Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ޔުނައިޓެޑް ބަލިވިއިރު، އާސެނަލަށް މޮޅެއް

20 ސެޕްޓެމްބަރު 2020 | އާދީއްތަ 05:50

ޔުނައިޓެޑް ބަލިވީ ކްރިސްޓަލް ޕެލަސް އަތުން 3-1 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 ސެޕްޓެމްބަރު 2020 | އާދީއްތަ 05:50
ޔުނައިޓެޑާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓެޑް ބަލިވި 3-1 ން

ޔުނައިޓެޑާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓެޑް ބަލިވި 3-1 ން

އައު ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.

ލީގުގައި ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗުން ބަލިވީ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އަތުން 3-1 ންނެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު މި މެޗުގައި ޕެލަސްއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ޖެފްރީ ޝްލުޕްގެ އެހީއާއެކު ޕެލަސްއަށް ލީޑު ނަގައިދިނީ އަންޑްރެސް ޓައުންސެންޑެވެ.

މި މެޗުގައި ޕެލަސްއިން ލީޑު ފުޅާކޮށްފައިވަނީ 74 ވަނަ މިނެޓުގައެވެ. ޔުނައިޓެޑުގެ ޑިފެންޑަރު ވިކްޓަ ލިންޑެލޯފްގެ އަތުގައި ބޯޅަ ޖެހުމުން ރެފުރީ ޕެލަސްއަށް ޕެނަލްޓީއެއް ދިންއިރު، ޖޯޑަން އަޔޫ ފޮނުވާލީ ޕެނަލްޓީ ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފައެވެ. އެކަމަކު ޑެހެއާ އެ ޕެނަލްޓީ މަތަކުރީ މާކުރިއަށް ނުކުމެ ހުރުމުން ކަމަށް ނިންމާ ރެފުރީ ޕެލަސްއަށް އަލުން ޕެނަލްޓީއެއް ދިންއިރު، ފޯވާޑް ވިލްފްރިއެޑް ޒަހާ ވަނީ އެ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.

މި މެޗުގެ 80 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ފަރަގު ކުޑަކޮށްފައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާ މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެޓީމާ އަލަށް ގުޅުނު ނެދަލެންޑްސްގެ މިޑްފީލްޑަރު ޑޮނީ ވެން ޑަ ބީކެވެ. އެކަމަކު އޭގެ ފަސް މިނެޓު ފަހުން ޒަހާ ވަނީ ޕެލަސްއަށް އަލުން ލީޑު ފުޅާކޮށްދީފައެވެ.

މީގެ އިތުރުން ލީގުގައި ކުޅުނު ދެވަނަ މެޗުން އާސެނަލް ވަނީ ވެސްޓް ހޭމް ޔުނައިޓެޑް އަތުން 2-1 ން މޮޅުވެފައެވެ.

ހޮނިހިރު ދުވަހުގެރޭ އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެޓީމުންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ ފޯވާޑް އަލެކްސަންޑަ ލަކަޒޭޓެވެ.

އެކަމަކު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ވެސްޓް ހޭމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ރަޔާން ފްރެޑެރިކްސް ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު ވެސްޓް ހޭމަށް ކާމިޔާބުކޮށްދިނީ މިކައިލް އެންޓޯނިއޯއެވެ. މި މެޗުން އާސެނަލް މޮޅުވީ މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޑެނިއެލް ސެބާޔޯސްގެ އެހީއާއެކު އެޑްވަޑް ނިކެޓިއާ ކާމިޔާބުކުރި ލަނޑުންނެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އެވަޓަން ވަނީ އަމިއްލަ ދަނޑުގައި 5-2 ން ވެސްޓް ބްރޮމް އަތުން މޮޅުވެފައެވެ. އަދި ޕްރިމިއާ ލީގަށް އަލަށް ޕްރޮމޯޓްވި ލީޑްސް ޔުނައިޓެޑް ވަނީ ފުލަމް އަތުން 4-3 ން މޮޅުވެފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
30 ޖެނުއަރީ 2017

ޕަޔެޓް މާސޭއާ ގުޅުމުން ވެސްޓްހަމް ޔުނައިޓެޑް އިން ފާޑުކިޔައިފި

30 ޖެނުއަރީ 2017
ޕަޔެޓް މާސޭއާ ގުޅުމުން ވެސްޓްހަމް ޔުނައިޓެޑް އިން ފާޑުކިޔައިފި
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް