Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގްރީޒްމަން ހޯދަން މަސައްކަތް ކުރުން

ގްރީޒްމަނަށް ޕްރިމިއާ ލީގުގެ ތިން ކުލަބަކުން ފާރަލަނީ

6 ސެޕްޓެމްބަރު 2020 | އާދީއްތަ 08:19

ގްރީޒްމަން ބާސާއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2024 ގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 6 ސެޕްޓެމްބަރު 2020 | އާދީއްތަ 08:19
ބާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސް ފޯވާޑް އެންޓޮއިން ގްރީޒްމަން

ބާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސް ފޯވާޑް އެންޓޮއިން ގްރީޒްމަން

ބާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސް ފޯވާޑް އެންޓޮއިން ގްރީޒްމަން ހޯދުމަށް އިނގިރޭސި ޕްރިމިއާ ލީގުގެ ތިން ކުލަބަލުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ގްރީޒްމަން ބާސާއަށް ބަދަލުވީ މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ކުރީގެ ކުލަބު އެތުލެޓިކޯ މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން ދައްކަންޖެހޭ 120 މިލިއަން ޔޫރޯ ބާސާއިން ދެއްކުމުންނެވެ. އޭނާ ބާސާއާއެކު ފަސް އަހަރުގެ މުއްދަތަކަށް ސޮއިކުރިއިރު، އެ އެއްބަސްވުން ހަމަވާނީ 2024 ގައެވެ.

އެކަމަކު ބާސާއަށް ބަދަލުވުމަށްފަހު އޭނާއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެގޮތުން މިހާތަނަށް ބާސާއަށް ކުޅެދިން 48 މެޗުގައި އޭނާއަށް ކާމިޔާބުކުރެވިފައިވަނީ 15 ލަނޑެވެ.

މީގެ ކުރިން މި ޓްރާންސްފާ ބާޒާރުގައި ބާސާއިން ގްރީޒްމަން ވިއްކާލަން މަސައްކަތް ކުރި ނަމަވެސް، ރިޕޯޓުތައް ބުނާ ގޮތުން ބާސާގެ އައު ކޯޗުގެ މަގާމާ ރޮނާލްޑް ކޫމަން ހަވާލުވުމަށްފަހު ވަނީ އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ކުޅެމުން އައި ތަނަށް ގްރީޒްމަން ކުޅުވާނެ ކަމަށް ބުނެފައެވެ. އެކަމަކު މެސީ އަންނަ ސީޒަނުގައިވެސް ބާސާގައި މަޑުކުރަން ނިންމުމާއެކު، ބާސާއިން އަނެއްކާވެސް ގްރީޒްމަން ވިއްކާލަން މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިނގިރޭސި މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އުމުރުން 29 އަހަރުގެ ގްރީޒްމަން ހޯދުމަށް ޕްރިމިއާ ލީގުގެ ތިން ކުލަބަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެއީ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލްގެ އިތުރުން އާސެނަލް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މީގެ ތެރެއިން ޔުނައިޓެޑުން މީގެ ކުރިންވެސް ވަނީ ގްރީޒްމަން ގަތުމަށް މަސައްކަތް ކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި ޓްރާންސްފާގައި ބާސާއިން ގްރީޒްމަން ވިއްކާލަން މަސައްކަތް ކުރަނީ 100 މިލިއަން ޔޫރޯއަށެވެ.

ގްރީޒްމަން ބާސާއަށް ބަދަލުވި ސީޒަނުގައި، ބާސާއިން ހުސްއަތާ ސީޒަން ނިންމާލި ނަމަވެސް، މީގެ ކުރިން އެތުލެޓިކޯއާއެކު ގްރީޒްމަން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ގްރީޒްމަން ވަނީ އެތުލެޓިކޯއާއެކު ޔުއެފާ ޔޫރޮޕާ ލީގާއި، ސްޕެނިޝް ސުޕަ ކަޕް އަދި ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ. އަދި ގްރީޒްމަން ވަނީ ފްރާންސްގެ ގައުމީ ޓީމާއެކު 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްވެސް ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް