Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަކާ ޔޫވީއަށް ބަދަލުވުން

ބަކާ ޔުނައިޓެޑް ވިކްޓަރީއަށް

24 ސެޕްޓެމްބަރު 2020 | ބުރާސްފަތި 10:24

އޭއެފްސީ ކަޕަށް މާޒިޔާއާ ގުޅެން ބަކާ ނިންމި ނަމަވެސް، އެ މުބާރާތް ފަހުން ވަނީ ކެންސަލް ކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 24 ސެޕްޓެމްބަރު 2020 | ބުރާސްފަތި 10:24
ކުލަބު ގްރީން ސްޓްރީޓްސްއަށް ކުޅެމުން އައި ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު މުޙައްމަދު އާރިފް (ބަކާ)

ކުލަބު ގްރީން ސްޓްރީޓްސްއަށް ކުޅެމުން އައި ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު މުޙައްމަދު އާރިފް (ބަކާ)

ކުލަބު ގްރީން ސްޓްރީޓްސްއަށް ކުޅެމުން އައި ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު މުޙައްމަދު އާރިފް (ބަކާ) ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ސޮއިކޮށްފިއެވެ.

ޔޫވީން ބަކާގެ ސޮއި ހޯދިއިރު، ދާދި ފަހުން އޭނާ ވަނީ އޭއެފްސީ ކަޕަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތައްޔާރުވިއިރު، އެ ޓީމާއެކު ފަރިތަކޮށްފައެވެ. އޭއެފްސީ ކަޕަށް މާޒިޔާއާ ގުޅެން ބަކާ ނިންމި ނަމަވެސް، މިއަހަރުގެ އޭއެފްސީ ކަޕް ފަހުން ވަނީ ކެންސަލް ކޮށްފައެވެ. އެހެންކަމުން އަންނަ ސީޒަނަށް ބަކާ ވަނީ ޔޫވީއަށް ސޮއިކޮށްފައެވެ.

ގައުމީ ފުޓްބޯޅަ ޓީމަށް އަދިވެސް ކުޅެމުން އަންނަ އުމުރުން 35 އަހަރުގެ ބަކާ އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ. އައިލެންޑް އެފްސީން 2004 ވަނަ އަހަރު ވިދާލި ބަކާ ވަނީ ކުލަބު ވެލެންސިއާ، ވީބީ އައްޑޫ އެފްސީ، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު، ވިކްޓަރީ ސްޕޯޓްސް ކުލަބު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ކުލަބު އީގަލްސް އަދި ގްރީން ސްޓްރީޓްސްއަށް ކުޅެފައެވެ. މީގެ އިތުރުން ބަކާ ވަނީ މިޔަންމާ ލީގުގައި ވާދަކުރި ކޭބީޒެޑަށްވެސް އެއް އަހަރު ކުޅެފައެވެ.

ބަކާގެ އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ ސާފް ޗެމްޕިއަންޝިޕް ދެ ފަހަރު ކާމިޔާބުކުރުމެވެ. އެގޮތުން ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް 2008 އާއި 2018 ގައި ކާމިޔާބުކުރިއިރު އެ ދެ ފަހަރުވެސް ބަކާ ވަނީ ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނިފައެވެ.

ޔޫވީން އަންނަ ސީޒަނަށް ބަކާގެ ސޮއި ހޯދިއިރު، މިހާތަނަށް އެޓީމުން ވަނީ އީގަލްސްގެ އިސްމާއިލް ފަރުހާދު (ފަރޭ) އާއި އަޙްމަދު ނިޒާމް (ކުޑަ ނިޒާމްބެ) ގެ ސޮއި ހޯދާފައެވެ.

އައު ސީޒަނުގެ ދިވެހި ޕްރިމިއާ ލީގަށް ޔޫވީން ތައްޔާރުވަމުން އައި ނަމަވެސް، އައު ސީޒަން ފަށާނެ ތާރިޚެއް އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކަނޑައަޅާފައެއް ނުވެއެވެ. އެކަމަކު މިއަހަރުގެ ޑިސެމްބަރު މަހު ފުޓްބޯޅަ ސީޒަން އަލުން ފަށަން އެފްއޭއެމުން މަސައްކަތް ކުރި ނަމަވެސް، ދާދި ފަހުން އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ފުޓްބޯޅަ ސީޒަން ފެށުން ޑިސެމްބަރު މަހަށްވުރެ ލަސްވުން އެކަށީގެންވާ ކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
30 ޖެނުއަރީ 2017

ޕަޔެޓް މާސޭއާ ގުޅުމުން ވެސްޓްހަމް ޔުނައިޓެޑް އިން ފާޑުކިޔައިފި

30 ޖެނުއަރީ 2017
ޕަޔެޓް މާސޭއާ ގުޅުމުން ވެސްޓްހަމް ޔުނައިޓެޑް އިން ފާޑުކިޔައިފި
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް