Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެމްކޯ ޖޫރިމަނާކުރުން

ވެމްކޯ 1.1 މިލިއަނުން ޖޫރިމަނާ ކުރި މައްސަލައިގައި އީޕީއޭއާއެކު މަޝްވަރާކުރަނީ

14 ޖެނުއަރީ 2021 | ބުރާސްފަތި 14:04

ވެމްކޯގެ ކުނި އުފުލާ އުޅަނދު ފަހަރުން މޫދަށާއި ފަޅުތެރެއަށް ކުނި އަޅާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 14 ޖެނުއަރީ 2021 | ބުރާސްފަތި 14:04
ކުނި އުކާލުމުގައި ވެމްކޯއިން ގެންގުޅޭ ކޮޅުވެއްޓިއެއް

ކުނި އުކާލުމުގައި ވެމްކޯއިން ގެންގުޅޭ ކޮޅުވެއްޓިއެއް

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) 1.1 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރި މައްސަލައާ ގުޅިގެން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާއެކު މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށް ވެމްކޯއިން ބުނެފިއެވެ.

ވެމްކޯއިން ބުނީ 17 ޖަނަވަރީ ވާ އާދިއްތަ ދުވަހު އީޕީއޭއާއެކު މަޝްވަރާ ބައްދަލުވުމެއް ކުރިއަށްދާނެ ކަމަށެވެ. އަދި މިބައްދަލުވުމަށްފަހު އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށް ވެމްކޯއިން މައުލޫމާތުދެއެވެ.

Advertisement - newsAdvertisement

ތިލަފުށީ ފަޅުތެރެއަށް ވެމްކޯއިން ކުނި އެޅުމާއި ގުޅިގެން އެ ކުންފުނި ޖޫރިމަނާކޮށް، އީޕީއޭއިން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ވެމްކޯގެ ކުނި އުފުލާ އުޅަނދު ފަހަރުން މޫދަށާއި ފަޅުތެރެއަށް ކުނި އަޅާފައިވާ މައްސަލަތަކެއް އެ އޭޖެންސީއަށް ތަކުރާރުކޮށް ހުށަހެޅިފައިވާ ކަމަށެވެ.

އެގޮތުން ލޭންޑިންގް ކްރާފްޓަށް ކުނި ބަރުކުރުމުގައި މޫދަށް ކުނި އެޅޭ މައްސަލައާއި، އުޅަނދަށް އަޅާފައިވާ ކުނި ކަވަރުނުކޮށް ކުނި އުފުލުމުގެ ސަބަބުން މޫދަށް ކުނި އެޅޭ މައްސަލަ އަދި އުޅަނދު ފަހަރުން ތިލަފުއްޓަށް ގެންދާ ކުނި އަންލޯޑު ކުރުމުގައި ފަޅުތެރެއަށް ގިނަ އަދަދަކަށް ކުނި އެޅޭ މައްސަލަތައް އެ އެޖެންސީން ކުރިއަށްގެންދާ ރޭންޑަމް އިންސްޕެކްޝަންތަކުންވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ 4 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އެކިފަހަރު މަތިން މިކަމާ ގުޅޭގޮތުން ވެމްކޯއަށް ސިޓީ ފޮނުވާފައިވާ އީޕީއޭއިން ބުނެފައިވެއެެވެ.

މިމައްސަލައާ ގުޅިގެން އީޕީއޭއިން ބުނީ ވެމްކޯގެ ކުނި އުފުލާ އުޅަނދު ފަހަރުން މޫދަށާއި ފަޅުތެރެއަށް ކުނި އަޅާފައި ވާތީ އާއި ކުނި އުފުލުމުގެ މަސައްކަތްކުރުމުގެ ތެރޭގައި މޫދަށް ކުނި އެޅުމަށް މަގުފަހިވާގޮތަށް އަމަލުކުރަމުން ދިޔުމާ ގުޅިގެން، އެކަންކަން އިސްލާހުކުރުމަށް ތަކުރާރުކޮށް އަންގައިފައިވަނިކޮށް އިސްލާހުކޮށްފައި ނުވާތީވެ، އެ ކުންފުންޏަށް އަޅާ އިސްލާހީ ފިޔަވަޅެއްގެ ގޮތުން ޖޫރިމަނާގެ ގޮތުގައި ތިމާވެއްޓާއި ބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ކުނި މެނޭޖުކުރުމާއި ބެހޭ ގަވާއިދުގެ 4 ވަނަ އިސްލާހުގެ ޖަދުވަލު (ނ) ގެ ދަށުން އަދި ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން -/1,128,750 (އެއްމިލިއަން އެއްސަތޭކަ އަށާވީސްހާސް ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

މިފައިސާ 11 ޖެނުއަރީ 2021 އިން ފެށިގެން ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދެއްކުމަށްވެސް އީޕީއޭއިން އަންގާފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް