Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މޭކަޕް އާޓިސްޓް ރިޝް

ކޮވިޑުގެ މި ހާލަތުގައި ވެސް ރިޝްގެ އުންމީދަކަށް ބަދަލެއް ނާދޭ!

ކާމިޔާބު މޭކް-އަޕް އާރޓިސްޓަކަށްވުމަކީ، އަބަދުވެސް ދެކެމުން އައި ހުވަފެނެއް

އަހުމަދު ސިރާޖް
އަހުމަދު ސިރާޖް, ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2020 | ހުކުރު 18:54
ރިޝް މޭކަޕް ކޮށްދެނީ

ރިޝް މޭކަޕް ކޮށްދެނީ

ރާއްޖެއަށް ދިމާވެފައިވާ ކޮވިޑް-19ގެ ނުރައްކަލާއި ގުޅިގެން ވިޔަފާރިތަކަށް މި ވަނީ ނުރަނގަޅު އަސަރުތަކެއް ކޮށްފައެވެ. ވަޒީފާތައް ގެއްލި އާމްދަނީ ލިބެންހުރި ގޮތްތައް ބަންދުވެފައިވާ މި ދަނޑިވަޅުގައި، ހިތްވަރާއިއެކު މަސައްކަތުގައި ކުރިޔަށްދިޔަ އެއް ފަރާތަކީ، ކުޅަދާނަ މޭކް-އަޕް އާރޓިސްޓެއް ކަމަށްވާ އައިމިނަތު ރިޝްމާއެވެ.

ރ. އަލިފުއްޓަށް އުފަން އައިމިނަތު ރިޝްމާ (ރިޝް) އަކީ، ވަރަށް ޅަ އުމުރުގައި ވެސް މޭކް-އަޕް ކުރުމަށް ޝައުޤުވެރިކަން ހުންނަ ކުއްޖެކެވެ. ކާމިޔާބު މޭކް-އަޕް އާރޓިސްޓަކަށްވުމަކީ، އަބަދުވެސް ދެކެމުން އައި ހުވަފެނެއްކަމުގައި ރިޝް ބުންޏެވެ. ނަމަވެސް، އެއްވެސް ކުރިމަގެއް އަދި ފައިދާއެއް ނެތް ދާއިރާއެއް ކަމަށްބުނެ ޢާއިލާއިން ދެކޮޅު ހެދިކަމުގައި ވީނަމަވެސް، ރިޝް މި ދާއިރާ އިން ކުރިޔަށް ދިއުމަށް ޚިޔާރުކުރީ، ދާއިރާއަށް އޮތް ޝައުޤުވެރިކަމާއި، އަމިއްލަ ނަފްސަށް އޮތް އިތުބާރެއްގެ ބޮޑުކަމުންނެވެ.

ކުޑައިރުއްސުރެ ދެކެމުންއައި ހުވަފެންތަކުގައި ޙަޤީޤީ ކުލަ ޖެހެން ފެށީ އުމުރުން 16 އަހަރުގައި، "ލޭ ކޮކާ" ސެލޫންއަށް މޭކް-އަޕް އާރޓިސްޓުން ތަމްރީނު ކޮށްދިން ކޯހެއްގައި ބައިވެރިވި ހިސާބުންނެވެ. އެއަށްފަހު ސީޒާ، ސްޓައިލޯ އަދި ރޮކް ޕޭޕަރ ސިޒަރ ފަދަ މަޝްހޫރު ސެލޫންތަކުގައި މަސައްކަތްކޮށްފައިވާ، ރިޝް ބުނި ގޮތުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ، ލޮކްޑައުންވުމާއި ގުޅިގެން މަސައްކަތަށް ނުދެވި ގޭގައި ހުންނަން ޖެހުމެވެ.

ނަމަވެސް އުއްމީދު ކަނޑާނުލައި، ގޭގެއަށް ގޮސް މޭކް-އަޕް ކޮށްދިނުމަށްޓަކައި، ފޭސްބުކް ޕޭޖެއް މެދުވެރިކޮށް "ބިއުޓީ އެޓް ޔޯރ ޑޯރ ސްޓެޕްސް" ގެ ނަމުގައި، ރިޝްމާ މި ވަނީ އަމިއްލަ ވިޔަފާރިއެއް ފަށައިފައެވެ. އަމިއްލަ ވިޔަފާރިއެއް ފެށުމަށް ނިންމީ، ލޮކް-ޑައުން ވުމާއި ގުޅިގެން ގިނަ މީހުންނަށް ސެލޫނަށް ދިޔުމަށް ދަތިވުމުގެ އިތުރުން، ތަފާތު ކަމެއް ކުރުމުގެ ބޭނުމުގައެވެ. މި އަހަރުގެ ޖުލައި މަހުން ފެށިގެން ވިޔަފާރި ކުރިޔަށް ގެންދަން ފަށާފައިވާއިރު، އާންމުންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންދާކަން ރިޝް ފާހަގަކުރެއެވެ. މި ދުވަސްކޮޅުގެ ގޮތުން ޚިދުމަތް ދެނީ ހަމައެކަނި މާލެ، ހުޅުމާލެ އަދި ވިލިމާލެއަށް ކަމަށްވިޔަސް، ކޮވިޑް-19ގެ ނުރައްކާތެރިކަން ނިމުމާއެކު، އަތޮޅުތެރޭގެ ރަށް ރަށަށް ގޮސްގެން ވެސް ޚިދުމަތް ފުޅާކުރާނެ ކަމަށް ރިޝް ބުންޏެވެ. ބްރައިޑަލް މޭކް-އަޕް އާއި ހެއަރ- ސްޓައިލިންގެ އެންޑް ކަލަރިންގެ މަސައްކަތްތަކަށް ބޮޑަށް ޝައުޤުވެރިކަން ހުރި ނަމަވެސް، އޮކްޓޯބަރ މަހުން ފެށިގެން، އުމުރުން ދުވަސް މީހުންނަށް ފޭޝިއަލްސް، ޕެޑިކިއޮރ ފަދަ ޚިދުމަތްތައް، ބިއުޓީ ޕެކޭޖަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށް ރިޝް ބުންޏެވެ.

މި ދާއިރާގައި 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ރިޝް ބުނި ގޮތުގައި، ޢާއިލާ އާއި ދެކޮޅަށް މި މަސައްކަތް ފެށި ނަމަވެސް، މިހާރު މި ދާއިރާއިން ކުރިއަށް ދިޔުމަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ، ލޯބިވާ ޢާއިލާއެވެ. އޭގެ އިތުރުން ރައްޓެހިންނާއި، ކަސްޓަމަރުންގެ ފަރާތުން ލިބޭ ފީޑްބެކް ތަކަކީ ކުރިޔަށް ދިޔުމަށް ލިބޭ ބޮޑު ހިތްވަރެއް ކަމުގައި ރިޝް ބުންޏެވެ.

ހިތްވަރާއި، ޝައުޤުވެރިކަމާއެކު މަސައްކަތް ކޮށްފިނަމަ، މޭކް-އަޕް ކުރުމުގެ ދާއިރާއަކީ ވެސް ކުރިމަގެއް އޮތް، އެކަށީގެންވާ އާމްދަނީއެއް ލިބޭނެ ދާއިރާއެއްކަން ރިޝް މި ވަނީ ސާބިތު ކޮށްދީފައެވެ. އެހެންކަމުން މި ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ކުދިންނަށް ވެސް ރިޝް ދޭން ބޭނުންވާ މެސެޖަކީ، ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް ކުރާ ހިތުން ކުރާނަމަ ކޮންމެ ކަމެއް ވެސް ވާނެ ކަމަށާއި އެކަމަށް ބީރުކަންފަތެއް ދީ ކުރިއަށް ދާން ބޭނުންވާ ދާއިރާއިން ކުރިއަށް ދިޔުމަށް ރިޝް ވަނީ އެދިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19: ކޮރޯނާވައިރަސްއާއި ގުޅިގެން ބަންގިއަށް ބަދަލެއް

ކޮވިޑް-19: ކޮރޯނާވައިރަސްއާއި ގުޅިގެން ބަންގިއަށް ބަދަލެއް

14 މާރިޗު 2020
ޖަލުގެ ޙާލަތަށް ބަދަލެއް ނާދޭ!

ޖަލުގެ ޙާލަތަށް ބަދަލެއް ނާދޭ!

03 އޮކްޓޯބަރު 2019
ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެސްދީފި!

ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެސްދީފި!

28 މާރިޗު 2019
2018: އިޤްތިސާދީ ބޮޑު ބަދަލެއް ނުފެނުނު!

2018: އިޤްތިސާދީ ބޮޑު ބަދަލެއް ނުފެނުނު!

01 ޖެނުއަރީ 2019
ގާނޫނު އަސާސީ ބަދަލުކުރިޔަސް، އިލާހީ ގާނޫނަށް ބަދަލެއް ނުގެނެވޭނެއެވެ.

ގާނޫނު އަސާސީ ބަދަލުކުރިޔަސް، އިލާހީ ގާނޫނަށް ބަދަލެއް ނުގެނެވޭނެއެވެ.

13 މާރިޗު 2018

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު