Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަރުމަވަންތަ ހޮސްޕިޓަލްގެ ސުކޫކް އިޝޫކުރުން

ދަރުމަވަންތަ ހޮސްޕިޓަލުގެ ސުކޫކް އިޝޫ ކުރަނީ ކުރިން ނަގާފައިވާ ޔޫރޯ ބޮންޑު މެޗުއާ ވާތީ - މަބްރޫކް

31 މާރިޗު 2021 | ބުދަ 14:01

ދަރަންޏަށް ފައިސާ ނުދެއްކޭ ހާލަތެއްގައި ވެސް ދަރުމަވަންތަ ހޮސްޕިޓަލުގެ މިލްކުވެރިކަން ގެއްލިގެން ނުދާނެ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 31 މާރިޗު 2021 | ބުދަ 14:01
ދަރުމަވަންތަ ހޮސްޕިޓަލް

ދަރުމަވަންތަ ހޮސްޕިޓަލް

ދަރުމަވަންތަ ހޮސްޕިޓަލުގެ ސުކޫކް އިޝޫކުރުމަށް ފިނޭންސް މިނިސްޓްރީން ނިންމީ، 2017 ގައި އިޝޫކުރި ޔޫރޯ ބޮންޑު، މިއަންނަ އަހަރު މެޗުއާ ވާތީކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު، ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި، މަބްރޫކް ވިދާޅުވީ، 2017 ވަނަ އަހަރު ނަގާފައި އޮތް ޔޫރޯ ބޮންޑުގައި 6.3 ބިލިއަން ރުފިޔާ ވާކަމަށެވެ. އަދި ފެށޭ އަހަރަކީ އާދަޔާ ޚިލާފަށް، ގިނަ އަދަދެއްގެ ފައިސާ އަނބުރާ ދައްކަން ޖެހިފައިވާ އަހަރެއްކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެހެންކަމުން، ދަރުމަވަންތަ ހޮސްޕިޓަލުގެ ސުކޫކް އިޝޫ ކުރުމުން، މި އަންނަ އަހަރު އެއްފަހަރާ، 250 މިލިއަން ޑޮލަރުގެ ފައިސާ އަނބުރާ ދެއްކުމުގެ ބަދަލުގައި، އެ ފައިސާ ފަސް އަހަރަށް ބަހާލައިގެން ދެއްކޭނެ ގޮތް ހަމަޖެހިގެން ދާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ސްކޫކް އިޝޫ ކުރުމުން، އެތަނުގެ މިލްކުވެރިކަން ގެއްލިދާނެކަމަށް ހީވެފައި އޮންނަ އޮތުމުގެ މައްޗަށް އަލި އަޅުއްވާލައްވައި މަބްރޫކް ވިދާޅުވީ، ދަރަނި ނުދެއްކޭ ހާލަތުގައި އެހެން ބައެއްގެ ތަނަކަށް ވެގެން ދާނެކަމަށް ދެކެވޭ ވާހަކައަކީ ވަރަށް ބޮޑު އޮޅުމެއް ކަމަށެވެ. އަދި ސުކޫކްގެ އެއްބަސްވުމަކީ އިޖާރާ އެއްބަސްވުމެއްކަމަށާއި، އޭގެ ދަށުން 100 އިންސައްތަ ސަރުކާރުގެ ހިއްސާ އޮންނަ ސްޕެޝަލް ޕާޕޯސް ވެހިކަލް އެއް ނުވަތަ އެސެޓް ރެޖިސްޓާ ކުރުމަށް ހެދޭ ކުންފުންޏެއްގައި، އެސެޓް ބޭއްވެނީ ކަމަށެވެ. މިގޮތަށް އެސެޓް ޑިކްލެއަރ ކުރަންޖެހެނީ، އެސެޓުން ލިބޭ ފައިދާ ސުކޫކަށް ރީފައިނޭންސް ކުރުމުގެ ބޭނުމުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، މިފަދަ އެއްބަސްވުމެއްގައި އެއްވެސް ހާލެއްގައި އަދި އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރެވިގެން ނުދާނެ ކަމަށެވެ. އަދި ދަރަންޏަށް ފައިސާ ނުދެއްކޭ ހާލަތެއްގައި ވެސް ދަރުމަވަންތަ ހޮސްޕިޓަލުގެ މިލްކުވެރިކަން ގެއްލިގެން ނުދާނެކަމަށާއި، އެކަމަށް ޒިންމާވާން ޖެހޭނީ ސަރުކާރުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ފިނޭންސް މިނިސްޓްރީ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
10 ޑިސެމްބަރު 2025

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!
30 ނޮވެމްބަރު 2025

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
25 ނޮވެމްބަރު 2025

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި
22 ނޮވެމްބަރު 2025

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް
19 ނޮވެމްބަރު 2025

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި
13 ނޮވެމްބަރު 2025

ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!

13 ނޮވެމްބަރު 2025
ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
06 ނޮވެމްބަރު 2025

ފިނޭންސް އިން އަންގައިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލައިފި

06 ނޮވެމްބަރު 2025
ފިނޭންސް އިން އަންގައިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް