Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ސުޕަ ކަޕް

ސެވިއްޔާ ބަލިކޮށް ބަޔާނުން ސުޕަ ކަޕް ކާމިޔާބުކޮށްފި

25 ސެޕްޓެމްބަރު 2020 | ހުކުރު 03:47

ސެވިއްޔާ އަތުން ބަޔާން މޮޅުވީ 2-1 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 25 ސެޕްޓެމްބަރު 2020 | ހުކުރު 03:47
ޔޫރަޕުގެ ސީޒަން ހުޅުވާ މެޗު ކަމަށްވާ ޔުއެފާ ސުޕަ ކަޕުގެ ތަށި ބަޔާނުން އުފުލާލަނީ

ޔޫރަޕުގެ ސީޒަން ހުޅުވާ މެޗު ކަމަށްވާ ޔުއެފާ ސުޕަ ކަޕުގެ ތަށި ބަޔާނުން އުފުލާލަނީ

އިތުރު ވަގުތުގައި ހަވީ މާޓިނޭޒް ކާމިޔާބުކުރި ލަނޑާއެކު ޔޫރޮޕާ ލީގުގެ ޗެމްޕިއަން ސެވިއްޔާ ބަލިކޮށް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދި ބަޔާން މިއުނިކުން ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފިއެވެ.

ޔޫރަޕުގެ ސީޒަން ހުޅުވާ މެޗު ބަޔާނުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓްގެ ޕުސްކަސް އެރީނާގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މި މެޗު ބަލަން 30 އިންސައްތަ ސަޕޯޓަރުން ވައްދަން ޔުއެފާއިން ނިންމުމާއެކު، މެޗު ބަލަން 15،180 ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފައެވެ. މިއީ ކޮވިޑް-19 ގެ ބްރޭކަށްފަހު ޔުއެފާގެ މެޗަކަށް ސަޕޯޓަރުން ދަނޑަށް ވެއްދި ފުރަތަމަ ފަހަރެވެ.

މި މެޗުގައި ބަޔާނުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ސެވިއްޔާއިން ވަނީ މޮޅު ކުޅުމެއް ދައްކާ ބަޔާން ހިފަހައްޓާފައެވެ. އެގޮތުން މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ސެވިއްޔާއިންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު ސެވިއްޔާއަށް ކާމިޔާބުކޮށްދިނީ ލޫކަސް އޮކަމްޕޯސްއެވެ. މިއީ އޭރިއާ ތެރެއިން ސެވިއްޔާގެ މިޑްފީލްޑަރު އިވާން ރަކިޓިޗަށް ބަޔާނުގެ ޑިފެންޑަރު ޑޭވިޑް އަލަބާ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

އޭގެ ފަހުން މި މެޗުގައި ބަޔާނުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ފޯވާޑް ރޮބަޓް ލެވަންޑޯސްކީގެ އެހީއާއެކު މެޗުގެ 34 ވަނަ މިނެޓުގައި މި ލަނޑު ބަޔާނަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ލެއޯން ގޮރެޓްޒްކާއެވެ.

ދެވަނަ ހާފުގައިވެސް ބަޔާނުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ހާފު ފަށައިގެން ހަވަނަ މިނެޓުގައި ލެވަންޑޯސްކީ ވަނީ ލަނޑެއް ޖަހާފައެވެ. އެކަމަކު ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ރެފުރީ ވަނީ ލެވަންޑޯސްކީ އޮފްސައިޑުގައި ހުރުމުން އެ ލަނޑު ބާތިލުކޮށްފައެވެ. މެޗުގެ ދެވަނަ ހާފު ނިމެން ދަނިކޮށް ލީޑު ނަގަން އެންމެ ހުސް ފުރުސަތެއް ލިބުނީ ސެވިއްޔާގެ ޔޫސުފް ނަސީރަށެވެ. އެކަމަކު ހުހަށް ހުރެ އޭނާ ފޮނުވާލި ހަމަލާ ބަޔާނުގެ ގޯލްކީޕަރު މެނުއެލް ނޯޔާ ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ބަޔާނުން ވަނީ ލީޑު ނަގާފައެވެ. މި ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ބަޔާނަށް ލީޑު ނަގައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހަވީ މާޓިނޭޒެވެ.

ސެވިއްޔާ ބަލިކޮށް ބަޔާނުން ސުޕަ ކަޕްގެ ތަށި އުފުލާލިއިރު، އެ ޓީމުން ވަނީ މިދިޔަ ސީޒަނުގެ ތިން ތަށި ކާމިޔާބުކޮށްފައެވެ. ޗެމްޕިއަންސް ލީގުގެ އިތުރުން ބަޔާނުން ވަނީ މިދިޔަ ސީޒަނުގެ ޖަރުމަން ލީގާއި ޖަރުމަން ކަޕްވެސް ކާމިޔާބުކޮށްފައެވެ. އަދި ސުޕަ ކަޕަކީ ބަޔާނުގެ ކޯޗުގެ މަގާމާ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހަވާލުވި ހަންސީ ފްލިކުގެ ހަތަރުވަނަ ކާމިޔާބީއެވެ.

ފްލިކް ހަވާލުވި ފަހުން މިހާތަނަށް ބަޔާން ބަލިވެފައިވަނީ އެންމެ ތިން މެޗުންނެވެ. މެޗަކުން ބަލިނުވެ ބަޔާނުން މިހާތަނަށް 32 މެޗު ހަމަކޮށްފައިވާއިރު، އެ ޓީމު އެންމެ ފަހުން މެޗަކުން ބަލިވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް