Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްފަންނުގައި ހެދި ޕެވީލިއަން

ޕެވީލިއަންގެ ސްޓަރަކްޗަރ ވީރާނާއެއް ނުވޭ، މައްސަލަ ދަނީ ކޯޓުގައި ހިނގަމުން: ޝާހު

6 އޯގަސްޓު 2020 | ބުރާސްފަތި 00:12

ރައްޔިތުންނަށް ފައިދާވާ ގޮތަށް ޚިދުމަތް ދޭން ބޭނުންވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 6 އޯގަސްޓު 2020 | ބުރާސްފަތި 00:12
ރަސްފަންނުގައި ހެދި ޕެވީލިއަން، އެތަން ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި

ރަސްފަންނުގައި ހެދި ޕެވީލިއަން، އެތަން ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި

ރަސްފަންނުގައި ހެދި ޕެވީލިއަން ސްޓަރަކްޗަރ ވީރާނާ ނުވާ ކަމަށާއި، އެތަނުގެ މަސައްކަތްތެއް ނުކުރެވެނީ ކޯޓުގައި މައްސަލަ ހިނގަމުންދާތީ ކަމަށް މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ރާޢްޖެޓީވީގެ ފަލަސުރުހީ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ ޕެވީލިއަން ވީރާނާވާން ދޫކޮށްލަން ބޭނުންވާ ނުވާ ކަމަށާއި، ބޭނުންވަނީ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް އެތަނުން ޚިދުމަތް ދެވިގެން ދިއުން ކަމަށެވެ. ޕެވީލިއަންގައި މިހާރު އެއްވެސް ރެސްޓައުރެންޓްއެއް ނުހިންގާ އެތަން ވީރާވާން ދޫކޮށްލާފައިވާ މައްސަލައަށް އިޝާރާތް ކުރައްވާ ޝާހު ވިދާޅުވީ އެމްޑަބްލިއުއެސްސީއާ ހަވާލުވިއިރު ވެސް އެމައްސަލަ ބޯޑުގެ ލެވަލްގައި ބަލަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ޝާހު ވިދާޅުވީ އެމްޑަބްލިއުއެސްސީއާ މިތަން ހަވާލުކޮށްފައިވަނީ ކުރީގެ ހައުސިން މިނިސްޓްރީން ކަމަށާއި، ހަވާލުކުރީ އިންޓަނޭޝަނަލް ބްރޭންޑެޑް ފުޑް ޗެއިންއެއް ތައާރަފްކޮށްގެން އެޚިދުމަތްތައްދޭ ގޮތަށް ކަމަށެވެ.

ޝާހު ވިދާޅުވީ އެމްޑަބްލިއުއެސްސީން ދޭންޖެހޭ ހުއްދަ ސިބްކޯއަށް ނުލިބުމުގެ ސަބަބުން މޯލްޑިވްސް ޑްރަގް އޮތޯރިޓީން ސިބްކޯއަށް ލިބެން ޖެހޭ ހުއްދަތައް ނުލިބޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ހުއްދަ ނުލިބުމުގެ ސަބަބުން އެފަރާތުން ކުއްޔަށްދޭ އިންޓަނޭޝަނަލް ބްރޭންޑެއްގެ ތަންތަނަށް މައްސަލަ ކުރިމަތިވާ ކަމަށް ޝާހު ވިދާޅުވިއެވެ.

އިންޓަނޭޝަނަލް ބްރޭންޑަކީ ވަކި ގޮތަކަށް ވަކި ފެންވަރެއްގެ ޚިދުމަތްދޭ ތަންތަނަށްވާތީ ދިމާވި ބައެއް މައްސަލަތަކުން ހުއްޓުމަކަށް އައީ ކަމަށެވެ. އަދި އެދުވަސްވަރު އައިޖީއެމްއެޗް ކައިރިންނާއި، ސޯޝަލް ސެންޓަރު ސަރަހައްދުގެ މަގު ބަންދުކުރާތީ މިތަނުގައި ރެސްޓައުރެންޓް ހިންގާ ފަރާތްތަކުން ޝަކުވާ ކުރާކަން ޝާހު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޝާހު ވިދާޅުވީ ވިޔަފާރި ނުވާކަމަށް ބުނެ ސިބްކޯއިން އެމްޑަބްލިއުއެސްސީއަށް ދައްކަން ޖެހޭ ކުލި ނުދައްކާ ކަމަށެވެ. އަދި އެއީ މަހަކު ދެލައްކަ ފަންސާސްހާސް ރުފިޔާ ކުލި ލިބެންޖެހޭ ތަނެއްކަން ޝާހު ފާހަގަކުރެއްވިއެވެ.

އެމްޑަބްލިއުއެސްސީން މިމައްސަލަ ސިވިލް ކޯޓަށް ވައްދާފައިވާކަން ފާހަގަކުރައްވައި ޝާހު ވިދާޅުވީ ސިބްކޯއާ އެމްޑަބްލިއުއެސްސީއާ ދެމެދު ހަދާފައިވާ އެއްބަސްވުން އެއްކޮށް ހުއްޓާލުމަށް ހުކުމް ކޮށްފައިވާ ކަމަށެވެ. ސިވިލް ކޯޓުން އެއްގޮތަށް ހުކުމް ކުރިކަމުގައި ވިޔަސް ސިބްކޯއިން ހައިކޯޓުގައި އެމައްސަލަ އެޕީލް ކޮށްފައިވާ ކަމަށް ޝާހުު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ދެކޯޓުގައި މިމައްސަލަ ހިނގަމުންދަނިކޮށް އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ޝާހު ވިދާޅުވީ ތަން ވީރާނާވެގެން ދިޔަ ނަމަވެސް އެތަނުގެ ސްޓަރަކްޗަރ ކުރީ ރަނގަޅަށް ކަމަށާއި، ޕެވީލިއަންގެ މިމައްސަލައަށް މަޝްވަރާކޮށްގެން ވެސް ހައްލު ކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމާށެވެ. އަދި އެމަސައްކަތް ކުރުމަށް ކުރަންޖެހޭ ކަންކަން ކުރާކަން ޝާހު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޝާހު ވިދާޅުވީ ޕެވީލިއަން އަލުން މަރާމާތު ކުރުމަށް ވެސް އެހާ ބޮޑު ހަރަދެއް ނުހިނގާނެ ކަމަށެވެ. އަދި ކޯޓުގެ މަރުހަލާ ނިމި ދެން އެތަން ބަޔަކާ ހަވާލުކުރާނީ ދެދެފަރާތަށް ފައިދާވާ ގޮތަށް ބެލުމަށްފަހު ކަމަށާއި، އެގްރިމެންޓަށް ބަދަލުތަކެއް ގެންނާނެ ކަމަށް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ އެތަން ދެން ހަވާލުކުރާއިރު، އެތަނުގައި ހަދަން ނިންމާފައިވާ ފަސް ފާހާނާ ބަރިއާއި، މޫދަށް އެރޭ މީހުން ފެންވަރާނެ ތަނެއްގެ އިތުރުން ލުއި ކާނާ ފަދަ ތަކެތި ވިއްކާ ފިހާރައެއް ވެސް ހަދަން ހަވާލުކުރާނެ ކަމަށެވެ.

ޕެވީލިއަންގެ އެންމެ ތިރީ ބުރީގައި މިތަންތަން ހަދަން ނިންމާފައި އޮތް ނަމަވެސް މިމަސައްކަތް ކޮށްފައިނުވެއެވެ. ހަމައެކަނި ހަދާފަ ހުރީ މީހުން އިށީންނާނެ ތަނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މާޒިޔާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހަދާފައިވާ ޕެވީލިއަންއަށް 13.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. 2018 ވަނަ އަހަރު ހުޅުވި ޕެވީލިއަން ވީރާނާވާން ދޫކޮށްލާފައިވާތީ ގިނަ ބަޔަކު ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް