Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ނާޕޮލީ މެޗުން ޔުވެންޓަސް މޮޅުވި ކަމަށް ނިންމައިފި

14 އޮކްޓޯބަރު 2020 | ބުދަ 16:29

ނާޕޮލީން މެޗަށް ހާޒިރުނުވީ ކޮވިޑް-19 އަށް ކުޅުންތެރިންތަކެއް ޕޮޒިޓިވްވުމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 އޮކްޓޯބަރު 2020 | ބުދަ 16:29
ނާޕޮލީއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ޔުވެންޓަސްގެ ކުޅުންތެރިން ދަނޑަށް ހާޒިރުވެފައި

ނާޕޮލީއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ޔުވެންޓަސްގެ ކުޅުންތެރިން ދަނޑަށް ހާޒިރުވެފައި

ކޮވިޑް-19 އަށް ކުޅުންތެރިންތަކެއް ޕޮޒިޓިވްވުމުން އިޓާލިއަން ލީގުގައި މި މަހުގެ ހަތަރުވަނަ ދުވަހު ޔުވެންޓަސްއާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް މެޗަށް ނާޕޮލީން ހާޒިރުނުވުމުން، އެ މެޗުން ޔުވެންޓަސް މޮޅުވި ކަމަށް ނިންމައިފިއެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅެން ހަމަޖެހިފައި އޮތް މި މެޗަށް ނާޕޮލީގެ ކުޅުންތެރިން ހާޒިރުނުވުމުން 45 މިނެޓު ފަހުން ރެފުރީ ވަނީ މެޗު ނިންމާލާފައެވެ.

މި މެޗަށް ނާޕޮލީ ހާޒިރުނުވީ މެޗުގެ ކުރިން އެ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ ޕިއޮޓްރޭ ޒިއެލިންސްކީ އާއި އެލިފް އެލްމާސް ކޮވިޑް-19 އަށް ޕޮޒިޓިވްވުމުންނެވެ. އަދި އެއާއެކު ނާޕޮލީގެ މުޅި ޓީމު އައިސޮލޭޓް ވާން ނޭޕްލްސް ސިއްހީ އިދާރާއިން އެންގުމާ ގުޅިގެންނެވެ.

ނާޕޮލީގެ ދެ ކުޅުންތެރިން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު މީގެ ކުރިން އެ ޓީމުން ވަނީ މި މެޗު ފަސްކޮށްދިނުމަށްވެސް އެދެފައެވެ. އެކަމަކު އެގޮތަށް އިޓާލިއަން ލީގުން ނިންމާފައިނުވާތީ، ޔުވެންޓަސްއިން ވަނީ މެޗަށް ހާޒިރުވެފައެވެ.

އެކަމަކު އިޓާލިއަން ލީގުން ބުދަ ދުވަހުގެރޭ ނެރުނު ބަޔާނުގައި ވަނީ ކޮވިޑް-19 ގެ އުސޫލުތަކާ ނާޕޮލީ ޚިލާފުވި ކަމަށް ނިންމާ، އެ މެޗުން 3-0 ން ޔުވެންޓަސް މޮޅުވި ކަމަށް ނިންމާފައެވެ. އަދި މެޗަށް ހާޒިރުނުވުމުން ނާޕޮލީގެ ޕޮއިންޓެއް އުނިކުރަންވެސް ވަނީ ނިންމާފައެވެ.

މި މެޗުން ޔުވެންޓަސް މޮޅުވި ކަމަށް ނިންމުމުން، އެންމެ ފަހުގެ ޗެމްޕިއަނުން މިހާރު ވަނީ ތާވަލުގެ ހަތަރުވަނައަށް ޖެހިލާފައެވެ. އެ ޓީމަށް ވަނީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ލިބިފައެވެ. އަދި ނާޕޮލީ އަތުން ޕޮއިންޓެއް އުނިކުރުމާއެކު އެ ޓީމު ވަނީ ތާވަލުގެ އަށްވަނައަށް ވެއްޓިފައެވެ. ނާޕޮލީއަށް ކުޅުނު ތިން މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ

12 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ
12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް