Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕެލޭގެ ރިކޯޑު މައްސަލަ

ޕެލޭގެ ރިކޯޑު މެސީއަށް މުގުރާނުލެވޭ: ސަންތޯސް

28 ޑިސެމްބަރު 2020 | ހޯމަ 10:11

ޕެލޭގެ ރިކޯޑު މެސީ މުގުރާލީ ބާސާއަށް 644 ލަނޑު ޖަހައިދީގެން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 28 ޑިސެމްބަރު 2020 | ހޯމަ 10:11
ބްރެޒިލުގެ ލެޖެންޑް ޕެލޭ އާއި ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އެކުގައި

ބްރެޒިލުގެ ލެޖެންޑް ޕެލޭ އާއި ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އެކުގައި

އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހައިގެން ބްރެޒިލުގެ ލެޖެންޑް ޕެލޭ ހަދާފައިވާ ރިކޯޑު ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީއަށް މުގުރާނުލެވޭ ކަމަށް ސަންތޯސްއިން ބުނެފިއެވެ.

މީގެ ކުރިން އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހައިގެން ޕެލޭ ރިކޯޑު ހަދާފައި އޮތީ ބްރެޒިލުގެ ސަންތޯސްއަށް 1956 ވަނަ އަހަރުން ފެށިގެން 1974 ވަނަ އަހަރުގެ ނިޔަލަށް ކުޅުނު ދުވަސްވަރު 656 މެޗުން 643 ލަނޑު ޖަހައިގެންނެވެ. މެސީ އެ ރިކޯޑު މުގުރާލީ ސްޕެނިޝް ލީގުގައި މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެރޭ ރެއާލް ވަޔަޑޮލިޑް އަތުން 3-0 ގެ ނަތީޖާއަކުން ބާސާ މޮޅުވި މެޗުގައެވެ. އެ މެޗުގައި ލަނޑު ޖަހައި މެސީ ވަނީ ބާސާއަށް ކުޅެދިން 749 މެޗުން 644 ލަނޑު ހަމަކޮށްފައެވެ.

އެކަމަކު ސަންތޯސްއިން ނެރުނު ބަޔާނެއްގައި ބުނީ އެކުވެރިކަމުގެ މެޗުތަކާއި އެކި މުބާރާތްތަކުގައި ކުޅުނު މެޗުތައް ލައިގެން ޕެލޭ އެޓީމަށް 1،091 ލަނޑު ޖަހާފައިވާ ކަމަށެވެ. އެހެންކަމުން ޕެލޭ އިތުރަށް ޖަހާފައިވާ 448 ލަނޑު އެއީ ނުވާ ކަމެއްގެ ގޮތުގައި ކަނޑަނޭޅޭނެ ކަމަށާއި، އެ ލަނޑުތަކަކީ ފީފާގެ ހުއްދަ ލިބިގެން ކުޅެފައިވާ މެޗުތަކުގައި ޖަހާފައިވާ ލަނޑުތަކެއް ކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.

އެކަމަކު މީގެ ކުރިން ޕެލޭގެ ރިކޯޑާ މެސީ އެއްވަރުކުރުމުން ޕެލޭ އަމިއްލައަށް ވަނީ މެސީއަށް ތާރީފުވެސް ކޮށްފައެވެ. މެސީ ހޯދި ކާމިޔާބީއަށް ތާރީފުކުރަމުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ޕެލޭ ބުނީ މެސީ ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔާ ކަމަށާއި، ހާއްސަކޮށް ބާސާގައި ވޭތުކުރާ ކާމިޔާބު ކެރިއަރަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި އެ ދެ މީހުން ފަދައިން އެއް ކުލަބެއްގައި، އެއް ޖާޒީއެއްގައި އެހާ ދުވަހު ހޭދަކުރާ ވާހަކަ އަކީ ފުޓްބޯޅައިގައި މަދުން ނޫނީ ނުފެންނާނޭ ކަންކަން ކަމަށްވެސް ޕެލޭ ވަނީ ބުނެފައެވެ.

ޕެލޭ ހަދާފައިވާ ރިކޯޑު މެސީ މުގުރާލިއިރު، ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީ ވަނީ އެ ޓީމާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އޭނާ ވަނީ އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު، އަދި ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައެވެ. އަދި މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް ހަ ފަހަރު ހޯދާފައެވެ. މެސީ އަކީ މި އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

03 ޖެނުއަރީ 2019

މެސީ ހުރީ މެރެޑޯނާ އާއި ޕެލޭގެ ލެވެލްގައެއް ނޫން: ޒިކޯ

03 ޖެނުއަރީ 2019
މެސީ ހުރީ މެރެޑޯނާ އާއި ޕެލޭގެ ލެވެލްގައެއް ނޫން: ޒިކޯ
14 އޮކްޓޯބަރު 2018

މެސީއަށް ބިޑުކުރި ވާހަކަ ސިޓީން ދޮގުކޮށްފި

14 އޮކްޓޯބަރު 2018
މެސީއަށް ބިޑުކުރި ވާހަކަ ސިޓީން ދޮގުކޮށްފި
19 އޯގަސްޓު 2018

މެސީއަށް ބްރޭކެއް ބޭނުންވޭ: މެރަޑޯނާ

19 އޯގަސްޓު 2018
މެސީއަށް ބްރޭކެއް ބޭނުންވޭ: މެރަޑޯނާ
28 ޖޫން 2018

މެސީއަށް ދަނޑުމަތީގައި ނުކުރެވޭނެ ކަމެއް ނެތް

28 ޖޫން 2018
މެސީއަށް ދަނޑުމަތީގައި ނުކުރެވޭނެ ކަމެއް ނެތް
21 މެއި 2018

މެސީއަށް ގްރީޒްމަން ވަރަށް ކަމުދޭ!

21 މެއި 2018
މެސީއަށް ގްރީޒްމަން ވަރަށް ކަމުދޭ!
29 މާރިޗު 2018

ސެވިއްޔާއާ ދެކޮޅަށް މެސީއަށް ކުޅެވޭނެ ކަމާ މެދު ސުވާލު އުފެދިއްޖެ

29 މާރިޗު 2018
ސެވިއްޔާއާ ދެކޮޅަށް މެސީއަށް ކުޅެވޭނެ ކަމާ މެދު ސުވާލު އުފެދިއްޖެ
28 މާރިޗު 2018

މެސީއަށް ފާޑުނުކިޔޭނެ، އޭނާއަކީ އާޖެންޓީނާގެ އެންމެ މުހިންމު ކުޅުންތެރިޔާ: ޑިއޭގޯ ކޮސްޓާ

28 މާރިޗު 2018
މެސީއަށް ފާޑުނުކިޔޭނެ، އޭނާއަކީ އާޖެންޓީނާގެ އެންމެ މުހިންމު ކުޅުންތެރިޔާ: ޑިއޭގޯ ކޮސްޓާ
26 ސެޕްޓެމްބަރު 2017

ނަމޫނާއެއްގެ ގޮތުގައި ބަލަނީ ރޮނާލްޑޯއާ މެސީއަށް: ކޭން

26 ސެޕްޓެމްބަރު 2017
ނަމޫނާއެއްގެ ގޮތުގައި ބަލަނީ ރޮނާލްޑޯއާ މެސީއަށް: ކޭން
22 ސެޕްޓެމްބަރު 2017

ޔުނައިޓެޑަށް ރިކޯޑު އާމްދަނީއެއް

22 ސެޕްޓެމްބަރު 2017
ޔުނައިޓެޑަށް ރިކޯޑު އާމްދަނީއެއް
25 ފެބުރުއަރީ 2017

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް