Raajje.mv

ފޮޓޯ ގެލަރީ

ރާނީ އެލިޒަބެތުގެ ސަންދޯކާއެކު އެކަމަނާގެ ބޭފުޅުން އެޑިންބަރާގެ މަގުމަތީގައި

ރާނީ އެލިޒަބެތުގެ ސަންދޯކާއެކު އެކަމަނާގެ ބޭފުޅުން އެޑިންބަރާގެ މަގުމަތީގައި

އިނގިރޭސި ރާނީ އެލިޒަބެތު ދޭއްގެ ސަންދޯއް ސެއިންޓް ގައިލްސް ކެތީޑަރެލަށް ގެންދެވުނު މަގުމަތީގައި އެކަމަނާގެ ހަތަރު ބޭފުޅުން ވަނީ ސަންދޯކުގެ ފަހަތުން ހިންގަވާފައެވެ.

13 ސެޕްޓެމްބަރު 2022
ހެރީ އާއި މޭގަން، ވިލިއަމް އާއި ކޭޓް އާއެކު ޕެލެސްގެ ބޭރުގަ ހިނގާލުމުގައި ބައިވެރިވެވަޑައިގަތުން

ހެރީ އާއި މޭގަން، ވިލިއަމް އާއި ކޭޓް އާއެކު ޕެލެސްގެ ބޭރުގަ ހިނގާލުމުގައި ބައިވެރިވެވަޑައިގަތުން

ރާނީ އެލިޒަބެތު ދޭއް އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ކިޔަން އައި އާންމު ރައްޔިތުންނާ ބައްދަލުކުރައްވާ އެމީހުން ބަހައްޓާފައިވާ މާބޮޑިތައް ބަލާލުމަށް ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން ވަނީ ޕްރިންސް ވިލިއަމް އާއި އަނބިކަނބަލުން ކޭޓް އާއިއެކު ބަކިންހަމް ޕެލެސްގެ ބޭރުގަ ކުރިއަށްދިޔަ ހިނގާލުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

11 ސެޕްޓެމްބަރު 2022
ރާނީ އެލިޒަބަތު 2ގެ ހަނދާނުގައި ގައުމުތަކުގެ ބިނާތައް ދިއްލާލައިފި

ރާނީ އެލިޒަބަތު 2ގެ ހަނދާނުގައި ގައުމުތަކުގެ ބިނާތައް ދިއްލާލައިފި

އިނގިރޭސި ރާނީ އެލިޒަބަތު 2 އަވަހާރަވުމާގުޅިގެން އެކަމަނާގެ ހަނދާނުގައި އެކި ގައުމުތަކުގެ ބިނާތައް ވަނީ ދިއްލާލާފައެވެ.

10 ސެޕްޓެމްބަރު 2022
ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާނީ އެލިޒަބަތު ދެވަނައަށް ތަޢުޒިޔާ

ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާނީ އެލިޒަބަތު ދެވަނައަށް ތަޢުޒިޔާ

ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވެފައިވަނީ ސްކޮޓްލަންޑްގައި ހުންނަ ބަލްމޯރަލް ޝާހީ ގަނޑުވަރުގައި އާއިލާ މެމްބަރުންގެ ހާޒިރުގައެވެ. ރާނީ އަވަހާރަވި ޚަބަރު އިއުލާންކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖޭ ގަޑިން ނުވަގަޑި ތިރީސް އެހާއިރުއެވެ.

09 ސެޕްޓެމްބަރު 2022
ފެން ބޮޑުވެ ޕާކިސްތާނުގެ އެތައް ބައެއްގެ ގެދޮރު ގެއްލިފައި

ފެން ބޮޑުވެ ޕާކިސްތާނުގެ އެތައް ބައެއްގެ ގެދޮރު ގެއްލިފައި

ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގެ އެތައް ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ. ގިނަ އަދަދެއްގެ ބަޔަކު ވަގުތީ ހިޔާތަކަށް ބަދަލުކުރެވިފައިވާއިރު، އެތައް ބަޔަކު އަދިވެސް ތިބީ ވަންނާނެ ތަނެއް ނެތިފައެވެ.

08 ސެޕްޓެމްބަރު 2022
އުވަލްޑީގައި ދަރިވަރުން ސްކޫލަށް ދާންފަށައިފި

އުވަލްޑީގައި ދަރިވަރުން ސްކޫލަށް ދާންފަށައިފި

ރޮބް އެލިމެންޓަރީ ސްކޫލްގައި ބަޑީގެ ހަމަލާއެއް ދިންތާ ގިނަ މަސްތަކެއްފަހުން، ޓެކްސަސްގެ އުވަލްޑީގައި، ދަރިވަރުން ސްކޫލަށް ދާންފަށައިފިއެވެ. އުވަލްޑީ އެލެމެންޓަރީ ސްކޫލްގައި މިހާރުވަނީ ވަށާ ފާރު ރާނައި ބަންދުކޮށްފައެވެ. އަދި ސްކޫލްތައް ހުޅުވުމުން އެ ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ސެކިއުރިޓީ އޮފިސަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

07 ސެޕްޓެމްބަރު 2022
އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަގާމަށް ލިޒް ޓްރަސް

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަގާމަށް ލިޒް ޓްރަސް

އިނގިރޭސިވިލާތުގެ ވެރިކަން ކުރާ ކޮންޒަރވޭޓިވް ޕާޓީގެ ލީޑަރުކަމަށް ލިޒް ޓްރަސް ހޮވިވަޑައިގަތުމާއެކު، ބޮޑުވަޒީރުގެ މަގާމަށް ދެން ވަޑައިގަންނަވާނީ ޓްރަސްއެވެ. އުމުރުފުޅުން 47 އަހަރުގެ ލިޒް ޓްރަސް ހުންނެވީ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ސަރުކާރުގައި ޚާރިޖީ ވަޒީރުގެ މަގާމުގައެވެ. ޓްރަސް ވެގެން ދާނީ އިނގިރޭސިވިލާތުގެ ތިންވަނަ އަންހެން ބޮޑުވަޒީރަށެވެ.

06 ސެޕްޓެމްބަރު 2022
ފެންބޮޑުވުމުގެ ސަަބަބުން، ހާލުގައި ޖެހިފައިވާ ޕާކިސްތާން ރައްޔިތުން

ފެންބޮޑުވުމުގެ ސަަބަބުން، ހާލުގައި ޖެހިފައިވާ ޕާކިސްތާން ރައްޔިތުން

ދުނިޔެއަށް ކުރިމަތިލާން ޖެހިފައިވާ މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން މިވަގުތު އެންމެ ބޮޑު ތަކުލީފެއް އުފުލަމުންދާ ޕާކިސްތާނުގެ ގިނަ ރައްޔިތުން ތަކެއް އުޅެމުން އަންނަނީ ވަރަށް ދަތި ހާލުގައެވެ. ވާރޭވެހި، ކޯރުތައް ފުރި ބަންޑުންވެ އަމިއްލަ ގެދޮރު ނެތިފަނާވެ ދިއުމުގެ ސަބަބުން، ޕާކިސްތާނުގެ ގިނަ ރައްޔިތުން ތަކަކަށް ވަނީ ވަގުތީ ހިޔާތަކުގައި ދިރިއުޅުމަށް މަޖުބޫރުވެފަ އެވެ.

05 ސެޕްޓެމްބަރު 2022
ސޯވިއެޓްގެ އެންމެ ފަހު ލީޑަރު މީޚާއިލް ގޮރްބަޗޯވްގެ ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވި

ސޯވިއެޓްގެ އެންމެ ފަހު ލީޑަރު މީޚާއިލް ގޮރްބަޗޯވްގެ ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވި

މީޚާއިލް ސެރްގެއިވިޗް ގޮރްބަޗޯވް އަކީ ސޯވިއެޓް ޔޫނިއަންގެ އެންމެ ފަހު ލީޑަރެވެ. އުމުރުފުޅުން 91 އަހަރުގައި އަވަހާރަވިއިރު، އެމަނިކުފާނުގެ ޖަނާޒާ ބާއްވާފައި ވަނީ ހޮނިހިރު ދުވަހުއެވެ. ގޮރްބަޗޯވްގެ ޖަނާޒާގައި ރަޝިއާގެ އެތައް ހާސް ބަޔަކު ބައިވެރިވިއެވެ.

04 ސެޕްޓެމްބަރު 2022
އާޖެންޓީނާގެ ނައިބު ރައީސަށް ބަޑީގެ ހަމަލާއެއް ދިނުމަށް މަސައްކަތްކުރުން

އާޖެންޓީނާގެ ނައިބު ރައީސަށް ބަޑީގެ ހަމަލާއެއް ދިނުމަށް މަސައްކަތްކުރުން

އާޖެންޓީނާގެ ނައިބު ރައީސް ކްރިސްޓީނާ ފާނަންޑޭޒް ކަރކްނަރ އަށް މީހަކު ވަނީ ބަޑިން ހަމަލާދޭން މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް އެކަމަނާއަށް އަމާޒުކޮށް ހަމަލާދެވިފައެއް ނުވެއެވެ.

03 ސެޕްޓެމްބަރު 2022
ހަނގުރާމައިގެ ތެރޭގައި ޔޫކްރެއިންގެ ދަރިވަރުން ސްކޫލަށް ދާންފަށައިފި

ހަނގުރާމައިގެ ތެރޭގައި ޔޫކްރެއިންގެ ދަރިވަރުން ސްކޫލަށް ދާންފަށައިފި

ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިއާއިން ޔޫކްރެއިނަށް ދޭންފެށި ހަމަލާތަކާއެކު ފެށުނު ހަނގުރާމަ ދިގުލައިގެންދިއުމާއެކު، މިހާރު ޔޫކްރެއިންގެ ދަރިވަރުން މިވަނީ ހަނގުރާމައިގެ ތެރޭގައި ސްކޫލަށް ދާން ފަށާފައެވެ.

02 ސެޕްޓެމްބަރު 2022
ސްރީލަންކާގައި މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގެ ތެރެއިން

ސްރީލަންކާގައި މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގެ ތެރެއިން

ލަންކާގެ ކޮލަމްބޯގައި އިންޓަރ ޔުނިވަރސިޓީ ސްޓޫޑެންޓް ފެޑެރޭޝަނުން ކުރި މުޒާހަރާ ހޫނުވެ، މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ދެމެދު ވަނީ ކުރިމަތިލުންތައް ހިނގާފައެވެ. މުޒާހަރާގައި ބައިވެރިވި މީހުން ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާއިރު، މުޒާހަރާކުރި ސަރަހައްދުން 25 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

31 އޯގަސްޓު 2022
ޕާކިސްތާނުގައި ފެންބޮޑުވެ އެތައް މިލިއަން ބަޔަކު ވަނީ ގެދޮރު ގެއްލި، ހާލުގައި ޖެހިފައި

ޕާކިސްތާނުގައި ފެންބޮޑުވެ އެތައް މިލިއަން ބަޔަކު ވަނީ ގެދޮރު ގެއްލި، ހާލުގައި ޖެހިފައި

މޫސުމީ ވިއްސާރައިގެ ސަބަބުން އެކަމުގެ އަސަރު ޕާކިސްތާނުގެ 33 މިލިއަން މީހުންނަށް އެކި ގޮތްގޮތުން ކުރިމަތިލާން ޖެހިފައިވާއިރު، މޫސުން ގޯސްވެ، ފެންބޮޑުވެ، ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ އެތައް ހާސް ބަޔަކު މިވަގުތު އެބަތިއްބެވެ. އަދި ބައެއް ހިސާބުތަކަށް ދެ މަހެއްހާ ދުވަސް ވަންދެން ވިއްސާރަ މޫސުމާ ކުރިމަތިލާންޖެހުމާއެކު، ބޮޑެތި ހިސާބުތަކުގައި ފެންބޮޑުވެ ދިމާވި އެކި ހާދިސާތަކުގައި 1،500ށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން އިމާރާތްތަކަކާއި ބްރިޖްތަކެއްވެސް ވަނީ ވެއްޓިފައެވެ. ފެންބޮޑުވެ، ކިސަޑު ބޯވުމުގެ ސަބަބުން ގިނަ މަގުތަކެއް ބަންދުވެފައިވާއިރު އެސަރަހައްދުތަކަށް ޚިދުމަތް ފޯރުކޮށްދެވޭނެ ގޮތެއްވެސް ވަނީ ނެތިފައެވެ. ފެންބޮޑުވުމުގެ ސަބަބުން އެ ގައުމުގެ ދަނޑުބިންތަކާއި މަގުތައް ވަނީ ހަލާކުވެފައެވެ. އެގޮތުން ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުން 10 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް މިވަގުތަށް އަންދާޒާ ކުރެވޭކަމަށް އެގައުމުގެ ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.

30 އޯގަސްޓު 2022
ހަނަފަސްކަމުގެ ތެރޭގައި، ޗައިނާގެ ޕޮޔަންގް ލޭކް ހިކެނީ

ހަނަފަސްކަމުގެ ތެރޭގައި، ޗައިނާގެ ޕޮޔަންގް ލޭކް ހިކެނީ

ހަނަފަސްކަމުގެ ތެރޭގައި، ޗައިނާގެ ޕޮޔަންގް ލޭކް ވަނީ ހިކެން ފަށާފައެވެ.

28 އޯގަސްޓު 2022
ޕާކިސްތާނުގައި ފެންބޮޑުވެ 30 މިލިއަނަށްވުރެ ގިނަ މީހުންނަށް ގެއްލުން

ޕާކިސްތާނުގައި ފެންބޮޑުވެ 30 މިލިއަނަށްވުރެ ގިނަ މީހުންނަށް ގެއްލުން

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ޕާކިސްތާނުގެ ހައިދަރްއާބާދުގައި ދިރިއުޅެމުންދާ އެތައް ބަޔަކަށް އެކަމުގެ ތަކްލީފް ވަނީ އުފުލަން ޖެހިފައެވެ. ފެންބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގެ 30 މިލިއަނަށްވުރެ ގިނަ މީހުންނަށް ވަނީ ގެއްލުން ލިބިފައެވެ.

28 އޯގަސްޓު 2022
ރައީސް ޞާލިޙްގެ މ. އަތޮޅުގެ ދަތުރުފުޅު - އެއްވެސް ރަށެއް، އަދި ވަކި ވިސްނުމެއް ބާކީ ނުކުރާނެ

ރައީސް ޞާލިޙްގެ މ. އަތޮޅުގެ ދަތުރުފުޅު - އެއްވެސް ރަށެއް، އަދި ވަކި ވިސްނުމެއް ބާކީ ނުކުރާނެ

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް މ. އަތޮޅުގެ 5 ރަށަކަށް ދަތުރުފުޅެއް ފެއްޓެވީ އޯގަސްޓް މަހުގެ 27 ގައެވެ. މި ދަތުރުފުޅުގައި ރައީސް ޞާލިޙް ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ރަތްމަންދޫ، މަޑުއްވަރި، ދިއްގަރު، ވޭވަށް އަދި މުއްޔެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 29 އޯގަސްޓް 2022 ގައެވެ.

28 އޯގަސްޓު 2022
ޔޫކްރެއިންގެ މިނިވަން ދުވަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރުން

ޔޫކްރެއިންގެ މިނިވަން ދުވަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރުން

ޔޫކްރެއިންގެ މިނިވަން ދުވަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރުން

25 އޯގަސްޓު 2022
ރާއްޖޭގެ ފުރަތަމަ އޮޓޮމެޓިކް ފަޔަރ ސިމިއުލޭޓަރ ހިމެނޭގޮތަށް އޭވިއޭޝަން އެކަޑަމީއެއް އިފްތިތާހުކުރުން

ރާއްޖޭގެ ފުރަތަމަ އޮޓޮމެޓިކް ފަޔަރ ސިމިއުލޭޓަރ ހިމެނޭގޮތަށް އޭވިއޭޝަން އެކަޑަމީއެއް އިފްތިތާހުކުރުން

ރާއްޖޭގެ ފުރަތަމަ އޮޓޮމެޓިކް ފަޔަރ ސިމިއުލޭޓަރ ހިމެނޭގޮތަށް ރީޖަނަލް އެއާޕޯރޓްސް ކޮމްޕެނީން އޭވިއޭޝަން އެކަޑަމީއެއް އިފްތިތާޙްކޮށްފިއެވެ. އޭވިއޭޝަން އެކެޑަމީ އިފްތިތާހުކޮށްފައި ވަނީ އެކަމަށްޓަކާ ހއ.ހޯރަފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ހޯމަ ދުވަހުއެވެ. މި އެކަޑަމީގެ ފަޔަރ ޓްރެއިނިންގ ހިންގުމުގައި ބޭނުންކުރުމަށް ތައްޔާރުކުރި ފަޔަރ ސިމިއުލޭޓަރ އުފެއްދުމުގެ ގޮތުން އެ ސިމިއުލޭޓަރގެ ބޭސަލް މަސައްކަތް އިސްނަންގަވައި ދެއްވާފައިވަނީ އާރު.އޭ.ސީ.އެލް ކުރީގެ ފަޔަރ އެންޑް ސޭފްޓީ ޑިރެކްޓަރ، އަލްމަރުޙޫމް އަޙްމަދު ފަޔާޒެވެ. އަދި މިފަޔަރ ސިމިއުލޭޓަރ އުފެއްދުމުގެ ޢަމަލީ މަސައްކަތްފަށްޓަވާ ދެއްވާފައިވަނީ ފަޔާޒްގެ ސީދާ ބެލުމުގެ ދަށުން 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

23 އޯގަސްޓު 2022
ހީޓްވޭވްއާއި ގުޅިގެން ޗައިނާ ރެޑް އެލާޓްގައި

ހީޓްވޭވްއާއި ގުޅިގެން ޗައިނާ ރެޑް އެލާޓްގައި

ހީޓްވޭވްއާއި ގުޅިގެން ޗައިނާ ރެޑް އެލާޓްގައި

22 އޯގަސްޓު 2022
ހިޖުރަވެރިން ސަލާމަތްކުރާ އުޅަނދެއްގެ އޮޕަރޭޝަނެއް

ހިޖުރަވެރިން ސަލާމަތްކުރާ އުޅަނދެއްގެ އޮޕަރޭޝަނެއް

ހިޖުރަވެރިން ސަލާމަތްކުރާ އުޅަނދެއްގެ އޮޕަރޭޝަނެއް

21 އޯގަސްޓު 2022
ޗައިނާއަށް ހޫނުގަދަވެ ހަނަފަސްކަމުގެ އިތުރު މަހެއް

ޗައިނާއަށް ހޫނުގަދަވެ ހަނަފަސްކަމުގެ އިތުރު މަހެއް

ޗައިނާއަށް ހޫނުގަދަވެ ހަނަފަސްކަމުގެ އިތުރު މަހަކާ މިވަނީ ކުރިމަތިލާންޖެހިފައި

20 އޯގަސްޓު 2022
ރަޝިޔާއިން ޔޫކްރެއިންގެ ޚަރްކިވްއަށް މިސައިލްގެ ހަމަލާއެއް ދިނުން

ރަޝިޔާއިން ޔޫކްރެއިންގެ ޚަރްކިވްއަށް މިސައިލްގެ ހަމަލާއެއް ދިނުން

ރަޝިޔާއިން ޔޫކްރެއިންގެ ޚަރްކިވްއަށް މިސައިލްގެ ހަމަލާއެއް ދިނުން

19 އޯގަސްޓު 2022
ހަނގުރާމާގައި ހަލާކުވެފައިވާ ކާރުތަކުގައި ޔޫކްރެއިންގެ އާޓިސްޓުން ކުރެހުން

ހަނގުރާމާގައި ހަލާކުވެފައިވާ ކާރުތަކުގައި ޔޫކްރެއިންގެ އާޓިސްޓުން ކުރެހުން

ޔޫކްރެއިން ރަޝިއާ ހަނގުރާމާގައި ޔޫކްރެއިންގެ ރައްޔިތުން ހިތްވަރު އެލުވާނުލުމަށް ތަފާތު ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން

18 އޯގަސްޓު 2022
ކެލިފޯނިއާގެ ޖަންގައްޔެއްގައި ރޯވުން

ކެލިފޯނިއާގެ ޖަންގައްޔެއްގައި ރޯވުން

ހޫނުގަދަވެ އެމެރިކާގެ ކެލިފޯނިއާގެ ޖަންގައްޔެއްގައި ރޯވި އަލިފާންގަނޑު ނިއްވުމުުގައި ބޮޑެތި ގޮންޖެހުންތަކާ ވަނީ ކުރިމަތިލާންޖެހިފައި

17 އޯގަސްޓު 2022
ތާލިބާންގެ ވެރިކަމަށް އެއް އަހަރު ފުރުން

ތާލިބާންގެ ވެރިކަމަށް އެއް އަހަރު ފުރުން

އަފްޣާނިސްތާންގެ ވެރިކަމާ ތާލިބާނުން ހަވާލުވިތާ އެއް އަހަރު ފުރިއްޖެ

16 އޯގަސްޓު 2022
އިންޑިއާއިން މިނިވަންކަމުގެ 75 ވަނަ އަހަރު ފާހަގަކުރުން

އިންޑިއާއިން މިނިވަންކަމުގެ 75 ވަނަ އަހަރު ފާހަގަކުރުން

އިންޑިއާއިން ވަނީ ހޯމަ ދުވަހު އެގައުމުގެ މިނިވަންކަމުގެ 75 ވަނަ އަހަރު ފާހަގަކޮށްފައި

15 އޯގަސްޓު 2022
ޕޯޗުގަލްގައި ހޫނުގަދަވެ ޖަންގަލީގައި ރޯވުން

ޕޯޗުގަލްގައި ހޫނުގަދަވެ ޖަންގަލީގައި ރޯވުން

ހޫނުގަދަވެ ޕޯޗުގަލްގެ ޖަންގައްޔެއްގައި ވަނީ ވަރަށް ބޮޑަށް ރޯވެފައި

14 އޯގަސްޓު 2022
އިރުމަތީ ޔޫކްރެއިން އަށް އައި ރަޝިއާގެ ބޮމުގެ ހަމަލާ

އިރުމަތީ ޔޫކްރެއިން އަށް އައި ރަޝިއާގެ ބޮމުގެ ހަމަލާ

އިރުމަތީ ޔޫކްރެއިން އަށް އައި ރަޝިއާގެ ބޮމުގެ ހަމަލާ

12 އޯގަސްޓު 2022
ސްރީލަންކާގެ މުޒާހަރާތަކަށް ފަހު އެއްމަސް ދުވަސް ވީއެވެ.

ސްރީލަންކާގެ މުޒާހަރާތަކަށް ފަހު އެއްމަސް ދުވަސް ވީއެވެ.

ލަންކާއަށް ކުރިމަތިވެފައިވާ އިގުތިސާދީ ކާރިސާއާއިއެކު ސަރުކާރާއި ދެކޮޅަށް ގިނަ މުޒާހަރާތަކެއް ކުރުމަށްފަހު ސަރުކާރު ބަދަލުކޮށް މުޒާހަރާތަކަށް މިހާރު މިވަނީ މަޑުޖެހުމެއް އައިސްފައެވެ.

11 އޯގަސްޓު 2022
ރަޝިއާ އަކީ ޓެރަރިޒަމް އަށް ވާގިވެރިވާ ގައުމެއްގެ ގޮތުގައި ލޭބަލް ކުރުމަށް ޔޫކްރެއިންގެ އާންމުން ގޮވ

ރަޝިއާ އަކީ ޓެރަރިޒަމް އަށް ވާގިވެރިވާ ގައުމެއްގެ ގޮތުގައި ލޭބަލް ކުރުމަށް ޔޫކްރެއިންގެ އާންމުން ގޮވ

ޔޫކްރެއިން ރަޝިއާ ހަނގުރާމައިގެ ތެރެއިން ޔޫކްރެއިންގެ އާންމުން މިވަނީ ރަޝިއާ އަކީ ޓެރަރިޒަމް އަށް ވާގިވެރިވާ ގައުމެއްގެ ގޮތުގައި ލޭބަލްކުރުމަށް ގޮވާލާފައި

10 އޯގަސްޓު 2022
34 / 108