Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެންޓިލޭޓަރު މައްސަލަ

ވެންޓިލޭޓަރު މައްސަލައިގައި މަޝްވަރާ ކުރުމަށްފަހު އާބިޓްރޭޝަނަށް މައްސަލަ ވައްދާނަން: ފިނޭންސް މިނިސްޓަރ

30 އޯގަސްޓު 2020 | އާދީއްތަ 17:24

އޭޖީ އަދި ކަމޭބެހޭ ފަރާތްތަކާއި މަޝްވަރާ ކުރުމަށްފަހު ވެންޓިލޭޓަރު މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅަން ވަނީ ނިންމާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 އޯގަސްޓު 2020 | އާދީއްތަ 17:24
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު؛ މިނިސްޓަރު ވަނީ ވެންޓިލޭޓަރު މައްސަލައިގައި މަޝްވަރާކުރަމުންދާ ކަމަށް ވިދާޅުވެފައި

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު؛ މިނިސްޓަރު ވަނީ ވެންޓިލޭޓަރު މައްސަލައިގައި މަޝްވަރާކުރަމުންދާ ކަމަށް ވިދާޅުވެފައި

ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރުމަށް ގެންނަން މަސައްކަތް ކުރި ވެންޓިލޭޓަރުގެ ތެރެއިން ދުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއާއި ހަވާލުކުރި ވެންޓިލޭޓަރު ނުލިބިއްޖެ ނަމަ، އެ ފައިސާ ހޯދަން އާބިޓްރޭޝަނަށް ހުށަހަޅުއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީގައި ވާހަކަދައްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ވެންޓިލޭޓަރު ނުލިބިއްޖެ ނަމަ އެކަމަށް ހަރަދު ކުރި ފައިސާ ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވެސް އެކަމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާނެ ކަމަށާއި، އެގޮތުން ވެންޓިލޭޓަރުގެ މައްސަލައިގައި އާބިޓްރޭޝަނަށް ދާން ޖެހިއްޖެ ނަމަވެސް އެކަން ކުރައްވާނެ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މި މައްސަލައިގައި އެޓާނީ ޖެނެރަލް އާއި ވާހަކަ ދައްކާ ފައިސާ ހޯދޭނެ ގޮތަކާއި މަޝްވަރާ ކުރައްވާނެ ކަމަށާއި، އެގްޒެކިއުޓަރސް ނިސްބަތްވާ ގައުމު ކަމަށްވާ ޔޫއޭއީއާ ވެސް ވާހަކަ ދައްކާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން ވެންޓިލޭޓަރުގެ މައްސަލައިގައި ހެލްތް މިނިސްޓްރީން އަދިވެސް މަސައްކަތް ކުރައްވަމުން ގެންދަނީ ވެންޓިލޭޓަރު ހޯދުމަށް ކަމަށެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ މި މަސް ނިމުމުގެ ކުރިން ބައެއް ވެންޓިލޭޓަރު ގެނެވޭނެކަމުގެ މައުލޫމާތު ކުރިން ލިބިވަޑައިގެންފައިވާ ކަމަށާއި، އެކަންކަން ވެސް ބައްލަވަމުން ގެންދަވާ ކަމަށެވެ. ވެންޓިލޭޓަރު މައްސަލައިގައި އެންމެ ފަހު ކަމެއްގެ ގޮތުގައި ކަމާއި ބެހޭ ފަރާތްތަކާއި އެކު މަޝްވަރާ ކުރުމަށް ފަހު ވެންޓިލޭޓަރު ގަތުމަށް ހޭދަ ކުރި ފައިސާ އަނބުރާ ހޯދުމަށް މަސައްކަތް ފަށާނެ ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ދުބާއީގެ އެގްޒެކިއުޓަރސްއަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކޮށްފައިވަނީ 34 މިލިއަން ރުފިޔާ އަށެވެ. އަދި 30.6 މިލިއަން ރުފިޔާ އެ ކުންފުންޏަށް އެޑްވާންސް ފައިސާގެ ގޮތުގައި ދައްކާފައެވެ. މިހާތަނަށް ރާއްޖެއަށް 10 ވެންޓިލޭޓަރު ގެނައި ނަމަވެސް، މިންގަނޑަށް ނުފެތޭތީ ހެލްތް މިނިސްޓްރީން އެ ވެންޓިލޭޓަރުތައް ބަލައެއް ނުގަތެވެ.

އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންއަކީ، ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ތިން ކުންފުނީގެ ތެރެއިން ސަރުކާރުން އެޑްވާންސްކޮށް ފައިސާ ދޫކުރި ހަމައެކަނި ކުންފުންޏެވެ. އެމީހުން ރާއްޖެއަށް ވެންޓިލޭޓަރެއް ފޯރުކޮށްދޭނެ އަގެއް ކަމަށް ނބުނެފައިވަނީ، 32،500 ޑޮލަރަށެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށް ކަމަށް ވާއިރު އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކައިފައެވެ.

މިދިޔަ އޭޕްރީލް މަހުގެ ދެވަނަ ދުވަހު، ވެންޓިލޭޓަރުތައް ގެނައުމުގެ އެގްރީމަންޓްގައި ސޮއިކޮށްފައިވާއިރު، އެޑްވާންސަށް 30.9 މިލިއަން ރުފިޔާވެސް ވަނީ ދައްކާފައެވެ. އެގްރީމަންޓްގައި 14 ދުވަހުގެ ތެރޭގައި ވެންޓިލޭޓަރުތައް ރާއްޖެ ގެނެވޭނެ ކަމަށް ބުނެފައިވާއިރު، މިހާތަނަށް އެ ވެންޓިލޭޓަރުތައް ލިބިފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް