Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިޚާބު

އެޗްޕީއޭގެ ގައިޑްލައިނަށް ބަދަލުތަކެއް ގެނެސް އިންތިޚާބުގެ ކަންކަމަށް ލުއިތަކެއްދެނީ

ގައިޑްލައިނާ ގުޅިގެން ހުރި ކަންބޮޑުވުންތައް އީސީން ވަނީ ފާޅުކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 9 މާރިޗު 2021 | އަންގާރަ 08:24
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި އީސީ އަދި އެޗްޕީއޭގެ އިސްވެރިން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި އީސީ އަދި އެޗްޕީއޭގެ އިސްވެރިން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެކުލަވާލާފައިވާ ގައިޑްލައިންގައި ހުރި ކަންކަން ލުއިކޮށް، އިންތިޚާބު މިހާރަށްވުރެ ފަސޭހަ އަދި ޚަރަދުކުޑަކޮށް ބޭއްވޭނެގޮތްތަކަކަށް ބަދަލުތައް ގެނައުމަށް ނިންމައިފިއެވެ.

ކޮވިޑްގެ މި ޕެންޑަމިކްތެރޭގައި ލޯކަލްކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް ޤާނޫނުން މިހާރު ވަނީ އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ލާޒިމްކޮށްފައެވެ. އަދި އިންތިޚާބު ކުރިޔަށް ގެންދަންޖެހޭނީ އެޗްޕީއޭއިން ހަދާފައިވާ ގައިޑްލައިނާ އެއްގޮތަށް ކަމަށް ޤާނޫނުގައި ބުނާއިރު އެގޮތުގެ މަތިން އެޗްޕީއޭއިން ވަނީ ގަވާއިދެއް އެކުލަވާލާފައެވެ. އެގޮތުގެ މަތިން އެޗްޕީއޭއިން އެކުލަވާލި ގައިޑްލައިނުގެ ސަބަބުން އިންތިޚާބު ބޭއްވުމަށް ދަތިތަކެއް ކުރިމަތިވެ ހަރަދުތައް އިންތިހާއަށް ބޮޑުވާކަމުގެ ޝަކުވާ އީސީން ވަނީ ކޮށްފައެވެ.

Advertisement - newsAdvertisement

އެގޮތުން މިދިޔަ ހަފްތާގައި މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އެކަމުގެ ކަންބޮޑުވުންތައް އީސީން ފާޅުކޮށްފައިވާއިރު ގައިޑްލައިންގެ ކަންތަކުގައި ހައްލެއް ގެނައުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އީސީ އާއި އެޗްޕީއޭ އާ ބައްދަލުކޮށްފައެވެ. ހޯމަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އެއްވެސް އިރެއްގައި އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިނާ ޚިލާފުވަނީ ނޫންކަމަށާއި އެޗްޕީއޭއިން ތައްޔާރުކުރާނީ ބަލިން ރައްކާތެރިވާނެ ގޮތްތަކަށް ބައްލަވައިގެން ކަމަށް އެނގިވަޑައިގަންނަވާކަމަށެވެ. ނަމަވެސް އެގޮތުގެ މަތިން ގައިޑްލައިން އެކުލަވާލުމުން އިންތިހާބުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް އީސީއަށް ދަތިތަކާކުރިމަތިވެ ޚަރަދުތައް އެތައް ގުނައަކުން ބޮޑުވެގެންދާކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެއިތުރުން ޤާނޫނުގައި ބުނާ ކެމްޕެއިންކުރުމުގެ 28 ދުވަހުގެ މުއްދަތެއް މަރޗް މަހުގެ 12 ވަނަ ދުވަހުން ފެށިގެން ދޭންޖެހޭއިރު ހަމަހަމަކަމާއެކު އެފުރުސަތު ނުދެވިދާނެކަމުގެ ބިރު އެބައޮތްކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އިންތިހާބުގެ ކަންކަން ކުރިޔަށްދާ ގޮތުން ކޯޓަށް މައްސަލަ ހުށަހަޅައިގެން އެފަރާތްތަކަށް ކާމިޔާބުކުރެވިދާނެ ފަދަ ކަންތައްތަކެއް އެބަހުރިކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެއިތުރުން ޝަރީފް ވިދާޅުވީ އޮފިޝަލުން ތަމްރީންކުރުމަށް ރަށްރަށަށްދާ އޮފިޝަލުންނަށް 5 ދުވަހުގެ ތެރޭގައި އެކަން ނުކުރެވިއްޖެނަމަ 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރަންޖެހޭއިރު ބައެއް ހިސާބުތަކުގައި 5 ދުވަސްތެރޭގައި ޓްރެއިނިންގ ކަންތައް ނުނިމޭނެކަމަށެވެ. އެހެންކަމުން ކަރަންޓީނުވާން ޖެހޭގޮތަށް އޮންނަ އޮތުމުގެ ސަބަބުން އިތުރު ހަރަދުތަކެއް ހިނގަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެއިތުރުން އިންތިޚާބު އޮންނަ ދުވަހު ޕޮޒިޓިވްވާނެ މީހުން ނޭންގޭއިރު އެމީހުންނަށް ވޯޓުލުމުގެ އިންތިޒާމު ވަކިން ހަމަޖެއްސޭނެ ގޮތެއް ނޯންނާނެކަމަށް ޝަރީފް ވިދާޅުވިއެވެ. އެއީ ވޯޓަރސް ލިސްޓަކީ މާކުރިން ތައްޔާރުކޮށް ސޮއިކޮށްފައި އޮންނަ ލިސްޓަކަށްވާއިރު އެފަދަ ގޮތަކަށް ކަންކަން ކުރުމުގެ ފުރުސަތު ނުލިބޭކަމަށް ޝަރީފް ވިދާޅުވިއެވެ. މީގެއިތުރުން މޮނިޓަރިންގ ގައި އޮންނަ ރަށެއްގައި ވޯޓުލުމުގެ ކަންކަން ކުރިޔަށް ގެންދެވޭނެ ގޮތެއް ގައިޑްލައިނުގައި ނުވާކަން އީސީން ފާހަގަކުރިއެވެ.

ގައިޑްލައިނާ ގުޅިގެން އީސީގެ ކަންބޮޑުވުންތައް ފާޅުކުރުމުން އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ވިދާޅުވީ ގައިޑްލައިން އެކުލަވާލާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބާރުއަޅައިގެން ކަމަށެވެ. މިގައިޑްލައިނުން ކިޔައިދެނީ އިންތިޚާބު ކުރިޔަށްދާއިރު ދެން ކަންތައްތައް ކުރަންވީ ގޮތްކަމަށް މައިމޫނާ ވިދާޅުވިއެވެ.

ދެ ފަރާތުގެ ވާހަކަތަކަށްފަހު ކޮމިޓީން ނިންމާފައިވަނީ އިންތިޚާބު ބޭއްވުމަށް މަގުފަހިވާގޮތަށް ގައިޑްލައިނަށް ބަދަލުތަކެއް ގެނައުމަށްފަހު މަރޗް މަހުގެ 11 ވަނަ ދުވަހު ކޮމިޓީއަށް ހުށަހެޅުމަށެވެ.

މިދިޔަ ހަފްތާގައި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އީސީން ބުނެފައިވަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އިންތިހާބު ބޭއްވުމަށް 42.8 މިލިއަން ރުފިޔާ އިތުރަށް ބޭނުންވާކަމަށެވެ. އެބަޖެޓް މުރާޖާކުރުމަށްފަހު ކޮމިޓީން ނިންމާފައިވަނީ ގައިޑްލައިނާ އެއްގޮތަށް އިންތިހާބު ބޭއްވުމަށް 29 މިލިއަން ރުފިޔާގެ ބަޖެޓެއް ދޫކުރުމަށެވެ. އިންތިޚާބު ބޭއްވުމަށް އީސީއަށް 51.1 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ މިދިޔަ އަހަރު ފާސްކޮށްފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބުރައްޔިތުންގެ މަޖިލިސްއިލެކްޝަންސް ކޮމިޝަންއެޗްޕީއޭ

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު