Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަޖެޓް 2021

އަންނަ އަހަރުގެ މުޅި ބަޖެޓްގެ 11 އިންސައްތަ ވަނީ ތައުލީމީ ދާއިރާއަށް ހާއްސަކޮށްފައި: އެޑިއުކޭޝަން މިނިސްޓަރ

19 ނޮވެމްބަރު 2020 | ބުރާސްފަތި 10:12

އެޑިއުކޭޝަން މިނިސްޓްރީއަށް ބަޖެޓުގައި 3 ބިލިއަން ކަނޑައަޅާފައިވޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 19 ނޮވެމްބަރު 2020 | ބުރާސްފަތި 10:12
އަންނަ އަހަރަށް ކުރަން ނިންމާފައިވާ ކަންކަން ކުރުމަށް ބޭނުންވާ ވަރަށް ބަޖެޓް ލިބިފައިވާކަމަށް މިނިސްޓަރ ވިދާޅުވި

އަންނަ އަހަރަށް ކުރަން ނިންމާފައިވާ ކަންކަން ކުރުމަށް ބޭނުންވާ ވަރަށް ބަޖެޓް ލިބިފައިވާކަމަށް މިނިސްޓަރ ވިދާޅުވި

2021 އަށް ކަނޑައަޅާފައިވާ ބަޖެޓަށް ބަލާއިރު މުޅި ބަޖެޓްގެ 11 އިންސައްތަ ހާއްސަކޮށްފައިވަނީ ތައުލީމީ ދާއިރާއަށް ކަމަށާއި މިއީ އުއްމީދީ ބަޖެޓެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ 'ބަޖެޓް 2021' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީއަށް ހަމަ އެކަނި ބެލިނަމަވެސް ބަޖެޓުގައި 3 ބިލިއަން އެމިނިސްޓްރީއަށް ކަނޑައަޅާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި އަންނަ އަހަރަށް ކުރަން ނިންމާފައިވާ ކަންކަން ކުރުމަށް ބޭނުންވާ ވަރަށް ބަޖެޓް ލިބިފައިވާކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ހުރިހާ ހިދުމަތްތަކެއް ލާމަރުކުރުން ކަމަށާއި ތައުލީމީ ހިދުމަތްތައް ފަސް ސަރަހައްދެއްގައި ތަރައްގީ ކުރުމަށް އިސްކަމެއް ދީގެން ބަޖެޓް ކޮށްފައިވާ ކަމަށެވެ.

މިސަރަހަދުތައް ތަރައްގީ ކުރުމަށް ވިސްނާފައިވާ ގޮތް ކިޔައި ދެއްވަމުން މިނިސްޓަރ ވިިދާޅުވީ އެ މިނިސްޓްރީގެ ވިސްނުމަކީ މިހާރު އެ ހިސާބުތަކުގައިވާ ވަސީލަތްތައް އިތުރަށް ތަރައްގީކުރުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 9 ހަބް ސްކޫލެއް ގާއިމް ކުރެއްވުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ. އަދި މާލޭ ސަރަހައްދުގެ ސްކޫލްތަކުގައި ކުރެވެމުން ދާ މަސައްކަތުގެ ތެރެއިން ދަރުމަވަންތަ ސްކޫލުގެ މަސައްކަތް މިހާރުވެސް ކުރެވެމުން ދާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މީގެ އިތުރުން ހުޅުމާލޭގައި އިތުރު އާ ސްކޫލެއް ގާއިމް ކުރުމުގެ މަސައްކަތް ކުރެވެމުން ދާކަމަށާ އިންޓަރނޭޝަނަލް ޕާޓީ އަކުން ބައިލެންގުއަލް ސްކޫލެއް އެޅުމަށް ތައްޔާރުވަމުން ދާކަން މިނިސްޓަރ ހާމަ ކުރެއްވި އެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިހާރުވެސް ކުރިއަށްދާ ނާސްތާ ޕްރޮގްރާމް އަންނަ އަހަރުވެސް ބަދަލުތަކަކާއި އެކު ހިންގުމަށް ބަޖެޓް ކުރެވިފައިވާކަމަށާއި، ބަދަލު އަންނާނީ މެނޫއަށް ކަމަށެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން ސާފުތާހިރު ކަން ދެމެހެއްޓޭނެ ފަދަ ގޮތަކަށް މި މެނޫ ހެދުމުގެ މަސައްކަތް ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

މީގެއިތުރުން މިނިސްޓަރ ވަނީ އެންމެ ބޮޑު އެއް ކާމިޔާބީއެއްގެ ގޮތުގައި ތައުލީމީ ގާނޫނު ހެދުން ފާހަގަ ކުރައްވާފައެވެ. އަދި ކޮވިޑް- 19 ގެ ދަތި އުނދަގޫތަކާއި އެކުވެސް ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދެވުނުކަން ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެގޮތުން ޔުނިސެފްގެ އެހީގައި މިހާތަނަށް 4 ހާހަށް ވުރެ ގިނަ މުދައްރިސުންނަށް އޮންލައިން ޕްލެޓްފޯމްތަކަށް އަހުލުވެރިވުމުގެ ގޮތުން ޓްރެއިނިންގ ދީފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި މުދައްރިސުންގެ އަމިއްލަ ވަގުތުތަކުގައި ހިންގުނު އެކިއެކި ތަމްރީނުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވާކަން މިނިސްޓަރ ހާމަކުރެއްވި އެވެ.

މިނިސްޓަރ ވިދާޅުވީ ސްކޫލަށް ދަރިވަރުން މިހާރު ގެންދަން ފަށާފައިވާއިރު އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދަރިވަރުންނާއި މުދައްރިސުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށެވެ.

މީގެ އިތުރުން މުދައްރިސުން ޓްރާންސްފަރ ކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އެ މުދައްރިސަކު ދާން ބޭނުންވާ ސްކޫލެއްގައި އެ މުދައްރިސެއްގެ މަގާމު އޮތްތޯ ބެލުމަށް ކަމަށާއި މިނިސްޓްރީއަށް މުދައްރިސުން ޓްރާންސްފަރ ކުރުމުގައި ވެވެން އޮތް މިންވަރަކުން އެހީވަމުން އަންނަ ކަމަށް މިނިސްޓަރ އައިޝަތު އަލީ ވިދާޅުވި އެވެ.

އަދި އާކުދިން، މުދައްރިސުންގެ ގޮތުގައި މުޖުތަމައުއަށް ނެރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ކުދިން މިދާއިރާއަށް ޝައުގުވެރި ކުރުމުގެ ގޮތުން ކެމްޕެއިންތަކެއް ހިންގަމުންދާކަމަށާއި މުދައްރިސުންގެ އަޑު، މުޖްތަމައުއަށް އިއްވުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް މިނިސްޓާރ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް