ފޮޓޯ ގެލަރީ

ފީފާ ވޯލްޑް ކަޕް: އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ޤަތަރަށް
ފީފާ ވޯލްޑް ކަޕްގައި ވާދަކުރުމަށް އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ޤަތަރަށް ދިޔައީ ބުދަ ދުވަހުގެ ވަގުތެއްގައެވެ. ފްރާންްސް ޤަތަރަށް ދިޔަ އިރު، އެ ޤައުމަށް ވަނީ އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައެވެ. މިއަހަރުގެ މުބާރާތައި ފްރާންސް އޮތީ އޮސްޓްރޭލިޔާ، ޑެންމާކު އަދި ޓިއުނީޝިޔާ އާއެކު ގްރޫޕް ޑީ ގައެވެ.

ފީފާ ވޯލްޑް ކަޕް: ދެކުނު އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާ ޤަތަރަށް
ފީފާ ވޯލްޑް ކަޕްގެ ކުރިން ޔޫއޭއީއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަށްފަހު އާޖެންޓީނާ ޤަތަރަށް ދަތުރުކުރީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އާޖެންޓީނާ އަކީ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ދެކެމުން އަންނަ ޤައުމެކެވެ. އެ ޤައުމުން ވަނީ އެންމެ ފަހުން ކުޅުނު 36 މެޗުން ބަލިނުވެ ނިންމާލާފައެވެ. މުބާރާތުގެ އާޖެންޓީނާ އޮތީ ޕޮލެންޑް، ސައުދީ އަރަބިއްޔާ އަދި މެކްސިކޯއާއެކު ގްރޫޕް ސީ ގައެވެ.

ފީފާ ވޯލްޑް ކަޕް: ނެދަލޭންޑްސް ޓީމު ޤަތަރުގައި
ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ ނެދަލޭންޑްސް ޓީމު ޤަތަރަށް ގޮސްފައިވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ. އެންމެ ފަހުން ނެދަލޭންޑްސް ވާދަކޮށްފައިވަނީ 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕްގައެވެ. އެ އަހަރުގެ މުބާރާތުގައި އެ ޤައުމަށް ލިބުނީ ތިން ވަނައެވެ. މިއަހަރުގެ މުބާރާތުގައި އެ ޤައުމު އޮތީ ގްރޫޕް އޭ ގައެވެ.

ފީފާ ވޯލްޑް ކަޕް: އިންގްލެންޑް ޓީމު ޤަތަރަށް
ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ އިންގްލެންޑް ޓީމު ޤަތަރަށް ގޮސްފައިވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ. އިންގްލެންޑަކީ އެންމެ ފަހުން ރަޝިޔާގައި ބޭއްވި މުބާރާތުގެ ހަތަރު ވަނަ ޓީމެވެ. މިއަހަރުގެ މުބާރާތުގައި އިންގްލެންޑް އޮތީ ވޭލްސް، އީރާން އަދި އެމެރިކާއާއެކު ގްރޫޕް ބީގައެވެ.

ފީފާ ވޯލްޑް ކަޕް: ޑެންމާކުން ގަތަރަށް ދަތުރު ފެށުން
ފީފާ ވޯލްޑް ކަަޕަށް ގަތަރަށް ފުރުމުގެ ކުރިން ޑެންމާކުން ވަނީ އެ ގައުމުގެ ވެރި ރަށް ކޯޕަންހޭގަންގެ އެއާޕޯޓުގައި ސްކޫލް ކުދިންނާ ބައްދަލުކޮށް، އެ ކުދިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްފައެވެ.

ޖީ20 ސަމިޓްގައި ގައުމުތަކުގެ ލީޑަރުން
މިއަހަރުގެ ޖީ20 ސަމިޓް ކުރިއަށްދަނީ އިންޑޮނޭޝިއާގެ ބާލީގައެވެ.

ފީފާ ވޯލްޑް ކަޕް - ވޭލްސް ޓީމުގެ ފަރިތަކުރުން
ވޭލްސް ވޯލްޑް ކަޕްގައި ކުޅެފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 1958 ވަނަ އަހަރުއެވެ. އެފަހަރުގެ މުބާރާތުގައި ވޭލްސް ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. ވޭލްސް ވޯލްޑް ކަޕަށް ކޮލިފައިވީ 64 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.

ވޯލްޑް ކަޕަށް ސްވިޒަލޭންޑް ޓީމު ޤަތަރަށް
ވޯލްޑް ކަޕްގައި ވާދަކުރުމަށް ސްވިޒަލޭންޑް ޓީމު ވަނީ ހޯމަ ދުވަހުގެ ވަގުތެއްގައި ޤަތަރަށް ދަތުރުކޮށްފައެވެ. މިއަހަރުގެ މުބާރާތުގައި ސްވިޒަލޭންޑް އޮތީ، މުބާރާތުގެ އެންމެ ކާމިޔާބު ޤައުމު ބްރެޒިލްގެ އިތުރުން ސާބިއާ އަދި ކެމަރޫންއާއެކު ގްރޫޕް ޖީ ގައެވެ.

ވޯލްޑް ކަޕަށް ޤަތަރު ފުރިހަމަ އަށް ތައްޔާރުވެފައި
ޤަތަރުގައި މި މަހުގެ 20 ވަނަ ދުވަހު ފަށާ ފީފާ ވޯލްޑް ކަޕަށް އެ ޤައުމު އޮތީ އެންމެ ފުރިހަމަ އަށް ތައްޔާރުވެފައެވެ. ޤަތަރުގައި މިހާރު ފެންނަމުން ދަނީ ވޯލްޑް ކަޕްގެ ފޯރިއެވެ. ކުދި ބޮޑު އެންމެން ވޯލްޑް ކަޕްގެ ފޯރީގައި ޝާމިލްވަމުން އަންނަ އިރު، ޤަތަރުން ދޭ ޔަޤީން ކަމަކީ ހުރިހާ ގޮތަކުން ވެސް މުބާރާތް ފުރިހަމަވާނެ ކަމުގެ ޔަޤީންކަމެވެ.

ފީފާ ވޯލްޑް ކަޕް - ގަތަރު ޓީމު ދޯހާއަށް ދަތުރުކުރުން
މިފަހަރުގެ ވޯލްޑް ކަޕް ބާއްވަނީ ގަތަރުގައެވެ. މުބާރާތުގައި ވާދަކުރުމަށް ގަތަރު ޓީމު އެގައުމުގެ ދޯހާއަށް ދަތުރުކުރީ ރަށުން ބޭރުގައި ތަމްރީނު ހާސިލްކުރުމަށްފަހުއެވެ. މުބާރާތް ހުޅުވާ މެޗުގައި ވާދަކުރާނީ ގަތަރާއި އެކުއެޑޯއެވެ. މިއީ ހުރިހާ ގޮތަކުންވެސް ގަތަރު ޓީމަށް މުހިންމު، ޕްރެޝަރު ބޮޑު މެޗަކަށް ވާނެއެވެ.

އެމެރިކާގެ މިޑްޓަރމް އިލެކްޝަންގެ ވޯޓު ގުނުން
އެމެރިކާގެ މިޑްޓަރމް އިލެކްޝަންގައި ސެނެޓްގެ ކޮންޓްރޯލް ސަރުކާރު ހިންގާ ޑިމޮކްރަޓުން ވަނީ ކަށަވަރުކޮށްފައެވެ.

2022 ވަނަ އަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ރަސްމީ ޖަލްސާގެ ތެރެއިން
މި އަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ރަސްމީ ޖަލްސާގެ ތެރެއިން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ދެއްވާފައެވެ.

ޗައިނާގައި އަދިވެސް ޒީރޯ-ކޮވިޑް ޕޮލިސީ
ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ފެންނަން ފެށި ޗައިނާއިން ގެންގުޅެމުންދާ ޒީރޯ-ކޮވިޑް ޕޮލިސީއަށް ބަދަލެއް ނާދެއެވެ.

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ޙާދިސާ - ޖިންސު ވަކި ނުވާވަރަށް އަނދާފައިވާ ހަށިތައް ފެނިފަައިވޭ
މ. ނިރުފެހިގޭގައި އަލިފާނުގެ ޙާދިސާ އެއް ހިނގާފައިވަނީ 9 ނޮވެމްބަރ ވީ ބުދަ ދުވަހުގެ ރޭ މެންދަމު 12:30ހާއިރު އެވެ. އަލިފާން އެއްކޮށް ނިއްވާލެވުނީ ފަތިހު 4:34 ހާއިރުއެވެ. މިޙާދިސާގައި 10 މީހަކު މަރުވެފައިވާއިރު، މިހާތަނަށް ފެނިފައިވާ ހަށިތަކުގެ ތެރެއިން ޖިންސު ވަކި ނުވާވަރަށް އަނދާފައިވާ ހަށިތައް ވެސް ހިމެނޭކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ.

ރަޝިޔާގެ ހަމަލާތަކުގެ ތެރެއިން ޔޫކްރެއިންގެ ފްރޮންޓްލައިންތައް
ރަޝިޔާއިން ދެމުންގެންދާ ހަމަލާތަކުގެ ތެރެއިން ޔޫކްރެއިންގެ ފްރޮންޓްލައިންތަކުގައި ތިބި ސިފައިންަދަނީ ދުވަސްތައް ހޭދަކުރަމުންނެވެ.

އިގުތިސާދީ ކާރިސާ އާ އެކު ގާނާގެ ރައީސްގެ އިސްތިއުފާ އަށް ގޮވާލަނީ
އިގުތިސާދީ ކާރިސާ އާ އެކު ގާނާގެ ރައީސްގެ އިސްތިއުފާ އަށް އެ ގައުމުގެ އާންމު ރައްޔިތުން ގޮވާލަން ފަށައިފިއެވެ.

ނައިބު ރައީސް ކޮޕް27 ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ވަޑައިގަތުން
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަނީ ކޮޕް27 ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް މިސްރަށް ވަޑައިގަންނަވާފައެވެ.

ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ތޮށްޖެހި މަރުވި މީހުންގެ ޖަނާޒާ
ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ އިތޭވަން ޑިސްޓްރިކްޓުގައި ހެލޮވީން ފާހަގަ ކުރަމުންދަނިކޮށް ތޮއްޖެހި 150 މީހުން ވަނީ މަރުވެފައެވެ.

ވިކްޓްރީ ލެޕް
އެމްއެންޑީއެފްއިން ނަސްރުގެ ދުވަހާ ގުޅިގެން "ވިކްޓްރީ ލެޕް" ބާއްވައިފި

އިންޑިއާގެ 140 އަހަރަށް ވުރެ ގިނަދުވަސްވީ ބްރިޖެއް ވެއްޓި 100ށް ވުރެ ގިނަ މީހުން މަރުވުން
އިންޑިޔާގެ ގުޖްރާތު ސްޓޭޓްގައި 140 އަހަރަށް ވުރެ ގިނަދުވަސްވެފައިވާ ބްރިޖެއް ވެއްޓި ސަތޭކައަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ޤަތަރު 2022 ގެ އެންމެ ފަހުގެ ތައްޔާރީތައް
ޤަތަރުގައި ބާއްވާ ވޯލްޑް ކަޕަކީ އަރަބި އިސްލާމީ ޤައުމެއްގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕެވެ. ޤަތަރުން މުބާރާތަށް ފޯރީގައި ތައްޔާރުވަމުން އަންނަ އިރު، އެ ޤައުމުން ބުނާ ގޮތުގައި މިއަހަރުގެ މުބާރާތަކީ މިހާތަނަށް ބާއްވާ އެންމެ ފުރިހަމަ ވޯލްޑް ކަަޕަށް ވާނެއެވެ. މުބާރާތް ފަށަން ކުޑަތަން ވަމުން އަންނަ ވަރަކަށް ޤަތަރުގައި އަންނަނީ ފޯރި ގަދަވަމުންނެވެ.

މުފްތީ މެންކްގެ ދަރުސް އަޑުއެއްސެވުމަށް ރައީސްގެ ދެކަނބަލުން ވަޑައިގަތުން
އޮކްޓޫބަރު 28 ވަނަ ދުވަހު އިސްމާއިލް ބިން މޫސާ (މުފްތީ މެންކު)ގެ ދަރުހެއް މާލޭގެ ކާނިވާ ސަރަހައްދުގައި ވަނީ ބާއްވާފައެވެ. މިދަރުހަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވިއެވެ.

ހެލޮވީން ފާހަގަކުރަން އުޅުމުގެ ތެރޭގައި ދެކުނު ކޮރިއާގައި 150މީހުން މަރުވުން
ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ އިތޭވަން ޑިސްޓްރިކްޓުގައި ހެލޮވީން ފާހަގަ ކުރަމުންދަނިކޮށް ތޮއްޖެހި 150 މީހުން ވަނީ މަރުވެފައެވެ.

އިނގިރޭސި އައު ބޮޑުވަޒީރު ލަންޑަންގެ ހޮސްޕިޓަލަކަށް ޒިޔާރަތްކުރެއްވުން
އިނގިރޭސި އައު ބޮޑުވަޒީރު ރިޝީ ސުނާކް ވަނީ ހުކުރު ދުވަހު ލަންޑަންގެ ހޮސްޕިޓަލަކަށް ޒިޔާރަތްކުރައްވާފައެވެ.

ރަޝިޔާއިން ޔޫކްރެއިންގެ އުމްރާނީ ބިނާތަކަށް ހަމަލާދިނުން
ރަޝިއާއިން އެންމެ ފަހުން ޔޫކްރެއިންގެ މަދަނީ އަދި އުމްރާނީ ވަސީލަތްތަކަށް ދިން ހަމަލާތަކުގެ ސަބަބުން ރިކަވަރީގެ ޚަރަދު ބޮޑުވެފައިވާ ކަމަށާއި ކަރަންޓާއި ފެނުގެ ސަޕްލައި ދެމެހެއްޓުމަށް މަހަކު ގާތްގަނޑަކަށް ހަތަރު ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ ވެރިޔާ ބުދަ ދުވަހު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ދިވެހި ދައުލަތުން މި ދުވަސް ފާހަގަކުރަން އެންމެ ފުރަތަމަ ފެށީ ހިޖުރައިން 1374 ވަނަ އަހަރެވެ. އެ އަހަރުން ފެށިގެން 1387ގެ ނިޔަލަށް 14 އަހަރު މި ދުވަސް ފާހަގަ ކުރުމަށްފަހު، އޭގެ ފަހުން އެ ދުވަސް ފާހަގަކުރުން ވަނީ ހުއްޓާލާފައެވެ. އެއަށްފަހު އަނެއްކާވެސް 1421 ވަނަ އަހަރުން ފެށިގެން ރާއްޖެ އިސްލާމްވި ދުވަސް ދަނީ ފާހަގަކުރަމުންނެވެ. މިއަހަރު ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ވަނީ ޚާއްސަ ޖަލްސާއެއް ބާއްވާފައެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަން 6 ހަފުތާ ކުރެއްވި ލިޒް ޓްރަސް
މެންޑޭޓުގައި ހިމެނޭ ކަންތައްތައް ފުރިހަމަނުކުރެއްވޭކަމަށް ވިދާޅުވަމުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގައި ހުންނެވި ލިޒް ޓަރަސް ވަނީ އޮކްޓޫބަރު 20 ވަނަ ދުވަހު މަގާމުން އިސްތިިއުފާދެއްވާފައެވެ.

ވޯލްޑް ކަޕްގައި ރާއްޖެޓީވީގެ އެނަލިސްޓުންނާއެކު ސޮއިކުރުން
މިފަހަރުގެ ވޯލްޑް ކަޕްގައި ރާއްޖެޓީވީގެ ކަވަރޭޖް މުއްސަނދިކޮށްފައި ވަނީ މިވަގުތު ރާއްޖޭގައި ތިބި އެންމެ ތަޖުރިބާކާރު، މޮޅު އެނަލިސްޓުންނާއެކުގައެވެ. ރާއްޖެ ޓީވީން ފަހިކޮށްދެނީ މުއްސަނދި މައުލޫމާތާއި ފުރިހަމަ ޓެކްނިކަލް އެނަލިސިސްއާއެކު، ވޯލްޑްކަޕްގެ ކޮންމެ މެޗެއް ބަލާލުމުގެ ފުރުސަތެވެ.

ޤަތަރު 2022
ޤަތަރުގައި ބާއްވާ ވޯލްޑް ކަޕަކީ އަރަބި އިސްލާމީ ޤައުމެއްގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕެވެ. މުބާރާތް ކުރިއަށް ދާނީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 18 އާ ހަމައަށެވެ. މިއަހަރުގެ މުބާރާތަކީ ނޮވެމްބަރު، ޑިސެމްބަރާ ދިމާކޮށް ބާއްވާ ފުރަތަމަ މުބާރާތެވެ.

ސީރިއާގެ ރެފިއުޖީ ކޭމްޕެއް
ސީރިއާގެ ރެފިއުޖީ ކޭމްޕުތަކުގައި ކޮލެރާ ފެތުރެމުންދާކަމަށް ބޭރުގެ މީޑިއާތަކުން ދަނީ ރިޕޯޓުކުރަމުންނެވެ.