Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓް

2017 ވަނަ އަހަރު ގަވާއިދާ އެއްގޮތަށް ފައިސާ ބަލަހައްޓާފައި ނުވާ ތަންތަނުގެ ތެރޭގައި ގއ އަތޮޅުގެ ސިއްހީ ހިދުމަތްދޭ ހުރިހާތަނެއް!

6 ޖެނުއަރީ 2021 | ބުދަ 04:27

ހެލްތުގެ ދަށުން ހިނގާ 12 އިދާރާއަކުން އާމްދަނީގެ ގޮތުގައި ބަލައިގަނެފައިވާ ޖުމުލަ 6,607,631 ރުފިޔާ ޕަބްލިކް އެކައުންޓަށް ޖަމާކޮށްފައި ނުވޭ

މަޚްތޫމް
މަޚްތޫމް | 6 ޖެނުއަރީ 2021 | ބުދަ 04:27
ގއ އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުން؛ ފައިސާގެ މުއާމަލާތްތައް މި ހޮސްޕިޓަލުން ބަލަހައްޓާފައި ނުވޭ

ގއ އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުން؛ ފައިސާގެ މުއާމަލާތްތައް މި ހޮސްޕިޓަލުން ބަލަހައްޓާފައި ނުވޭ | -

2017 ވަނަ އަހަރު ސިއްހީ ހިދުމަތްދޭ ތަންތަނުން މާލިއްޔަތު ގަވާއިދާ އެއްގޮތަށް ފައިސާ ބަލަހައްޓާފައި ނުވާ ކަމަށާއި، އޭގެ ތެރެއިން ވެސް ގއ. އަތޮޅު ހޮސްޕިޓަލް އެންމެ ކުރީގައި ހިމެނޭ ކަމަށް ހެލްތް މިނިސްޓްރީގެ2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުންދައްކައިފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ ހެލްތް މިނިސްޓްރީގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ދައުލަތުގެ އާމްދަނީގެ ގޮތުގައި ބަލައިގަންނަ ފައިސާ މިނިސްޓްރީ އޮފް ފިނޭންސަށް ދެއްކުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރަމުން ގެންދިއުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 5.22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް، މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގާ 12 އިދާރާއަކުން އާމްދަނީގެ ގޮތުގައި ބަލައިގަނެފައިވާ ޖުމުލަ 6,607,631 (ހަ މިލިއަން ހަ ސަތޭކަ ހަތް ހާސް ހަ ސަތޭކަ ތިރީސް އެކެއް) ރުފިޔާ 31 ޑިސެންބަރު 2017 ގެ ނިޔަލަށް ވެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓަށް ޓްރާންސްފަރ ކޮށްފައިނުވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި 12 ތަނުގެ ތެރޭގައި އެންމެ ގިނަ ފައިސާ ޖަމާކޮށްފައި ނުވަނީ ގއ. ވިލިނގިލިގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުންނެވެ. އަދި އެ ހޮސްޕިޓަލުގެ ދަށުން ބަލަހައްޓަމުން އަންނަ އެ އަތޮޅުގެ ހުރިހާ ރަށެއް ހިމެނެއެވެ.

މާލިއްޔަތު ގަވާއިދާ އެއްގޮތަށް ފައިސާ ބަލަހައްޓާފައި ނުވާ 12 ތަނުގެ ތެރޭގައި ހިމެނެނީ؛

- ގއ. އަތޮޅު ހޮސްޕިޓަލް - 4،324،010 (ހަތަރު މިލިއަން ތިންލައްކަ ސައުވީސް ހާސް ދިހަ ރުފިޔާ)

- ގއ. ކޮލަމާފުށީ ހެލްތް ސެންޓަރ – 129،030 (އެއްލައްކަ ނަވާވީސް ހާސް ތިރީސް ރުފިޔާ) - ގއ. ދެއްވަދޫ ހެލްތް ސެންޓަރ – 83،523 (އަށްޑިހަ ތިންހާސް ފައްސަތޭކަ ތޭވީސް ރުފިޔާ)

- ގއ. ދާންދޫ ހެލްތް ސެންޓަރ – 191،335 (އެއްލައްކަ ނުވަދިހަ އެއް ހާސް ތިންސަތޭކަ ތިރީސް ފަސް ރުފިޔާ)

- ގއ. މާމެންދޫ ހެލްތް ސެންޓަރ – 94،328 – (ނުވަދިހަ ހަތަރުހާސް ތިންސަތޭކަ އަށާވީސް ރުފިޔާ)

- ގއ. ކޮނޑޭ ހެލްތް ސެންޓަރ – 55،650 – (ފަންސާސް ފަސްހާސް ހަސަތޭކަ ފަންސާސް ރުފިޔާ)

- ގއ. ނިލަންދޫ ހެލްތް ސެންޓަރ – 75،028 – (ހަތްދިހަ ފަސްހާސް އަށާވީސް ރުފިޔާ)

- ގއ. ގެމަނަފުށި ހެލްތް ސެންޓަރ - 96،504 – (ނުވަދިހަ ހަހާސް ފައްސަތޭކަ ހަތަރު ރުފިޔާ)

- ގއ. ކަނޑުހުޅުދޫ ހެލްތް ސެންޓަރ – 69،493 – (ފަސްދޮޅަސް ނުވަހާސް ހަތަރުސަތޭކަ ރުފިޔާ) ނުވަދިހަ ތިން ރުފިޔާ)

- މ. މުލީ ރީޖަނަލަ ހޮސްޕިޓަލް – 1،021،074 – (އެއް މިލިއަން އެކާވީސްހާސް ހަތްދިހަ ހަތަރު ރުފިޔާ)

- ފުވައްމުލަކު އަތޮޅު ހޮސްޕިޓަލް – 405،690 – (ހަތަރުލައްކަ ފަސްހާސް ހަސަތޭކަ ނުވަދިހަ ރުފިޔާ ރުފިޔާ)

- ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) – 61،912 – (ފަސްދޮޅަސް އެއްހާސް ނުވަސަތޭކަ ބާރަ ރުފިޔާ)

މި މައްސަލަ އިސްލާހުކުރުމަށް އޮޑިޓަރ ޖެނެރަލް ލަފާ ދެއްވާފައިވަނީ މާލިއްޔަތުގެ ގަވާއިދުގެ 5.22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އާމްދަނީގެ ގޮތުގައި ބަލައިގަންނަ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓަށް ޓްރާންސްފަރ ކުރަމުން ގެންދިއުމަށެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

4

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

5

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް