އިރާނުގެ މަހްސާ އާމިނީގެ މަރުގެ މައްސަލައިގައި މުޅި ދުނިޔޭގައި މުޒާހަރާކުރަނީ
22 އަހަރުގެ މަހްސާ އާމިނީ މަރާލައިފައިވަނީ އިރާނުގެ ހިޖާބުގެ ގަވާއިދުތަކަށް ބޯ ނުލަނބާ ކަމަށް ބުނެއެވެ. އާމިނީ ހައްޔަރުކޮށްފައިވަނީ އޭނާގެ އާއިލާއާއެކު ގާތްތިމާގެ މީހުންގެ ގާތަށް ޒިޔާރަތް ކުރުމަށް އިރާނުގެ ހުޅަނގުގެ ކުރުދިސްތާން ޕްރޮވިންސުން ވެރިރަށް ތެހެރާނަށް ދަތުރުކުރަމުން ދަނިކޮށެވެ.

ގްރީސްގެ ވެރިރަށް އެތެންސްގައި ހުންނަ އިރާނު އެމްބަސީގެ ބޭރުގައި، މަހްސާ އާމިނީގެ މަރާއި ގުޅިގެން ކުރި މުޒާހަރާގެ ބައިވެރިން ރަޔަޓް ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުން - ފޮޓޯ: ރޮއިޓަރސް

އިރާނުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި މަހްސާ އާމިނީގެ ފޮޓޯއެއް އެމެރިކާގެ ނިއު ޔޯކް ސިޓީގައި މުޒާހަރާކުރި ބައިވެރިން ހިފަހައްޓައިގެން - ފޮޓޯ: ރޮއިޓަރސް

ތުރުކީގެ އިސްތަންބޫލުގައި ހުންނަ އިރާނުގެ ކޮންސިއުލޭޓްގެ ބޭރުގައި މަހްސާ އާމިނީގެ މަރާއި ގުޅިގެން ކުރި މުޒާހަރާއެއްގައި ތުރުކީގައި ދިރިއުޅޭ އިރާނުގެ އަންހެނުން ބައިވެރިވެފައިވޭ - ފޮޓޯ: ރޮއިޓަރސް

ތުރުކީގައި ދިރިއުޅޭ އިރާނުގެ އަންހެނެއް ކަމަށްވާ ނާސިބޭ ސަމްސާއީ، ތުރުކީގެ އިސްތަންބޫލްގައި ހުންނަ އިރާނުގެ ކޮންސިއުލޭޓްގެ ބޭރުގައި މަހްސާ އާމީނީގެ މަރާއި ގުޅިގެން ކުރި މުޒާހަރާއެއްގައި އޭނާގެ އިސްތަށިގަނޑު ކޮށާލި- ފޮޓޯ: ރޮއިޓަރސް

ޖަރުމަނުވިލާތުގެ ވެރިރަށް ބާލިންގައި މަހްސާ އާމިނީގެ މަރާއި ގުޅިގެން އިރާނުގައި އަންހެނުންނާއެކު އެއްބައިވަންތަކަން ހާމަކުރުމުގެ ގޮތުން ކުރި މުޒާހަރާއެއްގެ ތެރެއިން މުޒާހަރާގެ ބައިވެރިން ވަނީ އެމީހުންގެ އިސްތަށިގަނޑު ކޮށާލާފައި - ފޮޓޯ: ރޮއިޓަރސް

އިރާނުގެ ވެރިރަށް ތެހެރާނުގައި، އިސްލާމިކް ރިޕަބްލިކްގެ "އަޚްލާގީ ފުލުހުން" ހައްޔަރު ކޮށްގެން ގެންދިޔަ މަހްސާ އާމިނީގެ މަރުގެ މައްސަލާގައި ކުރި މުޒާހަރާއެއްގައި ފުލުހުންގެ ސައިކަލެއްގައި ރޯކޮށްލާފައި- ފޮޓޯ: ރޮއިޓަރސް

އިރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ އީރާނުގެ "އަޚްލާޤީ ފުލުހުން" ހައްޔަރުކުރި މަހްސާ އާމިނީގެ ކަވަރ ފޮޓޯއެއް ނޫހެއްގައި - ފޮޓޯ: ރޮއިޓަރސް