރިތަކަށް ހާއްސަކޮށްގެން ފާފު އަތޮޅުގައި ފުލުހުން ޕްރޮގްރާމެއް ހިންގައިފި

24 ޖުލައި 2024
ވިޔަފާރިތަކަށް ހާއްސަކޮށްގެން ފާފު އަތޮޅުގައި ފުލުހުން ޕްރޮގްރާމެއް ހިންގައިފި
05 މެއި 2024

ޓްރޭޑްމާކުގެ ހައްޤުތަކާއި ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކުގެ މުވައްޒަފުން ތަމްރީނުކުރަނީ

05 މެއި 2024
ޓްރޭޑްމާކުގެ ހައްޤުތަކާއި ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކުގެ މުވައްޒަފުން ތަމްރީނުކުރަނީ
29 އެޕްރީލު 2024

ޖާޒީ ވިޔަފާރިން އެންމެ ގިނަ ފައިސާ ހޯދަނީ ކޮން ޓީމެއް؟

29 އެޕްރީލު 2024
ޖާޒީ ވިޔަފާރިން އެންމެ ގިނަ ފައިސާ ހޯދަނީ ކޮން ޓީމެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް