Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެސިޓީގައި މުޒާހަރާ ކުރުން

ވިޔަފާރި ބަނގުރޫޓުވަނީ، މައްސަލަ ހައްލުނުވާ ނަމަ ސިލްސިލާ މުޒާހަރާތައް ކުރާނަން: ވިޔަފާރިވެރިން

23 އޯގަސްޓު 2020 | އާދީއްތަ 09:51

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާގެ އިސްތިއުފާއަށް ގޮވާލާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 23 އޯގަސްޓު 2020 | އާދީއްތަ 09:51
އާދިއްތަ ދުވަހު ކުރިއަށް ދިޔަ މުޒަހާރާގެ ތެރެއިން

އާދިއްތަ ދުވަހު ކުރިއަށް ދިޔަ މުޒަހާރާގެ ތެރެއިން

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ވިޔަފާރީތައް ބަގުރޫޓްވާ ކަމަށް ބުނެ، ބައެއް ވިޔަފާރިވެރިން މުޒާހަރާކޮށްފިއެވެ.

އާދިއްތަ ދުވަހު އެޗްއީއޯސީގެ މަސައްކަތްތައް ހިންގަމުންދާ ދަރުބާރުގޭ ކުރިމަތީގައި ފެށި މުޒާހަރާގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ހިންގާ ފަރާތްތަކާއި، ރެސްޓޯރެންޓް, ކެފޭ އަދި ހޮޓާ ހިންގާ ބައެއް މީހުން ވަނީ އަޑުއުފުލާފައެވެ. ކޮވިޑް-19އާ ގުޅިގެން ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، ވިޔަފާރި ނުހިންގި ގިނަ އަދަދެއްގެ ކާބޯތަކެތި އުކާލަން ޖެހިފައިވާ ކަމަށް އެމީހުން ބުނެއެވެ. މިހާލަތުގައި އެޗްޕީއޭއިން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުންވެސް ވިޔަފާރި ބަންދުކުރަން ޖެހިދާނެކަމަށް ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ބައެއް ފަރާތްތަކުގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ހެލްތް މިނިސްޓްރީ، އެޗްޕީއޭ އަދި ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އަށް ވެސް ހަރުދަނާ ފިޔަވަޅެއް ނާޅާ ކަމަށެވެ. އަދި އެފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުން ނިކަމެތިވަމުންދާ ކަމަށް ވަނީ ބުނެފައެވެ.

މީގެއިތުރުން މުޒާހަރާގެ ބައިވެރިން ބުނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ހެލްތް މިނިސްޓްރީ އޮވެ ކުރަމުންދާ މަސައްކަތުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމަށާއި، މިހާރު ތިލަވެފައިވާ ބައެއް މައްސަލަތަކުން ވެސް އެކަން ހާމަވެގެންދާ ކަމަށެވެ. އަދި އެޗްޕީއޭ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ ކުފޫ ހަމަނުވާ ކަމަށް ބުނެ އިސްތިއުފާއަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

ސަރުކާރުން މިމައްސަލަތަކަށް ހައްލު ހޯދައިނުދީފި ކަމުގައިވާނަމަ ސިލްސިލާ ގޮތެއްގައި މުޒަހާރާތައް މާލެސިޓީގައި ކުރިއަށް ގެންދާނެ ކަމަށް އެމީހުން ބުނެއެވެ. އަދި ސަރުކާރުގެ ފަރާތުން އާންމުންނާއި ބައްދަލުކުރުމަށްވެސް ވަނީ ގޮވާލާފައެވެ. ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މިހާލަތުގައި މުޒަހަރާ ކުރުމަކީ މަނާ ކަމެކެވެ.

އާދިއްތަ ދުވަހުގެ ރޭގަނޑު އަށަކުން ފަތިހު ފަހަކާއި ހަމައަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުުން މަނާކުރީ ޒުވާނުންގެ އެއްވުންތައް މަދުކުރުމަށް ކަމަށް އެޗްޕީއޭ ވަނީ ބުނެފައެވެ. ހެނދުނު 9:00 އިން ރޭގަނޑު 9:30 ށް ވިޔަފާރި ހިންގާ ފަރާތްތަކާއި، ރެސްޓޯރެންޓް, ކެފޭ އަދި ހޮޓާތަކަށް ޚިދުމަތް ދެވެއެވެ. އަދި ރޭގަނޑު 9:30 ގެ ފަހުން އެއްވެސް ޚިދުމަތެއް ނުދެވޭއިރު، މިވަގުތުތަކުގައި ޑެލިވަރީގެ ޚިދުމަތްތައް ދިނުމަކީ ވެސް މަނާ ކަމެކެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް