Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމަންޒުކިޗް މިލާން ދޫކޮށްލުން

ހަ މަހަށް ފަހު މަންޒުކިޗް މިލާން ދޫކޮށްލައިފި

އަނިޔާގެ ސަބަބުން މަންޒުކިޗަށް ގިނަ މެޗުތަކެއް ގެއްލުނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 25 މެއި 2021 | އަންގާރަ 01:55
މިލާނަށް ކުޅުނު ކްރޮއޭޝިއާ ފޯވާޑް މާރިއޯ މަންޒުކިޗް

މިލާނަށް ކުޅުނު ކްރޮއޭޝިއާ ފޯވާޑް މާރިއޯ މަންޒުކިޗް

އޭސީ މިލާނުގައި ހަ މަސް ހޭދަކުރުމަށްފަހު ކްރޮއޭޝިއާ ފޯވާޑް މާރިއޯ މަންޒުކިޗް އެ ޓީމު ދޫކޮށްލައިފިއެވެ.

އުމުރުން 35 އަހަރުގެ ފޯވާޑް މިލާނާ ގުޅުނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަދި މި ސީޒަނުގެ ނިޔަލަށް އެއްބަސްވުން ހަދައި މިލާނަށް ކުޅެން މަންޒުކިޗް ނިންމި ނަމަވެސް، އަނިޔާގެ ސަބަބުން އޭނާއަށް ގިނަ މެޗުތަކެއް ގެއްލުނެވެ. އެގޮތުން މިލާނަށް މަންޒުކިޗް ކުޅެދީފައިވަނީ އެންމެ 11 މެޗެވެ. އަދި އަނިޔާގައި ހުރުމުގެ ސަބަބުން ފެބްރުއަރީ މަހުގެ މުސާރަ ޗެރިޓީއަށް ދޭން މަންޒުކިޗް އެ ފަހަރު ނިންމިއެވެ.

އެހެންކަމުން މަންޒުކިޗް ވަނީ މިލާނުގެ އެއްބަސްވުން އާނުކޮށް، އެ ޓީމު ދޫކޮށްލަން ނިންމާފައެވެ. އެކަން އިއުލާންކޮށް މަންޒުކިޗް ބުނީ މިލާނަށް ކުޅުމުގެ ފުރުސަތު ލިބުމަކީ ލިބުނު ފަޚުރެއް ކަމަށެވެ. އަދި އޭނާއަށް މި ފުރުސަތު ދިނީތީ މިލާނުގެ މެނޭޖުމަންޓަށް މަންޒުކިޗް ވަނީ ޝުކުރުއަދާކޮށްފައެވެ.

މަންޒުކިޗް މިލާން ދޫކޮށްލިއިރު، މީގެ ކުރިން އޭނާ ކުޅެފައިވަނީ ގަތަރުގެ އަލް-ދުހައިލަށެވެ. ގަތަރު ލީގަށް 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު މަންޒުކިޗް ބަދަލުވި ނަމަވެސް، ހަ މަސް ފަހުން ދުހައިލާއެކު ހަދާފައިވާ އެއްބަސްވުން މަންޒުކިޗް އުވާލީ ދެ ފަރާތް އެއްބަސްވެގެންނެވެ.

އަދި މީގެ ކުރިން ކްރޮއޭޝިއާގެ ޑީނަމޯ ޒެގްރެބާއި، ޖަރުމަނުގެ ވޮލްފްސްބާގާއި، ބަޔާން މިއުނިކް އަދި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑަށްވެސް ކުޅުނު މަންޒުކިޗް ވަނީ އިޓަލީގެ ޔުވެންޓަސްއަށްވެސް ކުޅެފައެވެ. އަދި މަންޒުކިޗް ވަނީ ކުލަބު ކެރިއަރުގައި މިހާތަނަށް ޖަރުމަން ލީގާއި، އިޓާލިއަން ލީގުގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕުވެސް ކާމިޔާބުކޮށްފައެވެ.

މާރިއޯ މަންޒުކިޗްއޭސީ މިލާން

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
15 މެއި 2025

މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

15 މެއި 2025
މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި
19 ފެބުރުއަރީ 2025

އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް

19 ފެބުރުއަރީ 2025
އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް
07 ޑިސެމްބަރު 2024

އޭސީ މިލާން ބަލިކޮށް، އެޓަލަންޓާ އިން މަގާމު ދަމަހައްޓައިފި

07 ޑިސެމްބަރު 2024
އޭސީ މިލާން ބަލިކޮށް، އެޓަލަންޓާ އިން މަގާމު ދަމަހައްޓައިފި
04 ޑިސެމްބަރު 2024

ސަސުއޯލޯ ބަލިކޮށް، އޭސީ މިލާާން ކުއާޓާ ފައިނަލަށް

04 ޑިސެމްބަރު 2024
ސަސުއޯލޯ ބަލިކޮށް، އޭސީ މިލާާން ކުއާޓާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު