Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ދިރާގު

ދިރާގު ބިޒް ފައިބަރ ބްރޯޑްބޭންޑްތަކުން ބާރު ސްޕީޑްގައި 1 އަހަރު ދުވަހަށް ހިލޭ ވަރޗުއަލް މީޓިންގ ރޫމް ޙިދުމަތް

އެންމެ ބާރު ސްޕީޑް ގައި އިތުރު ހަރަދަކާ ނުލާ 40 އިންސައްތަ އާއި 100 އިންސައްތަ އާއި ދެމެދުގެ އަދަދަކަށް އިތުރު ޑޭޓާ ލިބިގެންދާނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2020 | ބުދަ 13:42
ދިރާގު ބިޒް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް

ދިރާގު ބިޒް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް

ދިރާގުން އެ ކުންފުނީގެ ބިޒް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

ދިރާގުން ބުނީ މިއައި ބަދަލުތަކާއެކު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިތުރު ލުޔެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން މި ގެނައި ބަދަލާއިއެކު އެންމެ ބާރު ސްޕީޑް ގައި އިތުރު ހަރަދަކާ ނުލާ 40 އިންސައްތަ އާއި 100 އިންސައްތަ އާއި ދެމެދުގެ އަދަދަކަށް އިތުރު ޑޭޓާ ލިބިގެންދާނެ ކަމަށެވެ.

ދިރާގު ބިޒް ފައިބަރ ބްރޯޑްބޭންޑްގެ ހުރިހާ ޕެކޭޖްތަކެއްގެ އަޕްގްރޭޑް ސެޕްޓެމްބަރ މަހުގެ ފުރަތަމަ ހަފުތާގައި ނިމޭނެ ކަމަށާއި ދިރާގުގެ ބިޒްނަސް ކަސްޓަމަރުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބިޒް ފައިބަރ ބޭސިކް 10އެމް ޕެކޭޖުން މަތީގެ ޕެކޭޖް ގެންގުޅުއްވާ ވިޔަފާރިތަކަށް އެއް އަހަރު ދުވަހުގެ ނިޔަލަށް ހިލޭ ވަރޗުއަލް މީޓިންގ ރޫމް ޚިދުމަތް ލިބިގެންދާނެ ކަމަށް ދިރާގުންބުނެއެވެ.

މިއީ "ކްލައުޑް ހޮސްޓެޑް" ޚިދުމަތެއްގެ އިތުރުން، އޯޑިއޯ އަދި ވީޑިއޯ ކޯލްވެސް ކުރެވޭ ޚިދުމަތެއް ކަމަށާއި މި ހިދުމަތުގެ ސަބަބުން ވިޔަފާރިތަކަށް ވަރޗުއަލް މީޓިންތައް ބޭނުން އިރެއް ވަންދެން ކޮންމެ ވަގުތެއްގައިވެސް ހިލޭ ބޭއްވޭނެކަމަށް ދިރާގުން ފާހަގަކުރެއެވެ. އއޭގެ އިތުރުން ވިޔަފާރިތަކުގެ މަސައްކަތްތެރިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނުމަށް ދިރާގުން ވަނީ މަކްރޯސޮފްޓް އޮފީސް 365 އެޑް-އޮންސް ވިޔަފާރިތަކަށް ހާއްސަކޮށްގެން ތައާރަފުކޮށްފައި ކަމަށާއި އޮފީސް 365ގައި ހިމެނޭ އެންމެ ފަހުގެ އެޕް ތަކާއި، ކްލައުޑް ޚިދުމަތުގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ސެކުއިރީޓީގެ ސަބަބުން ވިޔަފާރިތަކަށް މަސައްކަތުގައި އިތުރު ކުރިއެރުމާއި ފަސޭހަ ލިބިގެންދާނެ ކަމަށް ދިރާގުން ގަބޫލުކުރެއެވެ.

ދިރާގުގެ ޑިރެކްޓަރ ބިޒްސަސް ސޮލިއުޝަންސް މުސްތާގް އަހުމަދު ދީދީ ވިދާޅުވި ގޮތުގައި، ނިއު ނޯމަލްގައި މަސައްކަތް ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި ވިޔަފާރިތަށް މިވަނީ ޑިޖިޓަލް ޓެކްނޮލޮޖީ އަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހިފައެވެ. އެހެންކަމުން ބިޒް ފައިބަރ ޕެކޭޖްތަކަށް ގެނައި ބަދަލުގެ އިތުރުން، ދިރާގުން ފޯރުކޮށްދޭން ގަސްތުކޮށްފައިވާ އިތުރު ވެލިއު އެޑެޑް ސަރވިސްތަކުގެ ސަބަބުން ދިރާގުގެ ބިޒްނަސް ކަސްޓަމަރުންގެ ޑިޖިޓަލް ކޭޕަބެލިޓީސް އާއި ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަވެގެން ދާނެކަމަށް އުންމީދު ކުރާކަމަށް މުސްތާގް އަހުމަދު ދީދީ ވިދާޅުވިއެވެ.

ބިޒްނަސް ފައިބަރ ބްރޯޑްބޭންޑް ޚިދުމަތައް ދިރާގުން މިހާ ބޮޑު ބަދަލެއް ގެނެސްފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކުގެ އިތުރުން ބޮޑު ވިޔަފާރިތަކަށްވެސް ޑިޖިޓަލް ޚިދުމަތް ހޯދުމަށް ލުއިފަސޭހަތައް ފޯރުކޮށްދިނުމަށް ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކަމަށާއި ދިރާގުން ދާދި ފަހުން ދިރާގު ހޯމް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކަށްވެސް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އެކުންފުނިން ފާހަގަކުރެއެވެ.

ދިރާގުން ދަނީ ފައިބަރ ބްރޯޑްބޭންގެ ޚިދުމަތް ރާއްޖޭގެ އެކި ހިސާބުތަކަށްވެސް އިތުރަށް ފުޅާކުރަމުންނެވެ. އެގޮތުން މިހާރު ރާއްޖޭގެ 61 ރަށަށް މި ޚިދުމަތް ފޯރުކޮށްދީފައިވާ އިރު، ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތެވެ. އަދި ހަމަ އެހެންމެ، ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކް ވެސް މެއެވެ.

ދިރާގަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ދިރިއުޅުމަށް ފާގަތިކަން ގެނެސްދީ ޑިޖިޓަލް ރާއްޖެއަކަށް ދިވެހި ރާއްޖެ ވާސިލްވުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކުންފުންޔެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބިޒްނަސް ސެންޓާ ކޯޕަރޭޝަން ރަޖިސްޓްރީކޮށް ބޯޑް އިއުލާނުކޮށްފި

ބިޒްނަސް ސެންޓާ ކޯޕަރޭޝަން ރަޖިސްޓްރީކޮށް ބޯޑް އިއުލާނުކޮށްފި

14 މެއި 2017
ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ބ. ދަރަވަންދޫގައި ގާއިމް ކޮށްފި

ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ބ. ދަރަވަންދޫގައި ގާއިމް ކޮށްފި

12 މެއި 2017
ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި

ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި

25 އެޕްރީލު 2017
ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި

21 އެޕްރީލު 2017
ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

20 އެޕްރީލު 2017

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު