1 ސެޕްޓެމްބަރ 2014
 

"ބަރަހަނާ ވީޑިއޯ ބަދަލުވީ ކާޓޫނު ފިލްމަކަށް"

    އަހުމަދު ފައިރޫޒް
    ސިޔާސީ
    2 ސެޕްޓެމްބަރ 2013

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ކަސްބީ އަންހެނުން ތަކަކާއިއެކު އެކިފަހަރު މަތިން ޒިނޭކުރާ މަންޒަރު ފެންނަ ވީޑިއޯގެ މައްސަލަ ތަޙުޤީގު ކުރަން ޖެހުމުން އެވީޑިއޯ ކާޓޫނު ފިލްމަކަށް ބަދަލުވެފައިވާ ކަމަށް ގައުމީ އިއްތިހާދު ޕާޓީގެ ކުރީގެ ކައުންސިލް މެންބަރު އަހުމަދު ފާއިޒް ވިދާޅުވެއްޖެއެވެ.

އިންތިޚާބަކާއިނުލާ ވެރިކަމަށް އަރައިވަޑައިގެން ހުންނެވި ވަހީދު ހަސަން މަނިކުގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ފާއިޒް ރާއްޖެޓީވީ ސުންގަޑި ޕްރޮގްރާމްގައި ވިދާޅުވީ ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ ބަލަން ޖެހުމުން ލީކްކޮށްލާފައިވާ "އޮރިޔާން" ވީޑިއޯ ކާޓޫނު ފިލްމަކަށް ވެފައި އޭނާގެ މައްސަލަ ތަޙުޤީގު ކުރަން ޖެހުމުން އެވީޑިއޯ އޮރިޔާން ފިލްމަކަށް ވުމުން ހައިރާންވާ ކަމަށެވެ.

މިހުރިހާ ކަމެއް ތަޙުޤީގު ކުރަމުންދަނީ ފުލުހުން ކަމަށްވެފައި، ފަނޑިޔާރުގެ ވީޑިއޯގެ މައްސަލާގައި ފާއިޒް ތަޙުގީގަށް ހައްޔަރު ކުރެވުނުއިރު އެވަރުގެ މަޤާމެއްގައި ހުންނަވައިގެން ބަދު އަޚާލާޤީ ޢަމަލެއް ހިންގަވާފައި މަންޒަރުތައް ޢާންމުވި ފަނޑިޔާރާއިމެދު ފިޔަވަޅެއް އަޅުއްވާފައި ނުވުމުން ކަންބޮޑުވާ ކަމަށް ފާއިޒް ވިދާޅުވިއެވެ.

ފާއިޒް ވިދާޅުވީ ފަނޑިޔާރުގެ ވީޑިއޯ ހިފައިގެން އެކަމާއި ގުޅުންހުރި އެއްވެސް ފަރާތެއް ބްލެކްމެއިލްކޮށް ބިރުދައްކާ ހަދާފައިނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ކަސްބީ އަންހެނުން ތަކަކާއިއެކު އެކިފަހަރު މަތިން ޒިނޭކުރާ މަންޒަރު ފެންނަ ވީޑިއޯއާއި ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުއާއި އެއްވެސް މުޢާމަލާތެއް ކޮށްފައިނުވާ ކަމަށެވެ.

ފާއިޒް ވިދާޅުވީ އެމައްސަލައިގާ އޭނާ ހައްޔަރުކުރުމުގެ މައިގަނޑު ބޭނުމަކީ އެކަންކޮށްފައިވާ ފަރާތް އެއްކައިރިކޮށް ރައްޔިތުންނަށް ޙަޤީގަތް އޮޅުވާލުން ކަމަށެވެ. އަދި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރޭގައި “ބޮޑު ޖަރީމާއެއް ހިންގާ” ފައި ހުރި ނުރައްކާތެރި މީހަކު, ބަހައްޓަވައިގެން ދިވެހިރައްޔިތުންނަށް ލިބޭނެ ފައިދާއަކާއެމު ފާއިޒް ސުވާލު އުފެއްދެވިއެވެ.

"އަޅުގަނޑު ހަމަ ހައިރާންވެ، އަންތަރީސްވާ ކަމަކީ، ރާއްޖޭގެ ރައްޔިތުންގެ މައްޗަށް އެންމެފަހު ނިންމުން ނިންމަން މިއޮންނަ ތަނަކީ ސުޕްރީމް ކޯޓު، އޭގެ ފަހުންދާނެ އެހެން ތަނެއް ނޯވޭ، އެތަނުން ކޮންމެ ގޮތަކަށް ނިންމިޔަސް އެނިމުނީ ދުނިޔެމަތީގައި ދިވެހި ރައްޔިތުންގެ މައްޗަށް ނިންމޭނެ އެއްމެ ފަހުގެ ނިންމުން، މިދެންނެވި ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރޭގައި “ބޮޑު ޖަރީމާއެއް ހިންގާ” ނުރައްކާތެރި ކަންތައްތަކެއް ހިންގާފައި ހުރި ނުރައްކާތެރި މީހަކު, ބަހައްޓަވައިގެން ދިވެހިރައްޔިތުންނަށް އުޅުއްވަނީ ކޮންއެއްޗެއް ޙާސިލް ކުރައްވަންތޯ" ފާއިޒް ވިދާޅުވިއެވެ.

ފާއިޒް އިތުރަށް ވިދާޅުވީ މިހާރު ވެރިކަމުގައި ހުންނެވި ވަހީދު ހަސަން މަނިކުގެ ޤައުމީ އިއްތިހާދު ޕާޓީއަށް ޤާނޫނައި ޤަވާއިދާ ޚިލާފަށް މެންބަރުން އިތުރުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެހުރިހާ ކަމެއް ކުރެއްވިތަން ވަރަށް ގާތުން ފެނިފައިވާ ކަމަށެވެ. ފާއިޒް ވިދާޅުވީ ސިޔާސީ ޕާޓީއެއްގައި ހިމެނިފައިވާކަން ނޭގޭ އެތަކެއް ރައްޔިތުންނެއްގެ އައިޑީކާޑް ބޭނުންކޮށްގެން ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދު ޕާޓީގެ ދަފްތަރުގައި ޖައްސާފައިވާ ކަމަށެވެ.

ގައުމީ އިއްތިހާދު ޕާޓީން ހިންގާފައިވާ މިފަދަ ބޮޑެތި ޖަރީމާ ތަކުގެ ފަހަތުގައި ހުންނެވީ ރައީސް ވަހީދުގެ ތަރުޖަމާނަކަށް ކުރިން ހުންނެވި އައްބާސް އާދިލް ރިޒާ ކަމަށާއި ގައުމީ އިއްތިހާދު ޕާޓީ ހަލާކުކޮށްލުމުގެ މޭސްތިރިއަކީވެސް އޭނާ ކަމަށް ފާއިޒް ވިދާޅުވިއެވެ.

loading..
ކޮމެންޓް ޝާއިއުކުރުމުގެ އުސޫލު

ކިޔުންތެރިންގެ ހިޔާލު