Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރިމިއާ ލީގު ފޯމެޓް ބަދަލުކުރުން

ޕްރިމިއާ ލީގުގެ ޓީމުތަކުގެ އަދަދު 18ށް ކުޑަކުރަން ހުށަހަޅަނީ

12 އޮކްޓޯބަރު 2020 | ހޯމަ 10:10

މި ޕްރޮޕޯސަލަށް ޔުނައިޓެޑާއި ލިވަޕޫލުން ވަނީ ރުހުން ދީފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 12 އޮކްޓޯބަރު 2020 | ހޯމަ 10:10
ޕްރިމިއާ ލީގުގައި ލިވަޕޫލާއި ޔުނައިޓެޑް މީގެ ކުރިން ބައްދަލުކުރި މެޗެެއްގެ ތެރެއިން

ޕްރިމިއާ ލީގުގައި ލިވަޕޫލާއި ޔުނައިޓެޑް މީގެ ކުރިން ބައްދަލުކުރި މެޗެެއްގެ ތެރެއިން | ގެޓީ އިމޭޖަސް

އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމުތަކުގެ އަދަދު 20ން 18ށް ކުޑަކުރަން މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލުގެ އެހީތެރިކަމާއެކު ހުށަހަޅަން ތައްޔާރުވެއްޖެއެވެ.

އިނގިރޭސި ރިޕޯޓުތައް ބުނާ ގޮތުން "ޕްރޮޖެކްޓް ބިގް ޕިކްޗާ" ގެ ނަމުގައި ހުށަހަޅަން ތައްޔާރުކުރަމުން އަންނަ ޕްރޮޕޯސަލުގައި ޕްރިމިއާ ލީގުގެ ޓީމުތަކުގެ އަދަދު 20ން 18ށް ކުޑަކުރުމުގެ އިތުރަށް، އިނގިރޭސި ލީގު ކަޕް އުވާލުމަށްވެސް ހުށަހަޅާނެއެވެ. އަދި ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުވެސް ނުބޭއްވުމަށް ހުށަހަޅާނެއެވެ.

މި ޕްރޮޕޯސަލަށް ޔުނައިޓެޑާއި ލިވަޕޫލުން ރުހުން ދީފައިވާއިރު، ޕްރޮޕޯސަލާ ގުޅޭގޮތުން ވަރަށް އަވަހަށް މެންޗެސްޓާ ސިޓީ އާއި، ޓޮޓެންހަމް ހޮޓްސްޕާ އާއި، ޗެލްސީ އަދި އާސެނަލާވެސް މަޝްވަރާކުރާނެ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމަކު އިނގިރޭސި މީޑިއާތަކުގައި މި ޕްރޮޕޯސަލުގެ ވާހަކަ ފެތުރުމާއެކު ޕްރިމިއާ ލީގުގެ ބޯޑުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. އެ ބޯޑުން ނެރުނު ބަޔާނުގައި ބުނީ އިނގިރޭސި ލީގަކީ މުޅި ދުނިޔޭގައިވެސް ގިނަ ބަޔެއްގެ ތަރުޙީބު ލިބިފައިވާ މުބާރާތެއް ކަމަށާއި، މާލީ ގޮތުން އުނދަގޫތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި މިފަދަ ބޮޑު ބޮޑު ބަދަލުތަކެއް ގެންނަން ވިސްނުމަކީ ކުރުން ރަނގަޅު ކަމެއް ނޫން ކަމަށެވެ.

ޕްރިމިއާ ލީގުގެ ޓީމުތަކުގެ 18ށް ކުޑަކުރަން ހުށަހަޅާއިރު، އީއެފްއެލް ޗެމްޕިއަންޝިޕް (ދެވަނަ ޑިވިޝަން) ގެ ޗެމްޕިއަނާއި ރަނަރަޕް ޓީމަށް ޕްރިމިއާ ލީގުން ސީދާ ޖާގަ ދޭ ގޮތަށްވެސް ވަނީ ހިމަނާފައެވެ. އަދި ޕްރިމިއާ ލީގުގެ 16 ވަނައިގައި ނިންމާ ޓީމު ޕްލޭއޮފްގައި ކުޅެން ޖެހޭ ގޮތް ހަދަންވެސް ވަނީ ހިމަނާފައެވެ. އެއާއެކު މި ޕްރޮޕޯސަލަށް އީއެފްއެލްގެ ޗެއާމަން ރިކް ޕެރީ ވަނީ މަރުހަބާ ކިޔާފައެވެ.

ޔޫރަޕުގެ ގަދަ ފަސް ލީގުގެ ތެރެއިން 18 ޓީމާއެކު ލީގު ކުރިއަށްގެންދާ ހަމައެކަނި ލީގަކީ ޖަރުމަން ލީގެވެ. ޕްރިމިއާ ލީގުގައި މިހާރު 20 ޓީމު ހިމެނޭއިރު، އެފްއޭ ކަޕުގެ އިތުރަށް ލީގު ކަޕް ކުޅެން ޖެހުމާއެކު، ޓީމުތަކަށް ބާރުބޮޑުވާ ކަމަށް ބުނެ އެކިފަހަރު މަތިން ޓީމުތަކުގެ ކޯޗުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް