Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއާ ލީގު ފުޅާކުރުން

މުޅި ރާއްޖޭގައި 16 ޓީމާއެކު ކުރިއަށްގެންދާ ޕްރިމިއާ ލީގަށް 15 މިލިޔަނުގެ ބަޖެޓެއް

2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު ބާއްވާނީ މުޅި ރާއްޖެއަށް ފުޅާކޮށްލައިގެން، ހޯމް އެންޑް އަވޭ ސިސްޓަމަށް

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2020 | ހޮނިހިރު 10:49
ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒާއެކު

ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒާއެކު

ދިވެހި ފުޓްބޯޅައަށް ސަޕޯޓަރުންގެ ފޯރި އިތުރުކޮށް، ފުޓްބޯޅަ މުޅިން އައު މިސްރާބަކަށް ބަދަލުކުރުމަށް 2023-2024 ގައި ކުރިއަށްގެންދާ ދިވެހި ޕްރިމިއާ ލީގަށް 15 މިލިޔަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް އިންތިޚާބުވުމަށްފަހު ބައްސާމް އޭރު ވިދާޅުވީ މިހާރުގެ ލީޑަޝިޕުން އެންމެ ބޮޑު އިސްކަމެއްދީގެން ކުރާނެ އެއް ކަމަކީ 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލައިގެން، ހޯމް އެންޑް އަވޭ ސިސްޓަމަށް ކުރިއަށް ގެންދިއުން ކަމަށެވެ. އެ މަސައްކަތްކުރަން އެކުލަވާލާ ޕްލޭނުގައި އެންމެ އިސްކޮށް އެފްއޭއެމްގެ ސީނިއާ ނައިބު ރައީސް އަލީ އުމަރާއި، ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން ހިމެނޭއިރު، މިހާރު ވަނީ އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލާފައެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތެރެ އާއި މާލޭގައި މެޗުތައް ކުޅޭގޮތައް ކުރިއަށްގެންދާ ޕްރިމިއާ ލީގު ވެގެންދާނީ މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު އަދި ފުރަތަމަ ޑިވިޝަނުގައި އެންމެ ގިނަ ޓީމުތައް ވާދަކުރާނެ މުބާރާތަށެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ 2023-2024 ގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ދިވެހި ޕްރިމިއާ ލީގުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އަތޮޅުތެރޭގައި 20 ދަނޑެއް އެޅުމަށް މިހާރުވެސް މަސައްކަތް ފަށާފައިވާ ކަމަށް ބައްސާމް ވިދާޅުވިއެވެ.

ބައްސާމް އިތުރަށް ވިދާޅުވީ އެފްއޭއެމްގެ މިއަހަރުގެ ބަޖެޓަށް 110 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، އޭއެފްއޭއެމްގެ 20 ބުރީގެ އިމާރާތް ނިމުމުން އެ އިމާރާތުން އެކަނި އެ ފައިސާ ހޯދޭނެ ކަމަށާއި، މީގެ އިތުރުން ވިލިމާލެ އާއި ސްޓޭޑިއަމް ސަރަހައްދުން ލިބިފައިވާ ފެސިލީޓީތަކާއެކު މި އަދަދު އެތައް ގުނައެއް އިތުރު ކުރެވޭނެ ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭގޮތަށް ފުޓްބޯޅަ މުބާރާތެއް ކުރިއަށްގެންދިޔުމަކީ މީގެ ކުރިން އެފްއޭއެމަށް އައި މެނޭޖްމަންޓުތަކުންވެސް ގެންގުޅުނު ހުވަފެނަކަށް ވީ ނަމަވެސް، މިހާތަނަށް އެކަން ކުރެވިފައެއްނުވެއެވެ. ބައްސާމް ވިދާޅުވީ ދިވެހި ޕްރިމިއާ ލީގު ފުޅާކުރުމުގެ ވިސްނުމަކީ މީގެ ކުރިންވެސް ވަރަށް ބޮޑަށް ގެންގުޅުނު ވިސްނުމެއް ކަމަށާއި، އެހެން ނަމަވެސް އޭރު އެކަންނުކުރެވިފައި އޮތީ ފައިސާގެ ދަތިކަމާއި، ރަނގަޅު ފެންވަރުގެ ދަނޑުތަކެއް ނެތުމުގެ އިތުރުން، ދަތުރުފަތުގެ ކަންތައްތައް އޮތް ގޮތުން ކަމަށެވެ.

ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖޭގައި ކުރިއަށްގެންދެވޭނެކަން ޔަގީންކުރެވޭ ކަމަކީ 2015 ވަނަ އަހަރު މުޅި ރާއްޖެ ހިމެނޭ ގޮތަށް އެއްކޮޅުން އަނެއްކޮޅަށް ދަތުރުކޮށް 98 ޓީމާއެކު ކުރިއަށްގެންދިޔަ އަތޮޅު މުބާރާތް ކަމަށާއި، އެ ބޮޑު މުބާރާތަށް ޚަރަދުވެފައި ވަނީ 12 މިލިޔަން ރުފިޔާ ކަމަށް ބައްސާމް ވިދާޅުވިއެވެ. އަދި އެ ތަޖުރިބާއަށް ބެލުމަށްފަހު 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު 12 މިލިޔަނަށް ވުރެން ކުޑަކޮށް ކުރިއަށްގެންދެވޭނެ ކަމަށާއި، އެހެންކަމުން ދަތުރުފަތުރާއި، ރެފުރީންގެ އުޖޫރަ އާއި، އެހެންވެސް ކަންކަމަށް ބެލުމަށްފަހު 15 މިލިޔަނުގެ ބަޖެޓަކުން އެކަން ކުރެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ބައްސާމް ވިދާޅުވިއެވެ.

މުޅި ރާއްޖޭގައި ކުރިއަށްގެންދާ ދިވެހި ޕްރިމިއާ ލީގުގައި އަތޮޅުތެރޭގެ ޓީމުތަކަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށާއި، އެގޮތުން އެ ޓީމުތަކަށް އަމިއްލަ ދަނޑުގައި ކުޅުމުގެ ފައިދާ ވަރަށް ބޮޑަށް ލިބިގެންދާއިރު، މާލޭގެ އަށް ޓީމަށް އޮންނާނީ މާލޭގެ ދަނޑާއި ވިލިމާލެ އަދި ހުޅުމާލޭގެ ޓްރެކް ސަރަހައްދުގެ ދަނޑު ކަމަށް ބައްސާމް ވިދާޅުވިއެވެ. އަދި ވިދާޅުވީ މާލެ ސަރައްދުގެ އިތުރުން މާލެ ކައިރި ސަރަހައްދުތަކުގައިވެސް ދަނޑުތަކެއް އެޅުމުގެ ވިސްނުން ހުރި ކަމަށާއި، މި ދަނޑުތައްވެސް މާލެއިން އަންނަ އަށް ޓީމަށް ބޭނުން ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ފުޓްބޯޅަ މުބާރާތްތައް ބޭއްވުމަކީ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައިވެސް ހިމެނޭ ކަމަކަށްވާއިރު، އެ އަމާޒުގައި ސަރުކާރުގެ ޚަރަދުގައި މި ފަސް އަހަރު ތެރޭ 100 ދަނޑު އަޅަން ވަނީ އަމާޒުހިފާފައެވެ. ސަރުކާރުން އަޅާ ދަނޑުތަކާއި، އަދި އެފްއޭއެމުން ކޮރެއާ ޕާޓީއަކާއި ހަވާލުކޮށްގެން އެޅުމަށް ނިންމާފައިވާ 20 ދަނޑާއެކު، މި ޕްލޭން ހަގީގަތަކަށްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ބައްސާމް ވިދާޅުވިއެވެ.

އެގޮތުން މަސައްކަތް ފެށުމާއެކު 20 މަސް ދުވަހުން 20 ދަނޑު ކޮރެއާ ޕާޓީން ނިންމާނެ ކަމަށް އެފްއޭއެމުން ބުނެއެވެ. މި ދަނޑުތަކަކީ ދިވެހި ޕްރިމިއާ ލީގު ކުޅެވޭ ފެންވަރުގެ ދަނޑުތަކެއް ކަމަށާއި، ދަނޑުތައް ނިމޭއިރު ލައިޓް ޖެހި، ފެންސް ޖަހާ އަދި އިލެކްޓްރޯނިކް ސްކޯ ބޯޑެއް ހުންނާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.

ފީފާ އެޕްރޫވްޑް އާޓިފިޝަލް ޓާފް ދަނޑުގައި ދިވެހި ޕްރިމިއާ ލީގު އަދި ބައިނަލްއަގުވާމީ މެޗުތައް ކުޅުމުގެ ހުއްދަވެސް ފީފާއިން ހޯދާފައިވާ ކަމަށް ބައްސާމް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު