Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޔުނައިޓެޑް ޔޫރޮޕާ ލީގަށް، ޕީއެސްޖީ މެޗު ސަސްޕެންޑް

9 ޑިސެމްބަރު 2020 | ބުދަ 06:14

ލެއިޕްޒީގް އަތުން ޔުނައިޓެޑް ބަލިވީ 3-2 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 9 ޑިސެމްބަރު 2020 | ބުދަ 06:14
ލެއިޕްޒީގާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލެއިޕްޒީގް މޮޅުވީ 3-2 ން

ލެއިޕްޒީގާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލެއިޕްޒީގް މޮޅުވީ 3-2 ން

ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ރަށުން ބޭރުގައި އާރްބީ ލެއިޕްޒީގް އަތުން ބަލިވެ މުބާރާތުގެ ގްރޫޕް ސްޓޭޖުން މެންޗެސްޓާ ޔުނައިޓެޑް ކަޓައިފިއެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ޔުނައިޓެޑް ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ.

ލެއިޕްޒީގުގެ ދަނޑުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ ދެވަނަ މިނެޓުގައި ލެއިޕްޒީގަށް ލީޑު ނަގައިދިނީ އެންޖެލީނިއޯއެވެ. އަދި މެޗުގެ 13 ވަނަ މިނެޓުގައި އަމަދޫ ހައިދާރާ ވަނީ ލެއިޕްޒީގަށް ލީޑު ފުޅާކޮށްދީފައެވެ. އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގައި ލެއިޕްޒީގުގެ ވިލީ އޯބާން ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން ވަނީ އެ ލަނޑު އޮފްސައިޑް ކަމަށް ނިންމާފައެވެ.

މި މެޗުގައި ލެއިޕްޒީގުން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖަސްޓިން ކްލައިވަޓެވެ. އެކަމަކު އޭގެ ފަހުން މެޗުގެ 80 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑޭސް ވަނީ ޔުނައިޓެޑަށް ލަނޑެއް ޖަހައިދީފައެވެ. އަދި އޭގެ ދެ މިނެޓު ފަހުން ޕައުލް ޕޮގްބާ ވަނީ ޔުނައިޓެޑަށް ފަރަގު ކުޑަކޮށްދީފައެވެ.

މި މެޗުން ބަލިވެ މި ސީޒަނުގެ ޔުއެފާ ޔޫރޮޕާ ލީގަށް ޔުނައިޓެޑެޑް ވެއްޓުނުއިރު، މިއީ 2015-2016 ވަނަ އަހަރުގެ ސީޒަނަށްފަހު ޔުނައިޓެޑް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކެޓި ފުރަތަމަ ފަހަރެވެ.

ދެން މި ގްރޫޕުގައި ހިމެނޭ ޕީއެސްޖީ އާއި އިސްތަންބޫލް ބަޝަކްޝެހީރް އަންގަރަ ދުވަހުގެރޭ ބައްދަލުކުރި މެޗު ސަސްޕެންޑް ކުރީ ނަސްލީ ތަފާތު ކުރުމުގެ މައްސަަލައަކާ ގުޅިގެންނެވެ.

މި މެޗު ހުއްޓާލަން ޖެހުނީ މެޗުގެ ހަތަރުވަނަ އޮފިޝަލް ކަމަށްވާ ސަބެސްޓިއަން ކޮލްޓެސްކޫ ބަޝަކްޝެހީރުގެ އެސިސްޓަންޓް ކޯޗު ޕިއޭރޭ ވެބޯއާ ނަސްލީ ގޮތުން ދިމާކުރުމުންނެވެ. މެޗުގެ ހަތަރުވަނަ އޮފިޝަލް ކޮލްޓެސްކޫ ދިން ލަފައަކަށް ބަލައި ރެފުރީ ވަނީ ވެބޯއަށް ރަތް ކާޑު ދައްކާފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ހަތަރުވަނަ އޮފިޝަލް ކޮލްޓެސްކޫ ބަޝަކްޝެހީރުގެ އެސިސްޓަންޓް ކޯޗަށް އިޝާރާތްކޮށް "ކަޅު މީހާ" މި ބަސް ވަނީ ބޭނުން ކޮށްފައެވެ. އެއާއެކު ކޮލްޓެސްކޫ ދެއްކި ވާހަކަތައް ބަޝަކްޝެހީރުގެ ބެންޗުގައި އިން ފޯވާޑް ޑެމްބަ ބާ އާއި ޕީއެސްޖީގެ އޮފިޝަލުން ވަނީ ރެފުރީގެ ސަމާލުކަމަށް ގެނެސްފައެވެ.

އަދި ކޮލްޓެސްކޫ ލައިގެން މެޗު ކުރިއަށްގެންދަން ބޭނުންނުވާތީ މެޗުގެ 14 މިނެޓު ކުޅެފައި ވަނިކޮށް ބަޝަކްޝެހީރުގެ ކުޅުންތެރިން ވަނީ ދަނޑުން ފާބާފައެވެ. އެއާއެކު ޕީއެސްޖީގެ ކުޅުންތެރިންވެސް ވަނީ ދަނޑުން ފާބާފައެވެ.

މި މައްސަލައިގައި ޔުއެފާއިން ނެރުނު ބަޔާނެއްގައި ވަނީ ކޮލްޓެސްކޫގެ މައްސަލަ ތަހުގީގުކުރާނެކަން ހާމަކޮށްފައެވެ. އަދި ޕީއެސްޖީ އާއި ބަޝަކްޝެހީރް ބައްދަލުކުރާ މެޗުގެ ހޯމަ ދުވަހުގެރޭ 14 މިނެޓުން ފަށައިގެން އަލުން ކުޅުމަށްވެސް ޔުއެފާއިން މިހާރު ވަނީ ތާވަލުކޮށްފައެވެ.

މި މެޗުން ކޮންމެ ނަތީޖާއެއް ނުކުން ނަމަވެސް، ގްރޫޕް އެޗްގައި ހިމެނޭ ލެއިޕްޒީގާއި ޕީއެސްޖީ މިހާރު ވަނީ ދެވަނަ ބުރަށް ކޮލިފައިވެފައެވެ. މި ގްރޫޕުގެ އެއްވަނައިގައި ލެއިޕްޒީގް އޮތީ ހަ މެޗުން 12 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޕީއެސްޖީއަށް ފަސް މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޔުނައިޓެޑަށް ހަ މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. އެހެންކަމުން ޕީއެސްޖީއަށް ކުރި ލިބެނީ ހެޑް-ޓު-ހެޑް ގަވާއިދުންނެވެ. އަދި މި ގްރޫޕުގެ ފުލުގައި ބަޝަކްޝެހީރް އޮތީ ފަސް މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް