ކ. މާލެ
|
29 ޖުލައި 2020 | ބުދަ 09:23
ހައްޖުވުމަށް ގޮސް ތިބި ބައެއް މީހުން - މި އަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމަށް ފުރުސަތު ދީފައިވަނީ ވަރަށް މަދު ބަޔަކަށް
ހައްޖުވުމަށް ގޮސް ތިބި ބައެއް މީހުން - މި އަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމަށް ފުރުސަތު ދީފައިވަނީ ވަރަށް މަދު ބަޔަކަށް
-
ހައްޖު 1441
ކޮންމެ 50 ހައްޖުވެރިއަކަށް ސިއްހީ ކަންކަން ބަލަހައްޓާ ލީޑަރެއް ބަހައްޓާ ގޮތައް ހަމަޖައްސައިފި
 
ސިއްހީ ގޮތުން ކަންކަން ވަގުތުން ވަގުތައް މޮނިޓަރކޮށް ފިޔަވަޅު ތައް އަޅަމުން ގެންދާނެ

މިއަހަރުގެ އާދަޔާ ޚިލާފް ހައްޖުގައި، ސިއްހީ ގޮތުން އެއްވެސް ރިސްކެއް ނުނެގުމުގެ ގޮތުން، ކޮންމެ 50 ހައްޖުވެރިއަކަށް ސިއްހީ ލީޑަރަކު ބަހައްޓާ ގޮތައް ސައުދީ ސަރުކާރުން ހަމަ ޖައްސައިފިއެވެ.

ސައުދީ ޕްރެސް އޭޖެންސީން ބުނީ، ހެލްތް ލީޑަރެއްގެ ގޮތުން ހަމަޖައްސާ ކޮންމެ މީހަކީ ސިއްހީ ރޮނގުން ގާބިލް މީހެއް ކަމަށް ވާނެ ކަމަށެވެ.

ހެލްތް ލީޑަރުގެ މަސްއޫލިއްޔަތުގެ ގޮތުގައި ހަމަޖައްސާފައިވަނީ، އޭނާ ބަލަހައްޓާ ގްރޫޕްގެ މީހުން، ކޮވިޑް-19ން ރައްކާތެރި ވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތައް އަމަލު ކުރަމުންދޭތޯ ބަލަމުން ގެންދިއުމެވެ. މިގޮތުން އަޅުކަމުގެ ތެރޭގައި އުޅުމުގައި އަދި އެއްތަނުން އަނެއް ތަނަށް ދަތުރު ކުރުމުގައި ގައި ދުރުކަން ބެހެއްޓާތޯ ބެލުމުގެ އިތުރުން ހައްޖުވެރިންގެ ސިއްހަތު މޮނިޓަރ ކުރުމާއި، ޝައްކު ކުރެވޭ ކަމެއް ފެނިއްޖެ ނަމަ ކަމާ ބެހޭ ފަރާތައް ރިޕޯޓު ކުރުން ހިމެނެއެވެ.

ކޮވިޑް-19 ހައްޖުވެރިންގެ ތެރޭގައި ފެތުރުނަ ނުދިނުމަށް ސައުދީ ސަރުކާރުން ގެންދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ބަލި ފެތުރުނަ ނުދިނުމުގެ ގޮތުން މިއަހަރު ހައްޖުވުމުގެ ފުރުސަތު ދިނީވެސް ޚާއްސަ ޝަރުތު ތަކެއްގެ މަތިން ހޮވުނު އެކި ގައުމުތަކަށް ނިސްބަތްވާ ސައުދީގައި ދިރިއުޅޭ މީހުންނަށް އެކަންޏެެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
100%
0%
0%
0%
0%
ކޮމެންޓް