ބަނޑުހައިވެފަ ތިބި ބުޅާތަކަކަށް މީހަކު ކާންދެނީ
މާލެ ސަރަހައްދު ފުރަބަންދުކޮށްފައިވާއިރު، މީހުންނާއި ދުއްވާއެއްޗެހީގެ އުނދަގުލެއްނެތި ގިނަ އަދަދެއްގެ ބުޅާތައް މަގުމަތީގައި އުޅެމުންދެއެވެ.

ބުޅަލެއް އޮށޯވެގެން އޮތްއިރު، އަނެއް ބުޅާ ބަލަހައްޓައިގެން - މާލެ ސަރަހައްދު ފުރަބަންދުކޮށްފައިވާ މި ދަނޑިވަޅުގައި ގިނަ އަދަދަކަށް ބުޅާ މަގުމަތީގައި މިނިވަންކަމާއެކު އުޅެމުންދޭ - ފޮޓޯ: ރާއްޖެއެމްވީ

ބުޅާތަކެއް ކާނެ އެއްޗެއް ހޯދުމަށް ބިންމަތީގައި ވަސްގަންނަނީ - މާލެ ސަރަހައްދު ފުރަބަންދުކުރުމާއެކު މަގުމަތީގައި ބުޅާތަކާއި ބައެއް އެހެން ޖަނަވާރުތައް ބަނޑުހައި ހޫނުކަމުގައި އުޅޭތަންފެނޭ - ފޮޓޯ: ރާއްޖެއެމްވީ

ބަނޑުހައިވެފައި ތިބި ބުޅާތަކަކަށް މީހާކު ކާންއަޅާފައި - ބައެއްފަހަރު ކާންނުލިބި ބުޅާތައް މަގުމަތިގައި ގޮވަމުންދޭ، ބުޅާތައް ބަލިވެއްޖެނަމަ އެންމެ އެދެވޭ ފަރުވާ މިވަގުތު ދިނުމަކީ އެހާ ފަސޭހަކަމެއް ނޫން - ފޮޓޯ: ރާއްޖެއެމްވީ

ބުޅާތަކަކަށް މީހަކު ކާންދެނީ - މާލެގައި ގިނަ އަދަދަކަށް ބުޅާ މަގުމަތީގައި އުޅެމުންދޭ، އެއް ދުވަސްވަރެއްގައި ބުޅާތައް މެރުން ވެސް ގިނަވި - ފޮޓޯ: ރާއްޖެއެމްވީ

ބުޅަލެއް މަގުމަތީގެ ފާރުކައިރީގައި އޮށޯވެލައިގެން - ފާރުމަތީގައި ހުސްކުރި މަސްދަޅެއް ބަހައްޓާފައި ހުރި އިރު، މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއެކު މަގުމަތީގައި ބުޅާތަކާއި ބައެއް އެހެން ޖަނަވާރުތައް ބަނޑުހައި ހޫނުކަމުގައި އުޅޭތަންފެނޭ -- ފޮޓޯ: ރާއްޖެއެމްވީ

ބުޅަލެއް މަގުމަތީގައި ހަމަޖެހިލައިގެން - ބުޅަލަކީ ގިނަބަޔަކު ޕެޓްގެ ގޮތުގައި ގެންގުޅެމުން އަންނަ ޖަނަވާރެއް، - ފޮޓޯ: ރާއްޖެއެމްވީ