Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަތީ ތައުލީމާއި ތަމްރީނުގެ އަހަރީ ތަފާސް ހިސާބުތައ

މިދިޔަ އަހަރު މަތީ ތައުލީމާއި ތަމްރީނުގައި ބައިވެރިވި އަންހެނުންގެ ނިސްބަތް 59 އިންސައްތައަށް!

7 ސެޕްޓެމްބަރު 2020 | ހޯމަ 07:26

2019 ވަނަ އަހަރުގެ ޔުނިވަރސިޓީ އަދި ކޮލެޖްތަކުގެ ތަފާސް ހިސާބުހިމެނޭ ފޮތް ވަނީ ނެރިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 7 ސެޕްޓެމްބަރު 2020 | ހޯމަ 07:26
2019 ވަނަ އަހަރުގެ ޔުނިވަރސިޓީ އަދި ކޮލެޖްތަކުގެ ތަފާސް ހިސާބުހިމެނޭ ފޮތް ނެރެއްދެއްވީ ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު

2019 ވަނަ އަހަރުގެ ޔުނިވަރސިޓީ އަދި ކޮލެޖްތަކުގެ ތަފާސް ހިސާބުހިމެނޭ ފޮތް ނެރެއްދެއްވީ ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު

މިދިޔަ އަހަރު މަތީ ތައުލީމާއި ތަމްރީނުގައި ބައިވެރިވި އަންހެނުންގެ ނިސްބަތް 59 އިންސައްތައަށް އަރާ ކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ 2019 ވަނަ އަހަރުގެ މަތީ ތައުލީމާއި ތަމްރީނުގެ އަހަރީ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ހޯމަ ދުވަހު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގައި އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި 2019 ވަނަ އަހަރުގެ ޔުނިވަރސިޓީ އަދި ކޮލެޖްތަކުގެ ތަފާސް ހިސާބުހިމެނޭ ފޮތް ނެރެއްދެއްވީ ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.

Advertisement - newsAdvertisement

މިފޮތާ ބެހޭ ގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ އިބްރާހިމް ހަސަން ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި، މަތީ ތައުލީމާއި ތަމްރީނާއި ގުޅޭތަފާސް ހިސާބަކީ ގަވާއިދުން ބެލެހެއްޓިގެން އާއްމުކުރެވޭ މައުލޫމާތަކަށް ވެފައިނުވާތީ، އޭގެ ސަބަބުން މި ދާއިރާއިން ދިރާސާކުރާ ފަރާތްތަކަށާއި، މައުލޫމާތުގެ އަލީގައި ކަންކަން ނިންމުމުގައި ދަތިތަކެއް ހުރިކަމަށެވެ.

މަތީ ތައުލީމާއި ބެހޭ ވުޒާރާއެއް އުފެއްދުމަށްފަހު، މި ދާއިރާ ކުރިއެރުވުމަށް ވަކިން ހާއްސަކޮށް މަތީ ތައުލީމާއި ތަމްރީނަށް މީހުންގެ ޝައުގާއި ލޯބި އިތުރުކުރުމުގެ ގޮތުން، ދާއިރާއާއި ގުޅުންހުރި އެކި މައުލޫމާތު އާއްމުންނާއި ހިއްސާކުރަމުން ގެންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިޝާއިއުކުރެވޭ ފޮތަކީ ކިޔަވާ ކުދިންނަށާއި، މުދައްރިސުންނަށާއި، އިލްމީ ދިރާސާތައް ކުރާ ބޭފުޅުންނަށް ވަރަށް މުހިންމު ފޮތަކަށް ވެގެންދާނެ ކަމަށެވެ.

މިފޮތް ނެރެދެއްވާ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ގައުމެއް ތަރައްގީވުމުގައި އެއްމެ ބޮޑު އެއް ދައުރެއް އަދާކުރާކަމަކީ މައުލޫމާތުގެ އަލީގައި ކަންކަން ނިންމުމުގެ ފުރުސަތު ފަހިވެގެން ދިއުންކަމަށެވެ. އަދި އިންސާނީ ވަސީލަތް ތަރައްގީކުރުމުގައި އެއްމެ މުހިއްމު ކަމަކީ މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ކަމަށް ވެސް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

ތަފާސް ހިސާބުން ދައްކާގޮތުގައި މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ގޮތުގައި ކޮލެޖް އަދި ޔުނިވަރސިޓީތަކުން 2019 ވަނަ އަހަރު 843 ޕްރޮގްރާމެއް ހިންގާ މި ޕްރޮގްރާމްތަކުގައި 13999 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އަދި އެންމެ ގިނަ ދަރިވަރުން ކިޔަވާފައިވާ ދާއިރާގެ ގޮތުގައި ފާހަގަވެފައިވަނީ ބިޒްނަސް، އެޑްމިނިސްޓްރޭޝަން އެންޑް ލޯ، އެޑިއުކޭޝަން އަދި އާރޓްސް އެންޑް ހިއުމެޓީސްއެވެ.

ނެޗުރަސްސައިންސް، މެތަމެޓިކް އަދި ސްޓެޓިސްޓިކްސް ފާހަގަވެފައިވަނީ އެންމެ މަދުން ދަރިވަރުން ކިޔަވާ ދާއިރާތަކުގެ ގޮތުގައެވެ. އަދި އެއްމެ ގިނައިން ހިންގާފައިވަނީ ޑިގްރީ އަދި ސެޓްފިކެޓް ލެވެލް 4 އެއްގެ ޕްރޮގްރާމްތަކެވެ.

މިތަފާސް ހިސާބުން ދައްކާގޮތުގައި 2019 ވަނަ އަހަރު މަތީ ތައުލީމާއި ތަމްރީނުގައި ބައިވެރިވެ އަންހެނުންގެ ނިސްބަތަކީ 59 އިންސައްތައެވެ. އަދި މިވަގުތު މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގައި ޖުމުލަ 64 އިންސައްތަ އަންހެނުން ބައިވެރިވާ ކަމަށް 2019 ވަނަ އަހަރުގެ މަތީ ތައުލީމާއި ތަމްރީނުގެ އަހަރީ ތަފާސް ހިސާބުތަކުން ދައްކައެވެ.

2019 ވަނަ އަހަރު ދަސްވެނިވި ނިސްބަތަށް ބަލާއިރު 37 އިންސައްތަ ފިރިހެނުން ވަނީ މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުން ދަސްވެނިވެފައެވެ. އެއްމެ ގިނައިން ދަރިވަރުން ދަސްވެނިވެފައިވާ ދާއިރާތަކުގެ ގޮތުގައި ފާހަގަވަނީ ބިޒްނަސް، އެޑްމިނިސްޓްރޭޝަން، ލޯ، އައިޓީ، ޕްރައިމެރީ ޓީޗިންގް އަދި ޕްރީ ސްކޫލް ޓީޗިންގްއެވެ.

ހަޔަރ އެޑިއުކޭޝަނުން ބުނީ އަހަރުތަކަކަށްފަހު، މަތީ ތައުލީމާއި ތަމްރީނާއި ގުޅޭ ތަފާސް ހިސާބު އާއްމުކުރެވިގެން މިދަނީ ޔުނިވަރސިޓީ އަދި ކޮލެޖްތަކުގެ ވަރަށް ބޮޑު ބައިވެރުވުމާ އެކު ކަމަށެވެ. މީގެ އިތުރުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވެސް މި މަސައްކަތަށް މިނިސްޓްރީން ފާހަގަކުރެއެވެ. އަދި އަހަރީ ތަފާސް ހިސާބުގެ ގޮތުގައި ކޮންމެ އަހަރަކު ވެސް މި މައުލޫމާތުތަށް ނެރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް