Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެސީ ބާސާ ދޫކޮށްލުން

މެސީއަށް އާޖެންޓީނާގެ ރައީސްގެ ދައުވަތެއް

މެސީ ވަނީ މި ޓްރާންސްފާ ބާޒާރުގައި ކުލަބު ދޫކޮށްލަން ބޭނުންވާކަން މެނޭޖުމަންޓަށް އަންގާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2020 | އަންގާރަ 09:14
އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ: އޭނާ ބާސާ ދޫކޮށްލަން ބޭނުންވޭ

އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ: އޭނާ ބާސާ ދޫކޮށްލަން ބޭނުންވޭ

ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާ އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ، އޭނާގެ ކެރިއަރު ނިންމާލަން އުފަން ގައުމު ކަމަށްވާ އާޖެންޓީނާއަށް އައުމަށް އެ ގައުމުގެ ރައީސް އަލްބާޓޯ ފެނާންޑޭސް ދައުވަތު ދެއްވައިފިއެވެ.

ދާދި ފަހުން މެސީ ވަނީ ބާސާ ދޫކޮށްލަން ނިންމައި، އެކަން އެ ކުލަބުގެ މެނޭޖުމަންޓަށް އަންގާފައެވެ. ބާސާއާއެކު މެސީ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ހޫނު މޫސުމުގައި ހަމަވަން އޮތްއިރު، މިހާރު އޮތް ގޮތުންނަމަ މި ޓްރާންސްފާ ބާޒާރުގައި މެސީ ގެންދަން ބޭނުންވާ ކުލަބަކުން، އެއްބަސްވުން އުވާލަން 700 މިލިޔަން ޔޫރޯ ދައްކަން ޖެހޭނެއެވެ. އެހެންކަމުން މެސީ ވަނީ އެއްބަސްވުން ބަދަލުކޮށް، މި ޓްރާންސްފާ ބާޒާރުގައި ހިލޭ އެ ކުލަބު ދޫކޮށް ދިޔުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް އެދެފައެވެ.

އުމުރުން މިހާރު 33 އަހަރުގެ މެސީ ބާސާ ދޫކޮށްލާނެ ކަމަށް ބެލެވޭއިރު، ޔޫރަޕްގެ ގިނަ ކުލަބުތަކުން އަންނަނީ އޭނާއަށް ފާރަލަމުންނެވެ. އޭގެ ތެރޭގައި މެންޗެސްޓާ ސިޓީ އާއި، ޕީއެސްޖީ އާއި، މެންޗެސްޓާ ޔުނައިޓެޑް އަދި އިންޓަ މިލާންވެސް ހިމެނެއެވެ. އެކަމަކު ރިޕޯޓުތައް ބުނާ ގޮތުން މެސީ ބަދަލުވުން އެންމެ ގާތީ ޕެޕް ގާޑިއޯލާ އިރުޝާދު ދެމުން އަންނަ ސިޓީއަށެވެ.

އެކަމަކު މީގެ ކުރިން ބާސާ ދޫކޮށްލާނަމަ އޭނާގެ ކުރީގެ ކުލަބު އާޖެންޓީނާގެ ނެވެލްސް އޯލްޑް ބޯއީސްއަށް ބަދަލުވެދާނެކަމުގެ އިޝާރާތެއް މެސީ ވަނީ ދީފައެވެ. އެއާއެކު ނެވެލްސް އޯލްޑް ބޯއީސް ސަޕޯޓަރުން އަންނަނީ މެސީ އަލުން އެ ޓީމާ ގުޅުމަށް އެދި ޝުއޫރު ފާޅުކުރުމުގެ ގޮތުން އެކި ހަރަކާތްތައް ބާއްވަމުންނެވެ.

އާޖެންޓީނާގެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި އެ ގައުމުގެ ރައީސް ފެނާންޑޭސް ވިދާޅުވީ އާޖެންޓީނާގައި މެސީ މެޗުތަކެއް ކުޅޭތަން އަދި ނުފެންނަ ކަމަށާއި، މެސީ އެ ގައުމުގައި ކުޅޭތަން ދެކެން ބޭނުންވާ ގިނަ ބަޔަކު ތިބޭނެ ކަމަށެވެ. އެހެންކަމުން އެކަން ފުރިހަމަވާން އޭނާ އެދޭ ކަމަށްވެސް ވިދާޅުވިއެވެ.

ބާސާ ދޫކޮށްލަން ބޭނުންވާކަން މެސީ އެ ކުލަބުގެ މެނޭޖުމަންޓަށް އެންގި ނަމަވެސް، ރިޕޯޓުތައް ބުނާ ގޮތުން މެސީގެ އެއްބަސްވުމާ ގުޅޭގޮތުން މަޝްވަރާ ނުކުރަން ބާސާގެ މެނޭޖުމަންޓުން ވަނީ ނިންމާފައެވެ. އެހެންކަމުން އެއްބަސްވުން ބަދަލުކުރުމަށް ބާސާގެ މެނޭޖުމަންޓުން އެއްބަސްނުވެއްޖެ ނަމަ، މެސީގެ ވިސްނުން ހުރީ ޤާނޫނީ ވަކީލުން މެދުވެރިކޮށް ކުރިއަށް ދިޔުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބާސާ ދޫކޮށްލަން މެސީ ބޭނުންވާއިރު، އައު ސީޒަނަށް ޕްރީ-ސީޒަން ފެށުމުގެ ގޮތުން ބާސާގެ ކުޅުންތެރިން ކޮވިޑް-19 އަށް އާދީއްތަ ދުވަހު ޓެސްޓު ކުރިއިރު، ކޮވިޑް-19 ޓެސްޓު ހެދުމަށް މެސީ ހާޒިރެއް ނުވެއެވެ. އަދި ހޯމަ ދުވަހު އޮތް ފަރިތަކުރުންތަކުގައިވެސް މެސީ ބައިވެރިވެފައެއް ނުވެއެވެ.

މެސީ އެންމެ ފުރަތަމަ ޔޫތު ކެރިއަރު ފެށީ 1994 ވަނަ އަހަރު ނެވެލްސް އޯލްޑް ބޯއީސްއިންނެވެ. އޭގެ ފަހުން 2000 ވަނަ އަހަރު އާޖެންޓީނާ ދޫކޮށް މެސީ ސްޕެއިނަށް ބަދަލުވީ ބާސާގެ ލަ މާސިއާ އެކެޑަމީއާ ގުޅުމަށެވެ. ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީއަކީ ބާސާގެ ތާރީޚުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން މިހާތަނަށް 634 ލަނޑު މެސީ ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައި ވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް ހަ ފަހަރު ހޯދާފައެވެ. މެސީ އަކީ މި އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ސޯލޯ ވާދަކުރަނީ

އެމެރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ސޯލޯ ވާދަކުރަނީ

08 ޑިސެމްބަރު 2017
އާޖެންޓީނާގެ ކޯޗުގެ މަގާމު ބޭނުން: މެރަޑޯނާ

އާޖެންޓީނާގެ ކޯޗުގެ މަގާމު ބޭނުން: މެރަޑޯނާ

15 ނޮވެމްބަރު 2017
އާޖެންޓީނާގެ ސްކޮޑު ނެގުމަށް އެއްވެސް ނުފޫޒެއް ނުފޯރުވަން: މެސީ

އާޖެންޓީނާގެ ސްކޮޑު ނެގުމަށް އެއްވެސް ނުފޫޒެއް ނުފޯރުވަން: މެސީ

09 ނޮވެމްބަރު 2017
ނަމޫނާއެއްގެ ގޮތުގައި ބަލަނީ ރޮނާލްޑޯއާ މެސީއަށް: ކޭން

ނަމޫނާއެއްގެ ގޮތުގައި ބަލަނީ ރޮނާލްޑޯއާ މެސީއަށް: ކޭން

26 ސެޕްޓެމްބަރު 2017
އާޖެންޓީނާގެ ކޯޗުކަމާއި ސަމްޕައޮލީ ހަވާލުވެއްޖެ

އާޖެންޓީނާގެ ކޯޗުކަމާއި ސަމްޕައޮލީ ހަވާލުވެއްޖެ

03 ޖޫން 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު