"އަޅުގަނޑަކީ އެމްޑީޕީ މީހެއް، އަޅުގަނޑުގެ ދައުރަކީ އެމްޑީޕީއަށް، ރާއްޖޭގެ ވެރިކަން ހޯދައި ދިނުން"
އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ޞާލިހަށް އެރުވުމަށް ޓަކައި ޚާއްސަ ޖަލްސާ އެއް ބާއްވާފައިވަނީ 17 ފެބްރުއަރީ 2023 ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައެވެ. އެމަނިކުފާނު އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ 24،566 ވޯޓާއި އެކުގައެވެ.

އެމްޑީީޕީ ރިޔާސީ ޓިކެޓް، ރައީސް ސާލިޙަށް ހަވާލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން - ހަޤީގަތުގައި ވެސް އެމްޑީޕީ އަކީ ވިޝަނަރީ ވިސްނުމުގެ ދިވެހިން ކަމަށާއި، މާދަމާ ދާން އެދޭ ތަނަށް ވާން އެދޭ ގޮތަށް ހާސިލްކުރަން ނެތިއްޔާ މިއަދު އެމްޑީޕީގައި އޮންނަކަމަށާއި، ވޭތުވެ މިދާ ދައުރަކީ އެ ވިސްނުމުގައި ރާއްޖޭގެ މުސްތަގުބަލް ބިނާ ކުރާނެ ތަސައްވުރާ އޭގެ ތަންފީޒީ މަރުހަލާގައި ކުރިއަށްދާ ފަސް އަހަރު ކަމަށް ރައީސް ސާލިޙް ވަނީ ވިދާޅުވެފައި - ފޮޓޯ: އެމްޑީޕީ

އެމްޑީީޕީ ރިޔާސީ ޓިކެޓް، ރައީސް ސާލިޙަށް ހަވާލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން - ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕެއިން އަށް އެމަނިކުފާނު ނުކުންނާނީ "ތިޔަބޭފުޅުން" ދެއްވާ މަޝްވަރާ އާއި ޚިޔާލާ އަދި ތައްޔާރުކުރާ މެނިކފެސްޓޯ ހިފައިގެން ކަމަށް - ފޮޓޯ: އެމްޑީޕީ

އެމްޑީީޕީ ރިޔާސީ ޓިކެޓް، ރައީސް ސާލިޙަށް ހަވާލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން - ހެދިހުރި ދިވެހި އިންސާނާ އަކީ އެމްޑީޕީގެ ވިސްނުން ކަމަށާއި، އެކުއްޖާގެ ޅަފަތުގައި މަންމަ ނުވަތަ ބައްޕަ ވަޒީފާ އަދާކުރަމުން އާއިލާއެއް ބިނާކުރާނެ އާ ވިސްނުމެއް ފެނުނީ އެމްޑީޕީން ކަމަށާއި، އެކަން ތަންފީޒު ކުރަނީ ވެސް މި ސަރުކާރުން ކަމަށް ރައީސް ވިދާޅުވި - ފޮޓޯ: އެމްޑީޕީ

އެމްޑީީޕީ ރިޔާސީ ޓިކެޓް، ރައީސް ސާލިޙަށް ހަވާލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން - މިހާރު ފަށައިގެން އުޅޭ މަޝްރޫޢުތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދެވޭނީ އެމްޑީޕީ ވެރިކަމުގައި އޮވެގެން ކަމަށް ރައީސް ވިދާޅުވެފައިވޭ، އަދި ވިދާޅުވީ އެމަނިކުފާނަކީ އެމްޑީޕީ މީހެއް ކަމަށް - ފޮޓޯ: އެމްޑީޕީ

އެމްޑީީޕީ ރިޔާސީ ޓިކެޓް، ރައީސް ސާލިޙަށް ހަވާލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން - ކުރިއަށް އޮތީ އުޖާލާ ދުވަސްތަކެއް ކަމަށާއި، ތަނަވަސް ކަމާއި، އުފާފާގަތި ޖަޒީރާ ދިރިއުޅުމެއްގެ ބަހާރު މޫސުމަކަށް އަލިވިލޭވިލުމެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައި - ފޮޓޯ: އެމްޑީޕީ

އެމްޑީީޕީ ރިޔާސީ ޓިކެޓް، ރައީސް ސާލިޙަށް ހަވާލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން - ރައީސް ވިދާޅުވި ގޮތުގައި މި މަސައްކަތުގައި އެމަނިކުފާނުގެ ދައުރަކީ އެމްޑީޕީއަށް، ރާއްޖޭގެ ވެރިކަން ހޯދައި ދިނުން - ފޮޓޯ: އެމްޑީޕީ

އެމްޑީީޕީ ރިޔާސީ ޓިކެޓް، ރައީސް ސާލިޙަށް ހަވާލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން - ރާއްޖެ މި ބޭނުންވާ ހަމަޖެހުމާ ހަމަހަމަ ކަމާއި ތަފާތު ނުކުރުމާއި، ތަރައްޤީ ގެނެވޭނީ އެމްޑީޕީ ވެރިކަމުގައި އޮވެގެން ކަމަށް ރައީސް ވަނީ ވިދާޅުވެފައި - ފޮޓޯ: އެމްޑީޕީ

އެމްޑީީޕީ ރިޔާސީ ޓިކެޓް، ރައީސް ސާލިޙަށް ހަވާލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން - އެމަނިކުފާނު ވިދާޅުވީ ކުރިއަށް ވަޑައިގަންނަވާނީ އެމަނިކުފާނަށް ވޯޓު ދެއްވި މެންބަރުންގެ ނިންމުމާއި، އަދި ވިސްނުމާވެސް އެކުގައި ކަމަށް - ފޮޓޯ: އެމްޑީޕީ

އެމްޑީީޕީ ރިޔާސީ ޓިކެޓް، ރައީސް ސާލިޙަށް ހަވާލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން - ރައީސް ވިދާޅުވި ގޮތުން އެމަނިކުފާނު ކުރިއަށް ވަޑައިގަންނަވާނީ ތަފާތު ކުރުމެއް ނެތި އެންމެންނަށް، މުޅި ރާއްޖެއަށް ހެވާ ލާބަ ހޯދައި ދިނުމުގައި - ފޮޓޯ: އެމްޑީޕީ

އެމްޑީީޕީ ރިޔާސީ ޓިކެޓް، ރައީސް ސާލިޙަށް ހަވާލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން - ރައްޔިތުން ބޭނުންވަނީ ރާއްޖެއަށް މިގެނެވޭ ތަރަައްޤީއާއި އެކު ކުރިއަށްދާން ކަމަށާއި، އެ ގެނެވޭ ތަރައްޤީ އަކީ ވަކި މީހަކު ބާކީ ނުކޮށް އެންމެންނަށް އޭގެ ނަފާ ލިބިގެން ކުރިއަށް ދާ ދިއުމަކަށް ވުން ކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައި - ފޮޓޯ: އެމްޑީޕީ

އެމްޑީީޕީ ރިޔާސީ ޓިކެޓް، ރައީސް ސާލިޙަށް ހަވާލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން - ރައީސް ވިދާޅުވީ، މި ފަސް އަހަރު ދުވަހުގެ ތެރޭ މި ކާމިޔާބީތައް ހާސިލް ކުރެވެމުން މިދަނީ އެއްވެސް ހާލެއްގައި ކުރިމަތިވި ހުރަސްތަކާއި ގޮންޖެހުންތައް ނެތިވެ ނޫންކަމަށާއި، ބައެއް ފަހަރު ނުހަނު ދައްޗާއި ތުރާލާ ބޮޑެތި ހުރަސްތަކުގެ ތެރެއިން، މި ކާމިޔާބީތަކަށް ވާސިލުވެވުނީ އެމަނިކުފާނާއެކު ތިއްބެވި ރައްޔިތުންގެ ތާއީދާ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން ކަމަށް - ފޮޓޯ: އެމްޑީޕީ

އެމްޑީީޕީ ރިޔާސީ ޓިކެޓް، ރައީސް ސާލިޙަށް ހަވާލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން - އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މަގުސަދާ ބޭނުން ވަރަށް ސާފު ކަމަށާއި، ބޭނުންވަނީ ރާއްޖެއަކީ ސުލްހައާއި ހަމަޖެހުން ގާއިމުވެފައި އޮތް ތަނަކަށް ވުން ކަމަށް - ފޮޓޯ: އެމްޑީޕީ

އެމްޑީީޕީ ރިޔާސީ ޓިކެޓް، ރައީސް ސާލިޙަށް ހަވާލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން - ރައީސް ވިދާޅުވީ މިއީ ޚިޔާލުތަފާތުވުންތައް އެކަހެރިކޮށް، އަދި ޚިޔާލުތަފާތުވުންތައް ހުއްޓަސް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބު ކުރުމަށްޓަކައި އެންމެން އެއްވާންވީ ވަގުތުކަމަށް - ފޮޓޯ: އެމްޑީޕީ