މާލެ ސަރަހައްދު ލޮކްޑައުން - ވިލިމާލެ ފެންނަނީ ތަފާތުކޮށް
މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާއިރު، ވިލިމާލެ ފެންނަނީ ތަފާތުކޮށެވެ. މާލެ އާއި ހުޅުމާލެއިން ފެންނަ ހަލަބޮލިކަން އެއްވެސް ވަރަކަށް ވިލިމާލެއިން ނުފެންނައިރު، މަގުތަކުގައި ޑެލިވަރީއަށް ނިކުމެ އުޅޭ ފަރާތްތަށްވެސް ވަރަށް މަދު އެވެ.

ވިލިމާލޭގެ ކަންމަތީ ފިިހާރައަކުން ވިޔަފާރިކުރުމުގައި ބަޔަކު ހަރަކާތްތެރިވަނީ - މީހުން ވިޔަފަރިކުރުމަށް ނިކުމެ އުޅުނުނަމަވެސް، ފެންނަނީ ވަރަށް މަދުން -- ފޮޓޯ: ރާއްޖެ.އެމްވީ

ވިލިމާލެ މަގުމަތި - ޑެލިވަރީއަށް ނިކުމެ ހަރަކާތްތެރިވަމުންދަނީ މަދު ފަރާތެއް، މަގުތައް ފެންނަނީ ފަޅުކޮށް -- ފޮޓޯ: ރާއްޖެ.އެމްވީ

ވިލިމާލެ މަގުމަތީގައި ފުލުހުންގެ ވެހިކަލެއް - މަގުމަތި ޕެޓްރޯލްކުރުމުގައި ފުލުހުން ހަރަކާތްތެރިވަނީ ވަރަށް މަދުން. ޖޫރިމަނާކުރުމުގެ ބަދަލުގައި ފުލުހުން އެކި ފަރާތްތަކައި ވާހަކަދައްކާ، ގެޔަށް ވަނުމަށް އިރުޝާދުދޭ -- ފޮޓޯ: ރާއްޖެ.އެމްވީ

ވިލިމާލެ ބަނދަރު ސަރަހައްދު - މާލެ އާއި ހުޅުމާލެ އާއި ހިލާފަށް ވިލިމާލެ ބަނދަރު ސަރަހައްދުން ހަލަބޮލިކަމެއް ނުފެންނައިރު، އެ ސަރަހައްދުވެސް ފެންނަނީ ވަރަށް ހަމަހިމޭންކޮޮށް -- ފޮޓޯ: ރާއްޖެ.އެމްވީ

ވިލިމާލެ ފިހާރައެއް ކައިރީގައި ބަޔަކު - ބައެއް ސަރަހައްދުތަކުން މީހުންް ގިނަކަން ފާހަގަވުމުން، އެ ސަރަހައްދުތަކުން މީހުން ފޮނުވާލުމަށް ފުލުހުން މަސައްކަތްކުރޭ -- ފޮޓޯ: ރާއްޖެ.އެމްވީ

ވިލިމާލެ މަގުމަތީގައި ފުލުހުންގެ ވެހިކަލެއް ދުއްވާފައިދަނީ - ވިލިމާލެއަށް އަރާ ފައިބާ މީހުންގެ ލިސްޓެއް ފުލުހުން އެކުލަވާލާ ބަލަހައްޓަމުންގެންދޭ -- ފޮޓޯ: ރާއްޖެ.އެމްވީ