Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ވުލްވްސް ބަލިކޮށް ޔުނައިޓެޑް ދެވަނައަށް

30 ޑިސެމްބަރު 2020 | ބުދަ 04:35

ވުލްވްސް އަތުން ޔުނައިޓެޑް މޮޅުވީ 1-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 30 ޑިސެމްބަރު 2020 | ބުދަ 04:35
ޔުނައިޓެޑާއި ވުލްވްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓެޑް މޮޅުވީ 1-0 ން

ޔުނައިޓެޑާއި ވުލްވްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓެޑް މޮޅުވީ 1-0 ން

އިނގިރޭސި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެރޭ ވުލްވްސް ބަލިކޮށް ތާވަލުގެ ދެވަނައަށް މެންޗެސްޓާ ޔުނައިޓެޑް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ޔުނައިޓެޑް މޮޅުވީ ފަހު ވަގުތު 1-0 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ވުލްވްސްއިން ވަނީ ތިން ހަމަލާއެއް އުފައްދާފައެވެ. އެގޮތުން އޭރިއާ ބޭރުން ވުލްވްސްގެ ވިޓީނިއާ ފޮނުވާލި ހަމަލާއެއް ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ ދިފާއުކުރިއިރު، އޭގެ ފަހުން ވުލްވްސްގެ ރޯމެއިން ސައިސް ބޮލުން ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. އަދި މި ހާފުގައި ސައިސް ފޮނުވާލި އިތުރު ހަމަލާއެއް ޔުނައިޓެޑުގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުގެ މޭސަން ގްރީންވުޑް ނަގައިދިން ހުރަހަކުން އެ ޓީމުގެ ބްރޫނޯ ފެނާންޑޭސް ނުރައްކާތެރި ހަމަލާއެއް އުފެއްދި ނަމަވެސް، އެ ހަމަލާ ވުލްވްސްގެ ގޯލްކީޕަރު ރުއީ ޕެޓްރީޝިއޯ ވަނީ މަތަކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުގެ އެޑިންސަން ކަވާނީ ލަނޑެއް ޖެހި ނަމަވެސް، އޭނާ އޮފްސައިޑުގައި ހުރުމުން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. އަދި މި ހާފުގައި ވުލްވްސްގެ އައިޓް-ނޫރީ ފޮނުވާލި ހަމަލާއެއް ޔުނައިޓެޑުގެ ގޯލްކީޕަރު ވަނީ މަތަކޮށްފައެވެ. މި މެޗުން ޔުނައިޓެޑް މޮޅުވީ މެޗުގެ އިތުރު ވަގުތުގައި މާކަސް ރަޗްފޯޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ފެނާންޑޭސް ދިން ޕާހަކުންނެވެ.

މި މޮޅާއެކު ޔުނައިޓެޑް ތާވަލުގެ ދެވަނައަށް ޖެހިލީ ކުޅުނު 15 މެޗުން ލިބުނު 30 ޕޮއިންޓާއެކުއެވެ. ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލަށް 15 މެޗުން ވަނީ 32 ޕޮއިންޓް ލިބިފައެވެ. އަދި ޔުނައިޓެޑް އަތުން ބަލިވި ވުލްވްސް އޮތީ ތާވަލުގެ 12 ވަނައިގައި 16 މެޗުން 21 ޕޮއިންޓާއެކުއެވެ.

މީގެ އިތުރުން ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެރޭ އާސެނަލް ވަނީ ރަށުން ބޭރުގައި ބްރައިޓަން އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ބްރައިޓަނުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ހާފުގައި އެ ޓީމުން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން އެ ޓީމުގެ އެލެކްސިސް މެކް އެލިސްޓާ އާއި ޖަހަންބަޚްޝްއަށް ވަނީ ލީދު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ ދެވަނަ ހާފުގައި އާސެނަލުގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން ނުރައްކާތެރި ހަމަލާއެއް އުފެއްދި ނަމަވެސް، މި ހަމަލާ ބްރައިޓަނުގެ ގޯލްކީޕަރު ރޮބާޓް ސަންޗޭޒް ވަނީ މަތަކޮށްފައެވެ. މި މެޗުގެ ހަމައެކަނި ލަނޑު 66 ވަނަ މިނެޓުގައި އާސެނަލަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަލެކްސަންޑަ ލަކަޒޭޓެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ކުޅެން އެރިތާ 21 ސިކުންތުގެ ތެރޭގައެވެ.

މި މޮޅާއެކު އާސެނަލް އޮތީ ތާވަލުގެ 13 ވަނައިގައި 16 މެޗުން 20 ޕޮއިންޓާއެކުއެވެ. އަދި އާސެނަލް އަތުން ބަލިވި ބްރައިޓަން އޮތީ ތާވަލުގެ 17 ވަނައިގައި 16 މެޗުން 13 ޕޮއިންޓާއެކުއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް