Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ފަހަތުން އަރައި އާސެނަލް މޮޅުވިއިރު، ޓޮޓެންހަމަށް ފަސޭހަ މޮޅެއް

ބާންލީ އަތުން ޓޮޓެންހަމް މޮޅުވީ 4-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 28 ފެބުރުއަރީ 2021 | އާދީއްތަ 16:56
ލެސްޓާ އާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އާސެނަލް މޮޅުވީ 3-1 ން

ލެސްޓާ އާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އާސެނަލް މޮޅުވީ 3-1 ން

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ލެސްޓާ ސިޓީ އަތުން ފަހަތުން އަރައި އާސެނަލް މޮޅުވިއިރު، ބާންލީ އަތުން ފަސޭހަކަމާއެކު ޓޮޓެންހަމް ހޮޓްސްޕާ މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ލެސްޓާ އަތުން ފަހަތުން އަރައި އާސެނަލް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ލެސްޓާއިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން ހަވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔޫރީ ޓިއެލެމަންސްއެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލުން ވަނީ ދެ ލަނޑު ޖަހައި އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އެގޮތުން މެޗުގެ 39 ވަނަ މިނެޓުގައި ޑޭވިޑް ލުއިޒް އާސެނަލަށް ނަތީޖާ އެއްވަރުކޮށްދިންއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޕެނަލްޓީއަކުން އެލެކްޒެންޑަ ލަކަޒޭޓް ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އަދި މި މެޗުގައި އާސެނަލުން ލީޑު ފުޅާކުރީ ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ނިކޮލަސް ޕެޕޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މޮޅާއެކު އާސެނަލް އޮތީ ތާވަލުގެ 10 ވަނައިގައި ކުޅުނު 26 މެޗުން ލިބުނު 37 ޕޮއިންޓާއެކުއެވެ. އަދި އާސެނަލް އަތުން ބަލިވި ލެސްޓާ އޮތީ ތާވަލުގެ ތިންވަނައިގައި 26 މެޗުން 49 ޕޮއިންޓާއެކުއެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޓޮޓެންހަމް މޮޅުވީ ބާންލީ އަތުން ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ޓޮޓެންހަމުން ލީޑު ނަގާފައިވަނީ މެޗުގެ ދެވަނަ މިނެޓުގައި ގެރެތު ބޭލް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ 15 ވަނަ މިނެޓުގައި ހެރީ ކޭން ޓޮޓެންހަމަށް ލީޑު ފުޅާކޮށްދިންއިރު، 31 ވަނަ މިނެޓުގައި ލޫކަސް މޯރާ ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ. އަދި މި މެޗުގައި ޓޮޓެންހަމުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު 55 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ބޭލެވެ.

މި މޮޅާއެކު ޓޮޓެންހަމް އޮތީ ތާވަލުގެ އަށްވަނައިގައި 25 މެޗުން 39 ޕޮއިންޓާއެކުއެވެ. އަދި ޓޮޓެންހަމް އަތުން ބަލިވި ބާންލީ އޮތީ ތާވަލުގެ 15 ވަނައިގައި 26 މެޗުން 28 ޕޮއިންޓާއެކުއެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
23 ޖެނުއަރީ 2017

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު