ފޮޓޯ ގެލަރީ

ޤައުމީ އިނާމު ދިނުމަށް ބޭއްވެވި ރަސްމީ ޖަލްސާގެ ތެރެއިން
މި އަހަރުގެ ޤައުމީ އިނާމު ދެއްވުމަށް ދަރުބާރުގޭގައި ރޭގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށް އަދި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 19 ބޭފުޅަކާއި 3 ފަރާތަކަށް ދެއްވާފައި، އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީކަމަށްވާ, މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމަށްވަނީ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް ދެއްވައިފައި.

ދެކުނު ކޮރިއާ އާއި އެމެރިކާގެ އަސްކަރިއްޔާއިން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން
ދެކުނު ކޮރިއާ އާއި އެމެރިކާގެ އަސްކަރިއްޔާއިން ގުޅިގެން ދަނީ ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި ޑްރިލްތައް ކުރިއަށް ގެންދަމުންނެވެ.

ވެނެޒުއޭލާގައި ފެން ބޮޑުވުން
ވެނެޒުއޭލާގައި ފެން ބޮޑުވެ އެތައް ބައެއްގެ ގެދޮރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ތުރުކީގައި މައިނެއް ގޮވައި ހިނގި ހިތާމަވެރި ހާދިސާ
ތުރުކީގެ ބޯޓުދެލި ނަގާ މައިނެއްގައި ގޮވުމެއް ހިނގުމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މިހާދިސާ ހިނގާފައި ވަނީ ހުކުރު ދުވަހުއެވެ.

ރައީސް ސޯލިހު ކ. ކާށިދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ، މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ކާބޯތަކެތީގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކ. ކާށިދޫއަށް ވަޑައިގަންނަވާފައެވެ.

އުތުރު ކޮރިއާއިން ޓެސްޓުކުރާ މިސައިލްތައް
އުތުރު ކޮރިއާއިން ޓެސްޓުކުރާ މިސައިލްތައް އެގައުމުގެ ލީޑަރު ކިމް ޖޮންގ އުން ވަނީ ބައްލަވާލައްވާފައެވެ.

ނައިޖީރިއާގައި ފެންބޮޑުވެ އެތައް ސަތޭކަ ބަޔަކު މަރުވެއްޖެ
ނައިޖީރިއާގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެތައް ސަތޭކަ ބަޔަކު ވަނީ މަރުވެފައެވެ.

ރައީސްގެ އަނބިކަނބަލުން، ފުވައްމުލައް ސިޓީގެ އެންމެ ދުވަސްވީ މީހުންގެ ގޭގެއަށް ޒިޔާރަތްކުރެއްވުން
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ ފުވައްމުލައް ސިޓީގައި ދިރިއުޅޭ އުމުރުން އެންމެ ދުވަސްވީ އަންހެން އަދި ފިރިހެން އިސްރަށްވެހިންގެ ގޭގެއަށް ޒިޔާރަތްކުރައްވައި، އެބޭފުޅުންނާ ބައްދަލުކުރައްވައިފައެވެ.

ތައިލޭންޑްގެ ޑޭކެއަރ ސެންޓަރެއްގައި މަރާލި ކުދިންގެ ޖަނާޒާ
ތައިލޭންޑްގެ ޑޭކެއަރ ސެންޓަރަކަށް އެގައުމުގެ މީހަކު ވަދެ، 22 ކުދިންނާއެކު ޖުމުލަ 37 މީހުން ވަނީ މަރާލާފައެވެ. އޭގެ ފަހުން އޭނާ ވަނީ އަމިއްލައަށް މަރުވުމުގެ ކުރިން އޭނާގެ އަމިއްލަ ދަރިފުޅާއި އަނބިމީހާވެސް މަރާލާފައެވެ.

ރަޝިއާއިން ޔޫކްރެއިންގެ އެތައް ސިޓީއަކަށް ވައިގެ ހަމަލާތައް ދީފި
ހޯމަ ދުވަހު ރަޝިއާއިން ވަނީ ހަނގުރާމަ ފެށުނު ފަހުން އެގައުމުން ޔޫކްރެއިނަށް ދިން އެންމެ ވަރުގަދަ ހަމަލާތައް ދީފައެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި ހުޅުވުނު މެންޓަލް ހެލްތު ސެންޓަރ
ހުޅުމާލޭ ހޮސްޕިޓަލުގައި ސަރުކާރުން ތަރައްގީކުރި މެންޓަލް ހެލްތު ސެންޓަރު ވަނީ އޮކްޓޫބަރު 10 ވަނަ ދުވަހު ހުޅުވާފައެވެ. މި ސެންޓަރު ރަސްމީގޮތުން ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުއެވެ.

އެމެރިކާގެ ނައިބު ރައީސް ކަމާލާ ހެރިސް، ކޮރިއާގެ ޑިމިލިޓަރައިޒްޑް ޒޯނަށް ޒިޔާރަތްކުރެއްވުން
މިދިޔަ މަހު އެމެރިކާގެ ނައިބު ރައީސް ދެކުނު ކޮރިއާއަށް ކުރެއްވި ދަތުރުފުޅުގައި، ސެޕްޓެމްބަރު 29 ވަނަ ދުވަހު އެކަމަނާ ވަނީ ދެކޮރިއާ ގުޅޭ ޑިމިލިޓަރައިޒްޑް ޒޯނަށް ޒިޔާރަތްކުރައްވާފައެވެ.

ތޫފާން އިއާންގެ ސަބަބުން ގެއްލުންލިބުނު ފްލޮރިޑާގެ ސަރަހައްދުތައް ބައިޑަން ބައްލަވާލައިފި
އެމެރިކާގެ ފްލޮރިޑާއަށް އެރި ތޫފާން "އިއާން"ގެ ސަބަބުން އެ ސްޓޭޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގައުމުގެ ރައީސް ޖޯ ބައިޑަން ވަނީ ގެއްލުންލިބުނު ސަރަހައްދުތަކަށް ޒިޔާރަތްކުރައްވައި، އެތަންތަން ބައްލަވާލައްވާފައެވެ.

ތައިލޭންޑްގެ ޑޭކެއަރ ސެންޓަރެއްގައި 22 ކުދިން މަރާލުން
ތައިލޭންޑްގެ ޑޭކެއަރ ސެންޓަރަކަށް އެގައުމުގެ މީހަކު ވަދެ ވަނީ 22 ކުދިންނާއި އެކު ޖުމުލަ 37 މީހުން މަރާލާފައެވެ. އޭގެ ފަހުން އޭނާ ވަނީ އަމިއްލައަށް މަރުވުމުގެ ކުރިން އޭނާގެ އަމިއްލަ ދަރިފުޅާއި އަނބިމީހާވެސް މަރާލާފައެވެ.

ރައީސްގެ ދެކަނބަލުން ބަހްރައިނަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި އަނބިކަނބަލުން ފަޒްނާ އަހްމަދު މިވަގުތު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ބަހްރައިންގައެވެ. މިދެކަނބަނލުންގެ މިދަތުރުފުޅަކީ ބަހްރައިންގެ ރަސްގެފާނުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރަޝިއާގެ އަސްކަރިއްޔާއާ އަލަށް ގުޅުނު މީހުން
ރަޝިއާގެ އަސްކަރިއްޔާއާ ގުޅުމަށް އެގައުމުގެ އާންމުންނަށް ރައީސް ވްލެޑްމިއަރ ޕުޓިން ވަނީ އަމުރުކުރައްވާފައެވެ.

ފަތުރުވެރިކަމުގެ ރަން އަހަރުގެ ގާލާ އިވެންޓްގެ ތެރެއިން
ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރުގެ މުނާސަބަތުގައި ޓޫރިޒަމް މިނިސްޓްރީން ވަނީ ހާއްސަ ގާލާ އިވެންޓެއް ބާއްވާފައެވެ. މި އިވެންޓްގައި ރައީސްގެ ދެކަނބަލުންގެ އިތުރުން ސިނާއަތުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިފައެވެ.

ރާއްޖޭގެ ފުރަތަމަ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ޚާއްޞަ ހަފްލާގެ ތެރެއިން
މިއަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް މިވަނީ 50 އަހަރު ފުރިފައެވެ. އަދި އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަސް މިވަނީ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ކަނޑައަޅާފައެވެ.

ރައީސްގެ ދެކަނބަލުން ފްރީ ޑައިވް ހަރަކާތުގައި ބައިވެރިވެވަޑައިގަތުން
ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދުމަށްޓަކައި ރާއްޖޭގައި ކުރިއަށްގެންދިޔަ ފްރީޑައިވް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

އިނގިރޭސިންގެ އައު ރަސްގެފާނާއެކު ފައިސާފޮއްޗަށް ބޮޑު ބަދަލެއް
އިނގިރޭސި ރަސްކަމުގެ ތަޚުތަށް ދާދިފަހުން އިސްކުރެވުނު ރަސްގެފާނު ޗާލްސްގެ ފޮޓޯފުޅާއެކު ފަރުމާކޮށްފައިވާ ފުރަތަމަ ފައިސާފޮތިތައް އާންމުކޮށް ދައްކާލައިފިއެވެ.

ފްލޮރިޑާގެ ރައްޔިތުންނަށް ތޫފާން އިއަންގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް
ތޫފާން އިއަންގެ ސަބަބުން ފްލޮރިޑާގެ ރައްޔިތުންނަށް ވަނީ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ފިލިޕީންސްއަށް ތޫފާން ނޯރޫގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް
ބާރުގަދަ ނޯރޫ ތޫފާން ފިލިޕީންސްއަށް އެރުމާއެކު އެގައުމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އުތީމު ރައްޔިތުން ދިން ކޭމުގައި ރައީސްގެ ދެކަނބަލުން
ހއ. އުތީމަށް ރައީސްގެ ދެކަނބަލުން ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުން ވަނީ އެދެކަނބަލުންނަށް ހާއްސަ ކޭމެއް ދެއްވާފައެވެ.

ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން
2022 ވަނަ އަހަރުގެ ގައުމީ ދުވަސް ފާހަގަކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. މިދުވަސް ރަސްމީކޮށް ފާހަގަކުރުމުގެ ކަންތައްތައް ކުރިއަށްގެންގޮސްފައި ވަނީ ހއ. އުތީމުގައެވެ. ރާއްޖޭގެ ގައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ރަބީއުލްއައްވަލް މަހުގެ އެއް ވަނަ ދުވަހެވެ.

ރައީސް ސާލިޙް ނައިވާދޫ އަދި ފިނޭއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވަނީ ރަސްމީދަތުރުފުޅެއްގައި ހދ. ނާވައިދޫ އަދި ފިނޭއަށް ވަޑައިގަންނަވާފައެވެ.

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު ކޯޓަށް ހާޒިރުވެވަޑައިގަތުން
ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ މައްޗަށް ކުރެވިފައިވާ ދައުވާތަކުގެ ތެރެއިން ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން އެމަނިކުފާނު އިސަލާމްއާބާދުގެ ކޯޓަކަށް ވަނީ ހާޒިރުވެވަޑައިގެންފައެވެ.

އދ. ގެ 77 ވަނަ އާންމު މަޖިލީހުގެ ތެރެއިން
އދ. ގެ 77 ވަނަ އާންމު މަޖިލީހުގެ ހައި-ލެވެލް ބައްދަލުވުންތައް ފަށާފައި ވަނީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ.

އިރާނުގެ މަހްސާ އާމިނީގެ މަރުގެ މައްސަލައިގައި މުޅި ދުނިޔޭގައި މުޒާހަރާކުރަނީ
22 އަހަރުގެ މަހްސާ އާމިނީ މަރާލައިފައިވަނީ އިރާނުގެ ހިޖާބުގެ ގަވާއިދުތަކަށް ބޯ ނުލަނބާ ކަމަށް ބުނެއެވެ. އާމިނީ ހައްޔަރުކޮށްފައިވަނީ އޭނާގެ އާއިލާއާއެކު ގާތްތިމާގެ މީހުންގެ ގާތަށް ޒިޔާރަތް ކުރުމަށް އިރާނުގެ ހުޅަނގުގެ ކުރުދިސްތާން ޕްރޮވިންސުން ވެރިރަށް ތެހެރާނަށް ދަތުރުކުރަމުން ދަނިކޮށެވެ.

ރަޝިއާގައި އާންމުން އަސްކަރިއްޔާއާ ގުޅުމަށް އަމަރުނެރުމުން މުޒާހަރާކުރަނީ
ޕުޓިން ވަނީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ފުރަތަމަ ފަހަރަށް ރަޝިއާއިން ހަނގުރާމައަށް އެގައުމުގެ އާންމުން އަސްކަރިއްޔާއަށް ގުޅުމަށް ގޮވާލައްވާފައެވެ. މިއާއެކު ރަޝިއާގެ ޑިފެންސް މިނިސްޓަރު ސަރްގެއި ޝޮއިގު ވަނީ 300،000އެއްހާ މީހުންނަށް ރަޝިއާ އަސްކަރިއްޔާއާއި ގުޅުމަށް އެންގޭނެ ކަމަށް ވިދާޅުވެފައެވެ.

މެކްސިކޯއަށް އައި 7.6 މެގްނިޓިއުޑްގެ ބިންހެލުން
މިމަހުގެ 19 ވަނަ ދުވަހު މެކްސިކޯއަށް އައި 7.6 މެގްނިޓިއުޑްގެ ބިންހެލުމުގައި އެގައުމަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.